- Advertisement -ad image

އަނބިން ވިޔަފާރިކުރާއިރު، ފިރިން މުނިފޫހިފިލުވައިދޭ ހާއްސަ ކޮއްޓެއް ޗައިނާގެ މޯލެއްގައި!

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ޝަންހާއީގެ މޯލަކުން ފިރިން މުނިފޫހިފިލުވައިދޭ ގޮތަށް ހާއްސަ ހައްލެއް ހޯދައިދީފައިވާއިރު، މި މޯލުގައި އަނބިން ހިތްހަމަޖެހިގެން ބޭނުންއިރެއްވަންދެން ޝޮޕިންކުރަން ތިބެއެވެ.

ގްލޯބަލް ހާބަރު މޯލް އިން “ފިރިމީހާ ސްޓޯރޭޖް” ފެސިލިޓީތައް ތައާރަފްކޮށްފައިވަނީ ބިއްލޫރި ޕޮޑްތަކެއްގެ ގޮތުގަ އެވެ.

 1990 ގެ އަހަރުތަކުގެ ގޭމްތަކުން ފުރިފައިވާ ހިތްހަމަޖެހޭ ގޮނޑިތަކާއި، މޮނީޓަރު، ކޮމްޕިއުޓަރު އަދި ގޭމްޕެޑްތައް ހިމެނޭ މި ޕޮޑްތަކުގައި ފިރިހެނުންނަށް ތިބުމުގެ ފުރުސަތު ލިބެ އެވެ. މި ހިދުމަތް ތައާރަފްކުރިއިރު ހިލޭ ދިން ނަމަވެސް މިހާރު ޕޮޑްތައް ބޭނުން ވަރަށް ކުޑަ ފީއެއް ނަގައެވެ.

ޗައިނާގެ ލޯކަލް އަދި ބައިނަލްއަގްވާމީ ފެންވަރުގައި އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މި ތަފާތު ކޮންސެޕްޓަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ފިރިހެނުންނަށް އަނބިދަރިންގެ ޝޮޕިން ބިލްތައް ދެއްކުމަށް ހިތްވަރު ދިނުމަށް މޯލުން ކުރާ މަސައްކަތަށް ބައެއް މީހުން ތައުރީފު ކުރާއިރު، އަނެއް ބަޔަކު ސުވާލު އުފައްދަނީ ގޭމް ކުޅުމުގައި ވަގުތު ހޭދަކުރަން ބޭނުން ނަމަ ނުރުހޭ ބައިވެރިޔަކު ގޮވައިގެން ދިއުމުގެ ބޭނުމާ މެދު އެވެ.

ޕޮޑްތައް ތަޖުރިބާކުރި މީހުން ވަނީ އެކި ހިޔާލު ފާޅުކޮށްފަ އެވެ.

އެގޮތުން ޕޮޑްތައް ބޭނުންކުރާ މީހުންނާއި އެ މީހުންގެ ތަޖުރިބާ އަކީ ބެހޭގޮތުން ސުވާލުކުރުމުން ހަގީގަތުގައި ވެސް އެއީ ވަރަށް މޮޅު އިނޮވޭޝަނެއްކަމަށް ޒުވާނަކު ބުންޏެވެ. ނަމަވެސް ވެންޓިލޭޝަނާއި އެއާކޮންޑިޝަން ނެތްކަން ފާހަގަކޮށް ވޫ ނަމަކަށް ކިޔާ މީހަކު ބުނީ ފަސް މިނެޓު ކުޅެން އިނުމުން ހޫނުވެގެން ކަރުހިއްކާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ