- Advertisement -ad image

ސޮނާކްޝީ ވެސް އެންގޭޖްވީތަ؟

ad image

ގުޅުންހުރި ލިޔުންތައް

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސޮނާކްޝީ އެންގޭޖްވީ ކަމަށް ބެލެވިއްޖެއެވެ. ސޮނާކްޝީ އޭނާގެ އިންޓަރގްރާމް އަށް ދޫކޮށްލާފައިވާ ފޮޓޯތަކުން ބެލެވޭ ގޮތުގައި އޭނާ ވަނީ އެންގޭޖްވެފައެވެ. ނަމަވެސް އެންގޭޖްވެފައިވަނީ ކޮން ތާރީހެއްގައި ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ލިޔެލާފައިވަނީ ތިމަންނާއަށް ބޮޑު ދުވަހެއް ކަމަށާއި ތިމަންނަގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށްވެފައިވާ ކަމަށެވެ. އަދި މިއީ އެހާ ފަސޭހަ ކަމެއް ކަމަށް އުއްމީދު ނުކުރާ ކަމަށާއި މި އުފާވެރި ހަބަރު ހިއްސާކުރަން ކެތްމަދުވެފައި ހުރި ކަމަށް ބުނެފައިވެއެވެ.

ސޮނާކްޝީ އަކީ ކުރީގެ މަޝްހޫރު ތަރި ސަތަރޭގެ އަންހެން ދަރިފުޅެވެ. ސޮނާކްޝީގެ އުމުރަކީ 34 އަހަރެވެ. ސޮނާކްޝީ އެންމެ ފުރަތަމަ ފިލްމް ކުޅެފައިވަނީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައެވެ.

މިއަހަރުގެ ކުރީ ކޮޅު ވަނީ ސޮނާކްޝީ އާއި ސަލްމާން އެންގޭޖް ކުރި ކަމުގެ ވާހަކަތަކެއްވެސް ފެތުރިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ