- Advertisement -ad image

ޗައިނާގެ ކުންފުންޏަކުން މުވައްޒަފުންނަށް 10 ދުވަހުގެ “ހިތާމަވެރި ޗުއްޓީ”އެއް ދެނީ

ad image

ގުޅުންހުރި ލިޔުންތައް

މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް ރަނގަޅު ކުރުމަށް ޗައިނާގެ ކުންފުންޏަކުން މުވައްޒަފުންނަށް 10 ދުވަހުގެ “ސޭޑް ލީވް/ހިތާމަވެރި ޗުއްޓީ” އެއް ދީފިއެވެ.

ޗައިނާގެ ސުޕަމާކެޓް ޗެއިންއެއް ކަމަށްވާ ފެޓް ޑޮންގް ލައިގެ މުވައްޒަފުންނަށް އަހަރަކު 10 ދުވަހުގެ “ހިތާމަވެރި ޗުއްޓީ” ނެގޭއިރު، މެނޭޖަރުގެ ހުއްދައެއް ބޭނުމެއް ނުވެ އެވެ. ސްޓްރެއިޓްސް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޔޫ ޑޮންގް ލައި ބުނީ ކޮންމެ މީހަކު ވެސް ހިތާމަކުރާ ދުވަސްތަކެއް ހުންނާނެކަމަށާއި، އެއީ އިންސާނީ ސިފައެއް ކަމަށެވެ.

ޔޫ އޭނާގެ ފުރަތަމަ ފިހާރަ ފެށީ 1995 ވަނަ އަހަރު އެވެ. އޭގެ ފަހުން ހެނާން ޕްރޮވީގެ 12 އައުޓްލެޓަކަށް ވަނީ ފުޅާކޮށްފަ އެވެ.

ފެޓް ޑޮންގް ލައިއަކީ އެވްރެޖް ސުޕަމާކެޓެއް ނޫނެވެ. “ސުޕަމާކެޓްތަކުގެ ހައިޑިލާއޯ” ގެ ނަމުން ނަން ދީފައިވާ އެ ތަންތަނުން ކަސްޓަމަރުންގެ ހިދުމަތް ޕެމްޕަރކޮށް، ބްލަޑް ޕްރެޝަރު ޗެކް ކުރުމާއި ހޭންޑްބޭގް ކެއާ އަދި ޕެޓް ފީޑިން ސްޓޭޝަންފަދަ ތަފާތު ހިދުމަތްތައް ދެއެވެ.

“މި “ހިތާމަވެރި ޗުއްޓީ” ލިބުމުން އަނެއްކާވެސް އުފާވެރިކަން އިހުސާސް ކުރެވޭ. އޭގެ މާނައަކީ ކުންފުނީގެ ވިސްނުމާއި އެއްބާރުލުން އެމީހުންނަށް އިހުސާސްވެ، މަސައްކަތާއި ދިރިއުޅުމުގެ ބެލެންސްގެ ރަހަ ލިބުން،” ހެނާންގައި ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސުޕަމާކެޓް ކޮންވެންޝަންގައި ޔޫ ވިދާޅުވި އެވެ.

ސްޓްރޭޓްސް ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މުވައްޒަފުންނަށް ޗުއްޓީ ނަގަން ބޭނުންވެއްޖެ ހިނދެއްގައި ރޭވުމުގެ މިނިވަންކަން އޮންނާނެ އެވެ.

ޗެއާމަން ވިދާޅުވީ ފެޓް ޑޮންގް ލައިގެ މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި 40 ދުވަހުގެ ޗުއްޓީއެއް ލިބޭ ކަމަށާއި ޗައިނާގެ އާ އަހަރުގެ މުއްދަތުގައި ރީޓެއިލާ ބަންދުކުރާ ފަސް ދުވަހުވެސް ބަންދުކަމަށެވެ. މިއީ ހަފުތާއަކު ހަ ދުވަހު ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް މަސައްކަތްތެރިން މަސައްކަތް ކުރާ ޗައިނާގެ ބައެއް ކުންފުނިތަކުގައި ސަގާފަތާ މުޅިން ޚިލާފުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ