- Advertisement -ad image

މިއީ ހުރިހާ ޑުރާމާއެއްގައިވެސް ބަނޑުބޮޑުވާ ދުވަސްވަރެއް!

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ޗެނަލްތަކުން ތަކުން ދައްކާ ޑުރާމާ ތަކަކީ 2000 ގެ އަހަރުތަކުން ފެށިގެން ގިނަ އަންހެންވެރިން ގަވައިދުން ބަލަމުން އަންނަ ޓީވީ ޝޯތަކެކޭ ބުނެވިދާނެއެވެ. ތަފާތު އެކި ކަހަލަ އާއިލީ ވާހަކަތަކާއި ލޯބީގެ ވާހަކަތަކުންގޮސް ސިޔާސީ ވާހަކަތައްވެސް މިފަދަ ޑުރާމާތަކުގައި ގެނެސްދެއެވެ.

މި ޑުރާމާތައް ވަރަށް ގަވައިދުން ބަލާ މީހުންވެސް އުޅެއެވެ. އަދި ޝައުގުވެރިވާ ކަހަލަ ހިސާބު އައީމާ ބަލަން ފަށާ މީހުންވެސް އުޅެއެވެ. މިހާރު މިވަނީ ޑުރާމާ ތަކަށް މުޅިން ތަފާތު ދުވަސްވަރެއް އައިސްފައެވެ.

އެގޮތުން ސްޓަރޕްލަސް އިން ދައްކާ ޑުރާމާތަކުން މިހާރު ލީޑު ކުޅޭ އަންހެންތަރިން ބަނޑުބޮޑުވަނީއެވެ. އިމްލީ ޑުރާމާގައި އިމްލީ ބަނޑު ބޮޑެވެ. ގަމްހެ ކިސީކޭ ޕިޔާރު މެއިގެ ސައި އާއި ޕާކީވެސް ބަނޑުބޮޑެވެ. އަނޫޕަމާ ޑުރާމާގައި ކިންޖަލް ވެސް ބަނޑުބޮޑެވެ. ކަލާސް ޓީވީގެ ނާގިންގައި ޕްރަދާގެ ބައި ކުޅޭ ތޭޖަސްވީ ވެސް ބަނޑުބޮޑެވެ.

މިއީ ހެއްވާ ކަމެކެވެ. މި ޑުރާމާތަކުގައި އެކްސިޑެންޓްވާއިރު ކޮންމެ ޑުރާމާއެއްގައިވެސް އެކްސިޑެންޓްވާނެއެވެ. މީހަކުވާއިރު މީހަކުވެސް މަރުވާނެއެވެ. މި ޑުރާމާތަކުގެ ޕްރޮޑިއުސަރުންގެ މީ ވަރަށް އެއް ގޮތް ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ