- Advertisement -ad image

ދީޕިކާ ބަނޑުބޮޑު، ވިހާނީ ސެޕްޓެމްބަރު މަހު

ad image

ގުޅުންހުރި ލިޔުންތައް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަށް ފުރަތަމަ ދަރިއަކު ލިބެން އުޅޭ ކަން އެ ދެ ތަރިން މިއަދު އިންސްޓަގްރާމްގައި އިއުލާންކޮށްފި އެވެ.

ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2018 ވަނަ އަހަރު ކައިވެނިކުރި ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާންކުރަމުން ބުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމީހުންގެ ތުއްތު ދަރިފުޅު އަންނާނެ ކަމަށެވެ.

ދާދި ފަހުން “ދަ ވީކް” އަށް މައުލޫމާތު ދިން މީހަކުވަނީ ދީޕިކާ މިވަގުތު ހުރީ އޭނާގެ ދެވަނަ ޓްރައިމެސްޓާގައި ކަމަށާއި ވަރަށް އަވަހަށް އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. ދެމަފިރިން މިހާރު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި 77 ވަނަ ބަފްޓާ ރެޑް ކާޕެޓުގައި ދިޕިކާގެ ބަނޑު ފޮރުވަން މަސައްކަތް ކުރި ކަމަށް ބުނާ އަޑުތަކެއްވެސް ފެތުރުނެވެ. އެވޯޑް ހަފްލާގައި ދިޕިކާވަނީ ސަބްޔާސާޗީ މުކަރްޖީގެ ހިތްގައިމު ޝިމަރީ ސާރީ އަކާއި ކަސްޓަމް ގަހަނާއެއް އަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ