- Advertisement -ad image

އައިޝްވަރިޔާ އަބީޝެކް އާއެކު ފިލްމެއްގެ މަސައްކަތް ވަރަަށް ކުރާ ހިތްވޭ!

ad image

ގުޅުންހުރި ލިޔުންތައް

މިސް ޔުނިވަރސްގެ ތާޖު އަޅާފައިވާ ފިލްމީ ތަރި އައިޝްވަރްޔާ ރާއީ އޭނާގެ ފިރިމީހާ އާއެކު ފިލްމެއްގެ މަސައްކަތް ވަރަށް ކުރާ ހިތްވާ ކަމަށް ބުނެފިއެވެ. މިފަހަކަށް އައިސް މި ދެމަފިރިން އިވެންޓްތަކުން އެކުގައި ވަރަށް ގިނައިން ދަނީ ފެންނަމުންނެވެ. އޭގެ ތެރޭގައި ކޭންސް 2022 އާއި އައިފާ އެވޯރޑްސް ފާހަގަކޮށްލެވެއެވެ.

ކޮންމެ ހަފުލާއަކުވެސް މި ދެމީހުންގެ ކެމިސްޓްރީ ފުރިހަމަކަން ފެނިގެންދާއިރު މި ދެމަފިރިންގެ އޮން ސްކްރީން ފިލްމެއް ބަލާ ހިތުން ފޭނުން ތިބީ ކެތް މަދުވެފައެވެ. މި ދެމަފިރިން އެކުގައި މީގެ ކުރިން ވަނީ ’ގުރޫ’ ކިޔާ ފިލްމަކުން ފެނިފައެވެ.

މީޑިއާއިން ދެމީހުން އެކުގައި ފިލްމަކުން ފެނިދާނެތޯ އެހުމުން އޭޝް ބުނީ އެއީ ވާންޖެހޭ ކަމެއް ނަމަވެސް މިވަގުތު މާ ގިނަ ޕްރޮޖެކްޓެއް ނަގައިގެން ބިޒީ ލައިފެއް އޭނާ ބޭނުންނުވާ ކަމަށެވެ. ސަބަބަކީ ދަރިފުޅު އާރަދުޔާއަކީ މިވަގުތު އޭނާގެ އެންމެ މުހިންމު ޕްރަޔޯރުޓީ ކަމަށްވާތީއެވެ. މިހާރު އޭޝް އަންނަނީ ޓަމަޅަ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ