- Advertisement -ad image

މި ކުކުޅު 18 މަސް ވަންދެން އޭގެ ބޮލާއި ނުލައި ދިރިއުޅުނު!

ad image

ގުޅުންހުރި ލިޔުންތައް

ކުކުޅުގެ ބޯ ކަނޑާލުމުން، ކަނޑާލެވިފައިވާ ނާރުތަކުގެ ސަބަބުން ފައިގެ މަސްތަކަށާއި ފިޔަތަކުގެ މަސްތަކަށް އިމްޕަލްސް ފޮނުވައި، ދޫނީގެ ހަށިގަނޑު އެގޮތް މިގޮތަށް ތެޅެން ފަށާނެވެ. 

އާންމުގޮތެއްގައި މިއީ ސިކުންތުކޮޅަކަށް ދެމިގެންދާ ކަމެއް ނަމަވެސް 1945 ވަނަ އަހަރު އެމެރިކާގައި “މިރަކަލް މައިކް ދަ ހެޑްލެސް ޗިކަން” ނަމަކަށް ކިޔާ ކުކުޅެއްގެ ބޯ ބުރިކޮށްލިތާ 18 މަސް ފަހުން ވެސް ދިރިއުޅުނެވެ.

ޤައުމީ ޝައުޤުވެރިކަން އުފެދިފައިވާ މައުޟޫޢެއްގެ ގޮތުގައި އޮތް މި ހިތާމަވެރި ކުކުޅުވެފައިވަނީ ބަޔޮލޮޖީގެ އަޖައިބެއްގެ ގޮތުގައި އެވެ.

ބޯ ބުރިކޮށްލުމަށްފަހު ވެސް މައިކަށް ކޮޅަށް ތެދުވެ، ހިނގާބިނގާވެ، އުޅެވުނީ ކުކުޅު ސިކުނޑީގެ ސްޓެމް އާއި ސެރިބެލަމް ކަނދުރާގެ ތެރެއަށް ފެތުރިގެން ދިއުމުންނެވެ. ސެރިބެލަމް އަކީ ބެލެންސް އާއި ޕޮސްޗާ އާއި މޮޓޯ ފަންކްޝަންތަކަށް ސަމާލުކަން ދޭ އެއްޗެކެވެ. ބްރެއިން ސްޓެމް އިން ޖަނަވާރެއް ދުވާ ހޯމިއޮސްޓެޓިކް ޕްރޮސެސްތައް ކޮންޓްރޯލް ކުރެ އެވެ. މައިކްގެ ކޭސްގައި މި ބައި ގެއްލުނީ ކަށިގަނޑަށެވެ.

ބޮލާއި ނުލައި މައިކްވަނީ އޭޕްރީލް 20، 1945 – މާޗް 17، 1947އަށް ދިރިއުޅެފަ އެވެ. ޖަނަވާރުން ގެންގުޅެމުންދިޔަ އެމެރިކާގެ ކޮލޮރާޑޯއަށް ނިސްބަތްވާ ލޮއިޑް އޮލްސެން، މި ކުކުޅު ކަތިލީ އެ ދުވަހުގެ ކެއުމަށް ކެއްކުމަށެވެ. ނަމަވެސް މައިކް މަރުނުވެ އަމިއްލައަށް ބެލެންސްކޮށް ދުވެ ހަދަން ފެށިއެވެ. އަދި ކަރުތެރެއިން އަޑުލައްވާ އުޅެން ފެށުމުން އެ ކުކުޅު ގެންގުޅުމަށް އޮލްސެން ނިންމިއެވެ.

18 މަސްތެރޭގައި މި ކުކުޅަށް ކާންދީފައި ވަނީ އައި ޑްރޮޕާއެއް ބޭނުންކޮށްގެންނެވެ. 

ދުވަސްކޮޅެއްގެ ތެރޭގައި މައިކްގެ ހަބަރު ފެތުރި އާންމުންގެ ތެރޭގައި މި ކުކުޅަށް ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. އަދި މައިކްގެ ސަބަބުން އޭތީގެ ވެރިމީހާކަމަށްވާ އޮލްސެންއަށް ބޮޑު މަންފާއެއް ލިބެންފެށިއެވެ.

މައިކްގެ މަގްބޫލުކަން އެންމެ މައްޗަށް ދިޔަ އިރު، ކުކުޅުގެ ވެރިފަރާތަށް މަހަކު 4،500 ޑޮލަރު (މިހާރުގެ ރޭޓުން ބަލާނަމަ 59،000 ޑޮލަރާ އެއްވަރުގެ) އަދަދެއް ލިބުނެވެ. އަދި ފަހުން މައިކްގެ އަގު 10،000 ޑޮލަރު (މިހާރުގެ ރޭޓުން ބަލާނަމަ 131،100 ޑޮލަރާ އެއްވަރަށް) އުފުލުނެވެ.

މައިކް މަރުވެފައިވަނީ ކަރުތެރޭގައި ޒުވާރިފުކެއް ތާށިވެގެންކަމަށް އޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ.

“މައިކް ދަ ހެޑްލެސް ޗިކަން” ސަގާފަތަކަށްވެ 1999 ވަނަ އަހަރަށް ފަހު މެއި މަހުގެ ތިން ވަނަ ދިޔައީ “މައިކް ދަ ހެޑްލެސް ޗިކަން ޑޭ” ގެ ނަމުގައި ފާހަގަކުރަމުންނެވެ. މި ދުވަހަާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި “5ކޭ ރަން ލައިކް އަ ހެޑްލެސް ޗިކަން ރޭސް”، “އެގް ޓޮސް،” “ޕިން ދަ ހެޑް އޮން ދަ ޗިކަން”، “ޗިކަން ކްލަކް-އޮފް” އަދި “ޗިކަން ބިންގޯ” ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ