- Advertisement -ad image

އޮސްޓްރޭލިއާގައި ފޮޓޯގްރާފަރަކަށް ހަމަލާދިން ކަމުގެ ތުހުމަތު ޓޭލާ ސްވިފްޓްގެ ބައްޕައަށް!

ad image

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާގެ ޕަޕަރާޒީ ފޮޓޯގްރާފަރަކަށް ހަމަލާދިން ކަމުގެ ތުހުމަތު ޕޮޕް އައިކަން ޓޭލާ ސްވިފްޓްގެ ބައްޕަގެ މައްޗަށް ކޮށްފި އެވެ.

ސިޑްނީގެ ޕަޕަރާޒޯއެއް ކަމަށްވާ ބެން މެކްޑޮނަލްޑް އޮސްޓްރޭލިއާގެ ގައުމީ ބްރޯޑްކާސްޓަރަށް ދިން އިންޓަވިއުއެއްގައި ބުނީ ސްކޮޓް ސްވިފްޓް އޭނާގެ މޫނުގައި ތަޅައިގަތް ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ.

މެކްޑޮނަލްޑްއާ ހަވާލާދީ އޭބީސީން ބުނީ އުމުރުން 23 އަހަރު ވީއިރު އަމިއްލަ ބައްޕަ އޭނާގެ މޫނުގައި ޖެހުން ފިޔަވައި ދުވަހަކުވެސް މީހަކު އޭނާއަށް އަނިޔާއެއް ކޮށްފައި ނުވާ ކަމަށެވެ.

ނިއު ސައުތު ވޭލްސް ސްޓޭޓްގެ ފުލުހުން ވެސް ވަނީ ސިޑްނީގެ ނޯތު ޝޯރު ސަރަހައްދުގައި އުމުރުން 71 އަހަރުގެ ފިރިހެނަކު 51 އަހަރުގެ ފިރިހެނަކަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

މިކަމާއި ޓޭލާ ސްވިފްޓްގެ ތަރުޖަމާނު ވަނީ މި ހާދިސާ ހިނގި ކަމަށް ތުހުމަތު ކުރެވޭ އިރު ދެ މީހަކު ސްވިފްޓާއި އޭނާގެ ބައިވެރިންނާއި މެދު “އެގްރެސިވް” ކޮށް އަމަލު ކުރަމުން ދިޔަ ކަމަށް ބުނެފައެވެ.

 14 ގްރެމީ އެވޯޑު ހާސިލްކޮށްް، އެތައް ސަތޭކަ މިލިއަން އަލްބަމް ވިއްކައިގެން މިހާތަނަށް އެންމެ ކާމިޔާބު އެއް މިއުޒިކް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ސްވިފްޓް އޭނާގެ ދުނިޔޭގެ ދަތުރުގެ އޮސްޓްރޭލިއާ ލެގް ނިންމާލީ ސިޑްނީގެ އެކޯރު ސްޓޭޑިއަމްގައި 81،000 ސަޕޯޓަރުންގެ ކުރިމަތީގައި ޝޯއެއް ދައްކައިގެންނެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ސިޓީ ސްޓޭޓްގެ ހަ ޝޯގެ ތެރެއިން ފުރަތަމަ ޝޯގައި ސްވިފްޓް ޕާފޯމް ކުރާނީ އަންނަ ހުކުރު ދުވަހު ސިންގަޕޫރުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ