- Advertisement -ad image

ހައުސްފުލް 3 އަކުން އަކުޝޭގެ ބަދަލުގައި ދެން ފެންނާނީ ކަރތިކް

ad image

ގުޅުންހުރި ލިޔުންތައް

އަކްޝޭ ކުމާރު ފެނިގެންދާ ފްރެންޗައިސް ސިލްސިލާ ހައުސްފުލްގެ ތިން ވަނަ ބައިން ފެނިގެންދާނީ ކަރތިކް އާރިޔާން ކަމަށް ބުނެފިއެވެ. ކަރތިކް އަށް ހައުސް ފުލް ތިނެއް ލިބިފައި މިވަނީ މިމަހުގެ 20 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާ ބޫލްބުލައްޔާ 2 އަކަށް ލިބެމުންދާ ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ.

އެގޮތުން އެންމެ 10 ދުވަހުފެ ތެރޭގައި ބޫލްބުލައްޔާ އަށް ވަނީ 100 ކްރޯށޑް ރުޕީސްއަށްވުރެ ބޮޑު އާމުދަނީއެއްވެސް ލިބިފައެވެ. މިއަހަރަކީ މަޝްހޫރު ގިނަ ސްޓާރުން ކުޅެފައިވާ ފިލްމްތަކަށްވެސް ސަޕޯޓެއް ނުލިބި ބޮކްސް އޮފީހުން ޖާގަ ނުލިބިދާ އަހަރަކަށްވެފައިވާއިރު ކަރތިކްގެ މި ކާމިޔާބީ ވެފައިވަނީ އޭނާގެ ފިލްމީ ކެރިއަރުގެ ބޫސްޓަކަށެވެ.

ކަމާލް އާރު ހާން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ’ އަކުޝޭ ކުމާރުގެ ފްރެންޗައިސް ހައުސްފުލް އިން ދެން ފެނިގެންދާނީ ކަރތިކް އާރިޔާން’

ބޫލްބުލައްޔާގައި ކަރތިކް އާއެކު ކިއާރާ އަދި ތާބޫވެސް ފެނިގެންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ