- Advertisement -ad image

ތޭޖަސްވީގެ ފުރަތަމަ ފިލްމް އަޔުޝްމަން އާއެކު

ad image

ގުޅުންހުރި ލިޔުންތައް

އަރަމުން އަންނަ އަންހެން ތަރި ތޭޖަސްވީ ޕުރަކާޝް ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ ޑުރީމް ގާލް 2 ކަމަށް މީޑިއާތަކުން ރިޕޯޓްކުރަން ފަށާއިފިއެވެ. މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސް 15 ކާމިޔާބުކޮށް ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ ތޭޖާ ޑުރީމްގާލްގައި ފެންނާނީ އަޔުޝްމަން ކުރާނާ އާއެކުއެވެ.

ޑުރީމްގާރލް އަކީ 2019 އަހަރު ރިލީސް ކުރި ހިޓް ފިލްމެކެވެ. ތޭޖަސްވީ އަކީ ނާގިން ސީރީޒްގެ 6 ވަނަ ބައިގާ މިހާރު ލީޑުރޯލް ކުޅެމުންނަ ވަރަށް ފޭންބޭސް ބޮޑު ތަރިއެކެވެ. ތޭޖާގެ ގާތް މީހަކު ބުނެފައިވަނީ މިހާރު ޑުރީމް ގާރލް 2 އަށް އޭނާ އޮޑިޝަންވެސް ހަދާފައިވާ ކަމަށެވެ. އަދި އެކްތާ ކަޕޫރުގެ ރާގިނީ އެމްއެމްއެސް އިން ވެސް ތޭޖާއަށް ޖާގަދޭން ވާހަކަދައްކަމުންދާ ނަމަވެސް އޭނާ ގަބޫލުކުރަާނެ ކަމަށް ބެލެވެނީ ޑުރީމް ގާލްގެ ޕްރޮޖެކްޓް ކަމަށެވެ.

ހިންދުސްތާން ޓައިމްސްއަށް ދިން އުންޓަރވިއުއެއްގައި ތޭޖާ ބުނެފައިވަނީ ’ އަހަންނަށް ލިބެމުންދާ ކުރިއެރުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އަހަރެން އަދި ވަރަށް ޒުވާން. ތަޖުރިބާ ކުރަން ވަރަށް ގިނަ ކަންކަންއެބަހުރި. މުސްތަގުވަލުގައި މި ގުރާފު މައްޗަށްދާން އަދިވެސް އަހަރެން ބޭނުންވަނީ’.

ތޭޖަސްވީ އަކީ ސްޓާރޕްލަސް އަދި ކަލާސް ފަދަ ޗެނަލްތަކުން ޑުރާމާތަކުން އަދި ރިއަލުޓީ ޝޯތަކުން ފެނިފައިވާ ފަންނާނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ