- Advertisement -ad image

މިފަހަރުވެސް ކާރތިކް އާރިޔާން ނުހުއްޓުވުނު!

ad image

ގުޅުންހުރި ލިޔުންތައް

ބޮލީވުޑް ސިނަމާގައި މިހާރު ކުރިއަށްދާ ބޫލް ބުލައްޔާ 2 އެއްވެސް ވެގެން މިދަނީ ކާރތިކް އާރިޔާންގެ ބްލޮކްބަސްޓަރ ފިލްމަކަށެވެ. މިމަހުގެ 20 ވަނަ ދުވަހު މި ފިލްމް ސިނަމާތަކަށް އައި ނަމަވެސް ފިލްމް ބަލަން ވަންނަ މީހުންގެ އަދަދެއް މަދެއް ނުވެއެވެ. މިހާތަނަށް މިފިލްމަށް 511 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

ފިލްމު އެޅުވި ދުވަހު އެކަނިވެސް 14 ކްރޯޑް ރުޕީސް ފިލްމަށް ވަނީ ލިބިފައެވެ ކާރިތިކް އާރިޔާން މިފިލްމްގައި ކުޅެފައިވާ ރޯލްގެ މޮޅުކަމުން ގިނަ ބަޔަކު ދަނީ އޭނާ އަށް ތައުރީފު ކުރަމުންނެވެ. ކްރިޓިކްސް ގަބޫލުކުރާ ގޮތުގައި ފެމިލީ ޖޯންރާގެ ފިލްމްތަކުން މިވަރުގެ މޮޅު ފިލްމެއް އަދި އަޅުވާފައެއް ނުވެއެވެ.

މިފިލްމް ސިނަމާތަކުގައި އެޅުވިތާ ފަސް ދުވަސް ވީއިރު ފިލްމަށް ލިބެމުންދާ ކާމިޔާބީއަށް ބަލާ މިހާރު ވަނީ ބޫލް ބުލައްޔާގެ ތިން ވަނަ ބައެއް އުފައްދަންވެސް ނިންމާފައެވެ. މިފިލްމްގައި އަންހެން ތަރިންގެ ގޮތުގައި ކިއާރާ އަދުވާނީގެ އިތުރުން ތާބޫ ވެސް ހިމެނެއެވެ. މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ އަނީސް ބަޒްމީ އެވެ. “ބޫލް ބުލައްޔާ-2” އަކީ 2007 ވަނަ އަހަރު ރިލީޒްކުރި ހޮރާ ކޮމެޑީ “ބޫލް ބުލައްޔާ”ގެ ސްޓޭންޑްއެލޯން ސީކުއަލެކެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ