ސޮނާކްޝީ ކައިވެނި ކުރަނީ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކައަށް އޭނާ ރައްދުދީފިއެވެ. އެގޮތުން އޭނާގެ ކައިވެނި ނުބާއްވައިގެން ނުވަތަ އޭނާ ކައިވެނި ނުކުރާތީ މީޑިއާ ކަންބޮޑުވާން ޖެހޭ ސަބަބަކީ ކޮބާކަން ނޭންގޭ ކަމަށް ބުނެފައިވެއެވެ.
ސޯނާ އޭނާގެ އިންޓަރގްރާމްގައި ބުނެފައިވަނީ ހަގިީގަތް ނޭންގިތިބެ މީޑިއާތަކުން މިފަދަ ހަބަރު ފަތުރާތީ ވަރަށް މަޖާވާ ކަމަށެވެ. ސޮނާކްޝީ އާއި ޒަހީރު އިގުބާލުގެ ގުޅުން ރަސްމީކޮށަ މީޑިއާއަށް ހާމަކޮށްފައި ވަނީ ސޯނާގެ އުފަންދުހުގެ ތަހުނިޔާ ކިޔާ ޒަހީރު ކުރި ޕޯސްޓަކުންނެވެ.
އެޕޯސްޓްގައި ޒަހީރު ވަނީ ވަރަށް ލޯބިވާ ކަމަށް ބުނެފައެވެ. މީގެ ކުރިން ވަނީ ސަލްމާން އާއި ސޯނާ ކައިވެނި ކުރި ކަމަށްވެސް ހަބަރުތަކެއް ފަތުރާފައެވެ.