- Advertisement -ad image

މިއީ ދުނިޔޭގެ އެންމެ އަނގަ ބޮޑު މީހާ

ad image

ގުޅުންހުރި ލިޔުންތައް

ފޮޓޯއިން ފެންނަ އިސާކް ޖޯންސަންއަށް އެއްފަހަރާ އޮރެންޖެއް ނޫނީ އާފަލެއް އަނގަޔަށް ލުމުގެ ގާބިލްކަން ލިބިފައިވެއެވެ. ޖޯންސަންއަށް ލިބިފައިވާ މި އާދަޔާހިލާފު ފީޗަރ އާއެކު އޭނާ ވެފައިވަނީ ރަސްމީކޮށް ދުނިޔޭގައި ހުރި އެންމެ ބޮޑު އަނގަ އޮންނަ މީހާއަށެވެ.

ޖޯންސަން އަނގަ ހުޅުވާލުމުން އޭނާގެ އަނގައިގެ ބޮޑުމިނުގައި 10.196 ސެންޓިމީޓަރު ހުރެއެވެ. މި އާދަޔާ ހިލާފު ހުނަރާއެކު އޭނާ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދާފައެވެ.

“އަހަރެންމީ ދުނިޔޭގެ އެންމެ ބޮޑު އަނގައިގެ ވެރިޔާ،އަހަރެންގެ އަނގަޔަށް ފުލް ސައިޒުގެ އޮރެންޖެއްގެ އިތުރުން ހަތަރު ސްޓޭކްޑް މެކްޑޮނަލްޑްސް ޗީޒްބާގާ ފިޓްކުރެވޭ” ޖޯންސަން ބުންޏެވެ.

ޖޯންސަން ބުނިގޮތުގައި އޭނާގެ އާއިލާ އާޢި ރަހުމަތްތެރިންގެ މެދުގައިވެސް މަޝްހޫރުވެފައި އޮންނަނީ އެންމެ ބޮޑު އަނގަ އޮންނަ މީހާގެ ގޮތުގައެވެ. އަދި މި ލަޤަބާއިމެދު އޭނާ ފަހުރުވެރި ވެއެވެ.

ޖޯންސަންގެ އަނގަޔަށް މީހުންގެ ސަމާލުކަން ހުއްޓެން ފެށީ އޭނާގެ އުމުރުން 14 އަަހަރުގައެވެ. އޭރުވެސް އޭނާގެ އަނގައިގެ ބޮޑުމިނުގައި 9.34 ސެންޓިމީޓަރު ހުރެއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން މި ލަޤަބު ވަނީ އެމެރިކާގައި ދިރިއުޅޭ ފިލިޕް އެންގަސް ހޯދާފައެވެ.

އެހެންނަމަވެސް ބަލިވާން ދެކޮޅު ހަދަމުން ޖޯންސަން އަލުން ޗެމްޕިއަންކަން ހޯދީ 21 އޮކްޓޯބަރު 2020 ގައި 10.175 ސެންޓިމީޓަރު (4 އިންޗި) އަށް އަނގަ ބޮޑުކޮށްލައިގެންނެވެ. އޭރުން ބޭސްބޯލެއްގެ ސައިޒާ އެއްވަރުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ