- Advertisement -ad image

ސަލްމާންހާންގެ ބައްޕައަށް މަރުގެ އިންޒާރުދީ ސިޓީއެއް!

ad image

ގުޅުންހުރި ލިޔުންތައް

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރި ސަލްމާންހާންގެ ބައްޕަ ސާލިމްހާންއަށް ބަޔަކު މަރުގެ އިންޒާރުދީ ސިޓީއެއް ފޮނުވައިފިއެވެ. ހަބަރުތައް ބުނާގޮތުން މި ސިޓީ ސާލިމްހާންއަށް ލިބުނީ އޭނާ ހެނދުނުގެ ހިނގާލުން ނިންމާ ރެސްޓްކޮށްލުމަށްޓަކައި މުމްބާއީގެ ބަންޑްރާ ބޭންޑްސްޓޭންޑް ޕްރޮމޮނޭޑްގައިި މަޑުކޮށްލައިގެން ހުއްޓައި ކާކުކަން ނޭންގޭގޮތަށް ލިބުނު ލިޔުމެއްގައެވެ.

ފުލުހުން ބުނެފައިވަނީ އެ ޗިޓްގައި ސާލިމްހާންގެ އިތުރުން އޭނާގެ ސުޕަރސްޓާރ ދަރިފުޅު ސަލްމާންހާން އަށްވެސް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. އެގޮތުން ބުނެފައިވަނީ ދާދި ސިދޫ މޫސް އަށް ހަދާލިގޮތް ހަދާ ފާނަނަން ކަމަށް ފުލުހުން ބުންޏެވެ.

ސިދޫމޫސް އަކީ ދާދި ފަހުން ބަޑިޖަހާ މަރާލި އިންޑިއާގެ ލަވަކިޔުންތެރިއެކެވެ. އޭނާގެ ހަށިގަނޑުގެ 25 ތަނަކުން ވަޒަން ނަގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސިދޫ މަރާލާފައިވަނީ އޭނާއަށް ސެކިއުރިޓީ ދިނުން ފުލުހުން ހުއްޓާލާފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ