ސްޓަރޕްލަސް އިން ގެނެސްދޭ ގަމްހެ ކިސީސޭ ޕިޔާރު މޭ ޑުރާމާގައި އެންމެ ފަހުން ޕަތުރުއްލިކާ ވިރާޓު ކާމިޔާބު ކުރީ ކަމަށަ ވެލެވެން ފަށައިފިއެވެ. މިހާރު ދައްކަމުންދާ އެ ޑުރާމާގެ ޓްރެއިލާއިން ފެންނަ ގޮތުން ޕާކީގެ ފިރިމީހާ ސަމްރާޓު މަރުވެގެން އެކަމާ އެ އާއިލާގެ މީހުން ރޯން ތިއްބާ ފެނެއެވެ.
ނަމަވެސް އެކަމާ ނުރޮއި މާދުރުގައި އިނދެ ޕާކީ މޮޅު ރޭވުމެއް ސިނކުޑީގައި ވަނީ ރާވާފައެވެ. ސަމުރާޓު މަރުވަނީ ވިރާޓު ގަޔަށް ކުރިން ސައީގެ ބައްޕަވެސް ބަޑިޖަހާ މަރާލި ނުބައި މީހާ ޖަހާ ވަޒަން ވިރާޓު ގަޔަށް އަރާފާނެތީ ގޮސް ކުރިމައްޗަށް އެރުމުންނެވެ.
މިހާރު ފެންނަ ގޮތުން މިކަމުގެ ނާޖައިޒް ފައިދާ ނަގާ ޕާކީ އަނެއްކާވެސް ވިރާޓު އޭނާގެ ކޮޅަށް ހައްލާލަން އުޅޭކަމުގެ ވާހަކަތަކެއް ހުދު ޕާކީ ސައީ ގާތު ބުނެއެވެ. ސަމުރާޓު މަރުވާއިރު ޕާކީ ބަނޑުބޮޑު ކަމަށްވެސް މި ޑުރާމާގެ ލިޔެފައިވާ އެޕިސޯޑުތަކުން ފެންނަ އެބައޮތެވެ.