ސާތުނިބާނާ ސާތިޔާގެ ދެވަނަ ސީޒަން މިހާރު ސްޓަރ ޕްލަސްއިން ދައްކަމުންދާއިރު ގޯޕީ ބަހޫ އެނބުރި އަންނަން އުޅޭ ކަމަށް ވާހަކަތައް ދެކެވެން ފަށައިފިއެވެ. މި ޑުރާމާގެ ސީޒަން 2 ގެ ލީޑު ރޯލް ކުޅެމުންދާ ގެހެނާ އަށް ދިރިއުޅުމުގައި ދިމާވެފައިވާ ކަންކަމުގައި އެހީވުމަށް ގޯޕީ ބަހޫ އެނބުރި އަންނަނީ ގެހެނާގެ އުފަންދުވަހުގެ ސަޕްރައިސްއެއް ގޮތުންނެވެ.
ގޯޕީގެ ރޯލް 10 އަހަރު ވަންދެން ކުޅުނު ދެވޮލީނާ ބުނީ ގޯޕީ ބަހޫގެ ރޯލަކީ ވަރަށް ޝައުގުވެރިވާ ޓުރެކެއްގައި ކުރިއަށްދާ ރޯލެއް ކަމަށްވާއިރު ކޮންމެ އިރަކުންވެސް އެނބުރި އައުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. ގޯޕީ ބަހޫގެ ރޯލަކީ އެއްދުވަސްވަރެއްގައި ގިނަ ބައެއް ޝައުގުވެރިކަން ހޯދި މަޖާ އިބުރަތްތެރި ބައެކެވެ.