- Advertisement -ad image

އަޖޭގެ މައިދާން ފިލްމް ސިނަމާތަކުގައި އަޅުވާނީ ޖޫން 3 ގައި

ad image

ގުޅުންހުރި ލިޔުންތައް

ބައިގްރޮޕިކަލް ސްޕޯޓްސް ފިލްމް ‘މައިދާން’ ސިނަމާތަކުގައި އަޅުވާނީ ޖޫން މަހުގެ 3 ވަނަ ދުވަހު ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ. އިންޑިއަން ފުޓްބޯޅައިގެ ރަންޒަމާން 1952 އިން 1962 އަށް ހިނގާފައިވާ މުހިންމު ގިނަ ކަންކަން މި ފިލްމްގައި ދައްކުވައިދެއެވެ.

އަޖޭ މި ފިލްމްގައި ފެނިގެންދާނީ ފުޓްބޯޅަ ކޯޗް ސައްޔިދު އަބްދުއްރާހިމްގެ ބައިންނެވެ. މައިދާން ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އަމިތް ޝަރުމާއެވެ. އޭއާރު ރަހުމާންގެ މިއުޒިކް މިފިލްމްގައި ހިމަނާފައިވާއިރު މައިދާން ޕްރޮޑިއުސްކޮަސްފައިވަނީ ޒީ ސްޓޫޑިއޯއިންނެވެ.

މި ފިލްމް ސިނަމާތަކަށް މި އަންނަނީ ރިލީސް ކުރުމަށް ގިނަ ތާރީހުތަކެއް ދިނުމަށް ފަހުއެވެ. އެގޮތުން 2021 ވަނަ އަހަރުވެސް 3 ތާރީހެއް ވަނީ ދީފައެވެ. ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން މި ތާރީހުތައް ޖެހެނީ ކޮންމެ ފަހަރަކުވެސް ބަދަލު ކުރާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ