ދަރިފުޅުގެ ޑައިނަސޯ އަށް ހާއްސަ އޮބްސެޝަން އެއް ހުރޭ ހެއްޔެވެ؟ ތަޖުރިބާކާރުން ބުނާގޮތުން މިއީ މައްސަލައެއް ނޫނެވެ. ސަބަބަކީ ޑައިނަސޯއަށް އޮބްސެސްވެފައިވާ ކުދިން މާ ސްމާޓް ވުމެވެ. އަދި ކުޑަކުދިން ޑައިނަސޯދެކެ ލޯބިވުމަކީ މައްސަލައެއް ނޫން ކަމަށާއި ޑައިނަސޯ އަށް ލޯބިކުރާ ކުދިންމި އާދަ ފަހުން ބަދަލުވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ކީއްވެ؟
2008 ވަނަ އަހަރު ކުރި ރިސާޗް ސްޓަޑީއަކުން ދައްކާ ގޮތުގައި، ޑައިނަސޯއަށް ލޯބިކުރާ ކުދިން ފަދަ ކުދިންގެ ކިބައިގައި ޢިލްމާއި ހަރުދަނާކަމާއި، ސަމާލުކަން އިތުރުވެ، މައުލޫމާތު ޕްރޮސެސްކުރުމުގެ ހުނަރު ވަރަށް ބޮޑަށް އިތުރުވެގެން ދެއެވެ.
2007 ވަނަ އަހަރު ކުރި އެހެން ދިރާސާއަކުން ވެސް އެފަދަ ނަތީޖާތަކެއް ފެނުނެވެ.
” ކުޑަކުދިންގެ ތިންބައިކުޅަ އެއްބައި ކުދިންނަކީ ވަކި ކަމަކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ބައެއް.”
އެ ޝައުގުވެރިކަމުގެ ތެރެއިން އެންމެ ކުރީގައި ރޭންކްކުރެވިފައިވާ ކާރުތަކާއި ޑައިނަސޯތަކެވެ. އެ އެބާވަތުގެ ކަންކަމުގެ ތެރޭގައި ވެސް ޑައިނަސޯތަކަށް ޝައުގުވެރިޥާ ކުދިން ސްމާޓްކަން އަނެއްކާވެސް ވަނީ ފާހަގަކުރެވިފަ އެވެ.
ކުޑަކުދިން ޑައިނަސޯއަށް ލޯބިކުރަނީ ކީއްވެ؟.
ކުޑަކުދންގެ ހުންނަ މިބާވަތުގެ “އޮބްސެޝަންސް” ތަކުން އެކި އެކި މަންފާތައް ލިބެއެވެ. އޭގެތެރޭގައި އެކި ދާއިރާތަކާ ބެހޭގޮތުން އެ ކުދިންނަށް ގިނަ ކަންތައްތަކެއް ދަސްވުން ހިމެނެ އެވެ.
މިސާލަކަށް ޑައިނަސޯއަށް ބަލާނަމަ، މި ނެތިގޮސްފައިވާ ޖަނަވާރުތަކުގެ ހުރިހާ ކަމެއް ކުދިން ދަސްކުރަމުން އަންނަ އިރު، ކޮންމެވެސް ދުވަހަކުން އެކުދިން ސްކޫލަށް ގޮސް ކިޔަވައިގެން ޕެލިއޮންޓޮލޮޖިސްޓަކަށް ވާން ޖެހިދާނެ ކަމަށް ވެސް ވެދާނެ އެވެ.
“އެހެންވީމާ، ޑައިނޯ އޮބްސެޝަންއަކީ، ކުޑަކުއްޖަކު އާ މައުޟޫޢެއް އެކުދިން ދަންނަ ކަހަލަ ގޮތަކަށް، މަޖާކުރުމުގެ ތެރެއިން، އެކުދިންގެ ކިބައިގައި ގެންގުޅެވޭ ގޮތް. ސުވާލުކުރުމާއި ޖަވާބު ހޯދުމާއި ތަޖުރިބާ ހޯދުމަކީ އާންމުގޮތެއްގައި އުނގެނުމުގެ މަރުހަލާއެއް. މައުޟޫއެއް އެކްސްޕްލޯކޮށް، އެ މައުޟޫއެއް މާސްޓަރ ކުރުމަކީ ފައިދާހުރި ކަމެއް. އެއީ ބޮޑެތި މީހުންގެ ހައިސިއްޔަތުން ކެރިއަރުތައް ބައްޓަންކުރާ ގޮތަކީ. ކުޑަކުއްޖެއްގެ ޕްރައިމަރީ މަސައްކަތަކީ ކުޅުން، އެހެންވީމަ އެކުދިން ދަސްކުރަން ޝައުގުވެރިވާ މި ކަމެއްގެ ލެންސުން ކުޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.” ޖޯންސް ހޮޕްކިންސްގެ ޕީޑިއެޓްރިކް ސައިކޭޓްރިކް އޮކިއުޕޭޝަނަލް ތެރަޕިސްޓެއް ކަމަށްވާ ކެލީ ޗެން ސީއެންއެން އަށް ވިދާޅުވި އެވެ.
ޑައިނަސޯދެކެ ކުޑަކުދިން ޝައުގުވެރިވާ ސަބަބުތައް
ސައިޒާއި ބާރު: ޑައިނަސޯ އާންމުކޮށް ދައްކުވައިދެނީ ބޮޑެތި އަދި ބާރުގަދަ ދިރުންތަކެއްގެ ގޮތުގަ އެވެ. އާންމުގޮތެއްގައި އަމިއްލަ މާހައުލުގައި ކުދި އަދި ބާރުގަދަކަން ކުޑަ ކުދިންނަށް މި ބޮޑުކަމަކީ ހައިރާންކުރުވަނިވި ކަމެކެވެ.
މިސްޓްރީ އެންޑް އިމޭޖިނޭޝަން: ޑައިނަސޯތައް ނެތިދާތީ، އިމޭޖިނޭޝަނަށް ވަރަށް ގިނަ ކަންތައްތަކެއް ދޫކޮށްލައެވެ. ޑައިނަސޯއަކީ ކޮންކަހަލަ އެއްޗެހިތަކެއްކަން ކުޑަކުދިންނަށް އަމިއްލައަށް ކިޔައިދީ، ސިނާރިއޯތައް އުފެއްދުމުން، ކުދިންގެ އުފެއްދުންތެރިކަމަށް ހިތްވަރު ލިބެއެވެ.
އުނގެނުމާއި ކަންކަން ހޯދުން: ޑައިނަސޯއަކީ ތާރީޚާއި ސައިންސްގެ ބައެއް ކަމުން މިއީ ތަޢުލީމީ ބައެކެވެ. އެކުދިން ޑައިނަސޯ އާ ބެހޭ ގޮތުން ދަސްކުރުމަކީ ޕެލިއޮންޓޮލޮޖީ، ޖިއޮލޮޖީ އަދި ބަޔޮލޮޖީ ފަދަ މާއްދާތަކަށް ކުއްޖަކު ފުރަތަމަ ފަހަރަށް ވަނުމެވެ.
ތަފާތު ބާވަތްތަކާއި ދަސްވުން : ޑައިނަސޯއަކީ ވަރަށް ގިނަ ވައްތަރުގެ ސިފަތަކާއި ސައިޒުތަކާއި ވައްތަރުތައް އެކުލެވިގެންވާ އެއްޗެކެވެ. މި ތަފާތުކަމަކީ ދިރިއުޅުމުގެ މަރުހަލާއެއްގައި ކުދިންނަށް ދުނިޔެއާއި އޭގެ އެކި އެކި ބައިތައް ދަސްކޮށްދޭން ހިތްގައިމު ކަމެކެވެ.
ޘަޤާފީ ނުފޫޒު: މީޑިއާއާއި ކުޅޭ އެއްޗެހީގައި ޑައިނަސޯ ވަރަށް ގިނައިން ހުރެއެވެ. “ޖުރަސިކް ޕާކް” ނުވަތަ “ދަ ލޭންޑް ބިފޯ ޓައިމް” ފަދަ ޑައިނަސޯ އާ ބެހޭ ގޮތުން ގެނެސްދޭ ފިލްމުތަކާއި ފޮތްތަކާއި ޓީވީ ޝޯތަކުގެ ސަބަބުން މި ޒަމާންވީ ދިރުންތަކަކީ ކުޑަކުއްޖެއްގެ ދުނިޔޭގައި އާދަޔާ ހިލާފު ބަޔަކަށް ވެގެން ދެއެވެ.
ބިރުވެރިކަމާއި ޝައުގުވެރިކަން: ޑައިނަސޯ ފަދަ ބިޔަ، ބައެއް ފަހަރު ބިރުވެރި ދިރުންތަކުގެ ކޮންސެޕްޓަކީ ފެއަރީ ޓޭލްސް އާއި އެޑްވެންޗާ ސްޓޯރީތައް ފަދައިން ކުޑަކުދިން އުފައްދައިދޭ ކޮންސެޕްޓެކެވެ.
މާޒީ އާއި ގުޅުވައިދިނުން: ޑައިނަސޯއަކީ ދުރު މާޒީއާ ހަރުދަނާ ގުޅުމެއް ފޯރުކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން ޒަމާނާއި ކުރިއެރުމާއި ދުނިޔޭގެ ތާރީހާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ހުޅުވިގެން ދެއެވެ.
އެއްޗެހި ކަލެކްޓް ކުރަން އުފެދޭ ޝައުގު: ގިނަ ކުދިން އުފާކުރުމަށް އެއްޗެހި އެއްކުރާއިރު، ޑައިނަސޯއަކީ ވަރަށް މަގުބޫލު ޗޮއިސްއެކެވެ. ދޫނިތަކާއި ބުދުތަކުން ފެށިގެން ފޮތްތަކާއި ޕޯސްޓަރުތަކުގައި ކުޑަކުދިންނަށް އެއްކުރުމަށް ބޭނުންވާ ޑައިނަސޯ ތީމްގެ ގިނަ ސާމާނު ތައް ހުރެއެވެ.