- Advertisement -ad image

އަނޫޖު އާއި އަނޫޕަމާ އަށް ދަރިއަކުވެސް ލިބުނީ!

ad image

ގުޅުންހުރި ލިޔުންތައް

ޓީވީ ޑުރާމާ އަނޫޕަމާ އަކީ އެންމެ ބޮޑު ޓީއާރުޕީއެއް މިހާރު ލިބެމުން އަންނަ އެއް ޝޯއެވެ. އަންހެނަކު ދިރިއުޅުމުގައި ދިމާވާ އެތައް ކަމަކާއި ކުރިމަތިލާ ކާމިޔާބު މީހަކަށްވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މި ޑުރާމާގެ ކޮނމެ އެޕިސޯޑަކުންވެސް ދެނީ ވަރަށް އިބުރަތްތެރި މެސެޖެކެވެ. ލީޑު ރޯލުން ފެނިގެންދާ އަނޫޕަމާގެ ދެވަނަ ކައިވެންޏެއް ކުރެވި މިހާރު އަނެއްކާވެސް މި ފެންނަނީ ތަފާތު ޓުވިސްޓެކެވެ.

ޔަތީމު ކުދިން ބަތިއްބާފައި ތިބޭ ތަނަކަށް ގޮސް ދިމާވާ ކުޑަ އަންހެން ކުއްޖެއްގެ ވާހަކަ މިވަނީ ފެށިފައެވެ. މި ކުއްޖާ އަކީވެސް ވަރަށް ރީތިކޮށް ނަށާއި ކުއްޖެއްގެ ގޮތުގައި އިޝްތިހާރުން ދައްކައެވެ. އަދި އެކުއްޖާގެ ނަމަކީވެސް އަނޫއެވެ.

މި ޑުރާމާ ބަލާ ގިނަ ބަޔަކު ތިބީ ދެން މި ޑުރާމާގައި ވާން މި އުޅޭ ގޮތެއް ބަލައިލަން ކެތް މަދުވެފައެވެ. ސަބަބަކީ އަނޫޕަމާގެ މިހާރުވެސް ބޮޑުވެފައި ތިބި ތިން ދަރިން އެބަތިއްބެވެ. އަދި މިހާރު ދޮށީ ފިރިހެން ދަރިފުޅުގެ އަންހެނުން ކިންޖަލް ބަނޑުބޮޑެވެ. އެހެންވީމާ މާމަ ކިޔަން ތައްޔާރުވެފައި ހުއްޓާ ކުއްޖަކު އެޑޮޕްޓް ކޮށްފާނެ ބާއޭ މިއީ ހުރިހާ ބެލުންތެރިންގެ ހިތުގައި އޮތް ސުވާލެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ