- Advertisement -ad image

މިއަހަރުގެ މިސް ވޯލްޑްގެ ލަޤަބު ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޕައިޒްކޯވާ އަށް!

ad image

ގުޅުންހުރި ލިޔުންތައް

28 އަހަރުގެ މެދުކެނޑުމަކަށްފަހު އިންޑިއާގައި ބޭއްވި މިސް ވޯލްޑް 2024 ގެ 71 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޕައިޒްކޯވާ ހޯދައިފިއެވެ.

ގިނަ ބަޔަކު އުންމީދުކުރި ގްރޭންޑް ފިނާލޭ މުމްބާއީގައި ކުރިއަށް ގެންގޮސްފައިވަނީ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގަ އެވެ.

ފެމިނާ މިސް އިންޑިއާ 2022ގެ ލަޤަބު ލިބުނު ސިނީ ޝެޓީ ވަނީ މިސް ވޯލްޑްގަ އިންޑިޔާ ތަމްސީލްކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 112 ކެންޑިޑޭޓުން ވާދަކުރި މި މުބާރާތުގެ ގަދަ އަށަކަށް ފަހު ޝެޓީ ވަނީ މުބާރާތުން ކަޓާފައެވެ.

ޕިޒްކޯވާ ޗެމްޕިއަންކަން އިއުލާނު ކުރުމުގެ ކުރިން ގަދަ ހަތަރަކުން ޖާގަ ހޯދީ ލުބުނާނުގެ ޔަސްމިން އަޒައިތޫން އާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އަޗޭ އަބްރަހަމްސް އަދި ބޮޓްސްވާނާގެ ލެސެގޯ ޗޮމްބޯ އެވެ.

މި ހަރަކާތުގައި ރިލަޔަންސް ފައުންޑޭޝަންގެ ޗެއާޕާސަން އަދި ބާނީ ނީތާ މުކޭޝް އަމްބާނީ އަށް މިސް ވޯލްޑް ހިއުމެނިޓޭރިއަން އެވޯޑް ދީފައިވަނީ އޭނާ ކުރި ޗެރިޓީ މަސައްކަތުގެ އަގުވަޒަން ކުރަމުންނެވެ. އެކަމަނާއަށް މި އެވޯޑް ހަވާލުކޮށްދެއްވީ މިސް ވޯލްޑް އޯގަނައިޒޭޝަންގެ ޗެއާވުމަން ޖޫލިއާ މޯލީ ސީބީއީ އެވެ. އެވޯޑް ހަފްލާގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވަނީ ވީޑިއޯ މެސެޖެއް ވެސް ދީފަ އެވެ.

މިއަހަރު މިސް ވޯލްޑް އޯގަނައިޒޭޝަނުން ވަނީ މި ހަރަކާތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރީތިކަން ފާހަގަކުރުމުގައި އެ ޖަމިއްޔާގެ ދައުރު ފާހަގަކުރައްވާފައެވެ. 

މިސް ވޯލްޑް މުބާރާތުގައި ބާއްވާ މުބާރާތްތަކުގެ ތެރޭގައި ވޯލްޑް ޓޮޕް ޑިޒައިނަރ އެވޯޑް، މިސް ވޯލްޑް ޓޮޕް މޮޑެލް، މިސް ވޯލްޑް ސްޕޯޓްސް ޗެލެންޖް، މިސް ވޯލްޑް ޓެލެންޓް ފައިނަލް، މަލްޓި މީޑިއާ ޗެލެންޖް އަދި ހެޑް ޓު ހެޑް ޗެލެންޖް ފައިނަލް ހިމެނެއެވެ. ކޮންޓިނެންޓަލް ބިއުޓީ ވިތު އަ ޕާޕަސް ޗެލެންޖާއި ގްރޭންޑް މިސް ވޯލްޑް ރެޑް ކާޕެޓް ސްޕެޝަލް ގެ ސަބަބުން މި އެކްސްޓްރާ އޯޑިނަރީ އިވެންޓަށް ގްލެމާ އިތުރުވެގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ