އަލިފާން ދަނޑިން ހަދާފައިވާ އައިފިލް ޓަވަރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާ، ގިނިސް ވޯލްޑް ރެކޯޑްސް (ޖީޑަބްލިއުއާރު) އިން ޖާގަ ހޯދައިފި އެވެ،
މިދިޔަ ބުދަ ދުވަހު 7.19 މީޓަރު (23 ފޫޓް) ގެ ޓަވަރު ޑިސްކޮލިފައިކޮށްފައި ވަނީ ގޯސް ވައްތަރެއްގެ އަލިފާން ދަނޑިތަކަކުން ހަދާފައިވާތީ އެވެ.
ޖީޑަބްލިއުއާރުން ބުރާސްފަތި ދުވަހު ބުނީ ފުރަތަމަ މިކަން ދިޔައީ އުނދަގޫކޮށް ކަމަށާއި ކަމަށާއި މޮޑެލް އަށް ޝައުގުވެރިވާ ރިޗަޑް ޕްލައުޑްގެ ރެކޯޑަށް މަރުހަބާ ކިޔާ ކަމަށެވެ.
47 އަހަރުގެ ޕްލަޑް ބުނީ މި ހަފުތާއަކީ އިމޯޝަނަލް ރޯލާކޯސްޓާއެއް ކަމަށެވެ.
706،900 އަލިފާން ދަނޑި އާއި 23 ކިލޯގެ ތެރަސްގެ ތެރެއިން ހަދާފައިވާ މި މޮޑެލް ބިނާކުރަން ޕްލައުޑަށް 8 އަހަރު ހޭދަވި އެވެ.
ފަރަންސޭސިވިލާތުގެ ހުޅަނގުގެ މޮންޓްޕެލިއާ-ޑި-މެޑިލަންއަށް ނިސްބަތްވާ ޕްލައުޑް ވަނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ޓަވަރުގެ މަސައްކަތް ނިންމައި ޖީޑަބްލިއުއާރަށް ގުޅައި އޭނާގެ މަސައްކަތް ސައްހަ ކޮށްދީފަ އެވެ.
ނަމަވެސް ރެކޯޑް ބްރޭކަރަކަށް ކޮލިފައިވީ ހަމައެކަނި “ވިޔަފާރީގެ ގޮތުން ލިބެން ހުރި” އަލިފާން ދަނޑިތައް ކަމަށް ވާތީ އެކަން ރިޖެކްޓް ކުރި ކަމަށް އޭނާ ފަހުން ބުނި ނަމަވެސް ބުރާސްފަތި ދުވަހު އެ ޖަމިއްޔާގެ ވިސްނުން ބަދަލުކުރި އެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގެ މާކް މެކިންލީ ބުނީ އެ ޖަމިއްޔާއަށް ރުހުން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
އޭނާ ބުނީ މި މަސައްކަތުގައި ބޭނުންވާ ކަހަލަ އަލިފާންދަނޑިތަކާއި މެދު ތަންކޮޅެއް ހަރުކަށިވިކަން ގަބޫލުކުރެވުނީތީ އުފާކުރާ ކަމަށާއި ރިޗަޑްގެ މަސައްކަތަކީ ހަގީގަތުގައި ވެސް ރަސްމީކޮށް ހައިރާންކުރުވަނިވި މަސައްކަތެއް ކަމަށެވެ.
ޕްލައުޑްގެ އުއްމީދަކީ އަންނަ ޖުލައި މަހު ބާއްވާ އޮލިމްޕިކްސްއަށް ޕެރިހުގައި އޭނާގެ ޓަވަރު ދައްކާލުމެވެ.
މީގެ ކުރިން ދުނިޔޭގެ ރެކޯޑް އޮތީ 2009 ވަނަ އަހަރު 6.53 މީޓަރު (21 ފޫޓް) ގެ އައިފިލް ޓަވަރު އިމާރާތްކުރި ލުބްނާނުގެ ޓޫފިކް ދާހެރެވެ.