ވަޓްސްއެޕުން “ޕީޕަލް ނިއަރ” ގެ ނަމުގައި އިންޓަނެޓް ކަނެކްޝަނެއް ބޭނުންނުކޮށް ފައިލްތައް ޓްރާންސްފަރކޮށް ޝެއާ ކުރެވޭގޮތަށް އާ ފީޗާއެއް ޓެސްޓު ކުރަމުން އަންނަކަމަށް ބުނެފިއެވެ.
މެޓާއިން ވަނީ މި ފީޗާގެ ޓެސްޓިން ޓްރަޔަލް ކާމިޔާބުވެއްޖެނަމަ ޑައިރެކްޓް އިންޓަނެޓް ކަނެކްޝަނެއް ބޭނުން ނުކޮށް ލިޔެކިޔުންތަކާއި ފޮޓޯތަކާއި އެހެނިހެން ފައިލްތައް ކޮންޓެކްޓުންނާ ހިއްސާކުރެވޭނެ ކަމަށް ބުނެފައެވެ.
އެންޑްރޮއިޑް ސިސްޓަމްގެ އެޕްލިކޭޝަންގެ އެންމެ ފަހުގެ ބީޓާ ވާޝަންގައި ފެނުނު ކަންތައްތަކަށް ބަލާއިރު، އާ ފީޗާ މަސައްކަތް ކުރަނީ މަޝްހޫރު އެންޑްރޮއިޑް ފީޗާ ނިއާ ޝެއާ އާއި އެޕަލް ޑިވައިސްތަކުގައި ހިމެނޭ އެއާޑްރޮޕް ފީޗާއާ އެއްގޮތަށެވެ.
ވަޓްސްއެޕްގައި ވާ ޕީޕަލް ނިއަރ ފީޗާގައި ޑިވައިސްތަކުގެ މެދުގައި ފައިލްތައް ޓްރާންސްފަރ ކުރުމަށް ބްލޫޓޫތު ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓްރާންސްފަރ ޕްރޮސެސްއަށް އިންޓަނެޓް ކަނެކްޝަނެއް ބޭނުންނުވާކަމަށާއި، ޝާއިޢުކޮށްފައިވާ ސްކްރީންޝޮޓްތަކުގައި ވާފަދައިން، ކައިރީގައި ތިބި މީހުން ހާމަކުރާ އެޕްލިކޭޝަން ސެޓިންގސްގައި ޚާއްޞަ ސެކްޝަނެއް ހުންނާނެ ކަމަށާއި، އެ ސެކްޝަން މެދުވެރިކޮށް ފައިލްފޮނުވުމާއި ބަލައިގަތުމުގެ ފުރުޞަތު އޮންނާނެކަމަށް އެ އެޕްލިކޭޝަންގެ ޕޭރަންޓު އޯގަނައިޒޭޝަންކަމަށްވާ މެޓާއިން ބުނެއެވެ.
މި ފީޗާ ބޭނުންކޮށްގެން ވަޓްސްއެޕް އެޕްލިކޭޝަން ރަނގަޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ހުއްދައެއް ދޭން ޖެހެ އެވެ. މި ހުއްދަތަކުގެ ތެރޭގައި ރައްކާކޮށްފައި ހުންނަ ފައިލްތަކާއި ބްލޫޓޫތު އަދި ކައިރީގައި ހުރި ޑިވައިސްތައް ހޯދުމަށާއި ގުޅާލުމަށް ޖިއޯލޮކޭޝަން ހިމެނެ އެވެ.
މި ފީޗާ ބޭނުން ކުރުމަށް ސެޓިންއަށް ގޮސް “ޕީޕަލް ނިއަރ” އިޚްތިޔާރު ކުރެވޭނެ، މި ފީޗާ އޮޓޮމެޓިކުން ދެން ކައިރީގައި ހުރި ޑިވައިސްތައް ސާޗް ކުރެވޭނެ އެވެ. ޓްރާންސްމިޝަން މަރުހަލާ ފުރިހަމަ ކުރުމަށްޓަކައި ގުޅިފައިވާ ދެ ޑިވައިސްގައި ފީޗާ އޮން ކުރަން ޖެހެ އެވެ.
ޓްރާންސްމިޝަން ޕްރޮސެސް ހިމާޔަތް ކުރާނީ އެންޑް ޓު އެންޑް އެންކްރިޕްޝަން ޓެކްނޮލޮޖީގެ އެހީގައި ކަމަށާއި ޕްރައިވެސީ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ފޯނު ނަންބަރު ފޮރުވިފައި ހުންނާނެ ކަމަށްވެސް މެޓާއިން ވަނީ ބުނެފައެވެ.