މަޝްހޫރު ފިލްމީ ތަރި އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ކައިވެނި މިއަހަރު އޮންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނަން ފަށައިފިއެވެ. އެގޮތުން މި ކައިވެނި އޮންނާނީ މިއަހަރުގެ ޑިސެމްބަރު ނޫނީ ނޮވެމްބަރު މަހު ވިންޓާ ތީމަށް ކަމަށްވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އަރުޖުން ކަޕޫރަކީ ބޯނީ ކަޕޫރުގެ ފިރިހެން ދަރިއެވެ. އަދި މަލައިކާ އަކީ ސަލްމާން ހާންގެ ބޭބެ އަރުބާޒް ހާންގެ ކުރީގެ އަންހެނުންނެވެ މި ދެތަރިން އުޅޭތާއި ގިނަ ދުވަސްތަކެއްވެފައިވާއިރު މަލައިކާގެ ފަނަރަ އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. މަލައިކާއަށްވުރެ އަރުޖުން 12 އަހަރު ހަގު ވީމަ ގިނަ ބަޔަކު އެކަމަށް ފާޑުކީ ނަމަވެސް މިހާރު ދެމީހުންވެސް ބޭނުންވަނީ ކައިވެނި ކުރަން ކަމަށް މިދެމީހުންގެ ގާތް މީހަކު ވަނީ ބުނެފައެވެ.
އަދި ވިންޓަރ ތީމަށް ކައިވެނީގެ ހަފުލާ ބައްޓަން ކުރަން ނިންމީ ދެ ފަންނާނުންނަކީވެސް ފިނި މޫސުމަށް ލޯބިކުރާ ދެމީހުން ވީމަ ކަމަށް އެމީހާ ބުނެފައިވެއެވެ. މިދެތަރިން އެކުގައި އުޅޭކަން މީޑިއާއަށް ހާމަކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. މިއަހަރުގެ ތެރޭގައި ވަނީ ބޮލީވުޑްގެ ވަރަށް މަޝްހޫރު ތަރިން ކައިވެނިކޮށްފައެވެ. އޭގެތެރޭގައި ކެޓްރީނާ އާއި ވިކީ ކޯޝަލް، ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ އިތުރުން ފަރުހާން އަހުތަރު އާއި ޝިބާނީވެސް ކައިވެނި ކުރީ މިއަހަރުއެވެ.