- Advertisement -ad image

މިސް ވޯރލްޑް މަނޫޝީ ޗިއްލާގެ ފުރަތަމަ ފިލްމް މިއަހަރުގެ ޖޫން މަހު!

ad image

ގުޅުންހުރި ލިޔުންތައް

މިސް ވޯރލްޑް 2017 މަނޫޝީ ޗިއްލާގެ ފުރަތަމަ ފިލްމް މިއަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާގޮތަށް ހަމަޖެހިއްޖެއެވެ. މަނޫޝީ ބޮލީވުޑަށް ތައާރަފުވާ ފިލްމް ކުޅެފައިވަނީ މަޝްހޫރު ތަރި އަކްޝޭ ކުމާރު އާއެކުއެވެ. ޕްރިތްވިރާޖް ކިޔާ މިފިލްމަކީ ހިސްޓޮރިކް އެކްޝަން ޑްރާމާ ފިލްމެކެވެ. މިފިލްމްގެ ޑައިރެކްޓަރަކީ ޗަންދްރާޕްރަކާޝް ދިވޭދީ އެވެ. އަދި މިފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޔާޝް ރާޖް ފިލްމްސްއިންނެވެ.

މީގެ އިތުރުންވެސް ސަންޖޭދަތު، ސޯނޫ ސޫދު، މާނަވް ވީޖް އަދި ސާކްޝީ ތަންވާރު މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމްގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސްއެވެ. މަނޫޝީ އަކީ މިސް ވޯރލްޑްގެ ތާޖު އެޅި އިންޑިއާގެ ހަވަނަ ތަރިއެވެ. އުމުރުން 24 އަހަރުގެ މަނޫޝީ ވަނީ މީގެ ކުރިން ފެމިނާ މިސް އިންޑިއާ 2017 ވެސް ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ