ސްޓަރޕްލަސް އިން މިހާރު ދައްކަމުންދާ އެންމެ ޓީއާރުޕީ ހައި ޝޯ އަނޫޕަމާގެ ލީޑު ކެރެކްޓަރ އަނޫޖު އޭނާ ކޯމާއަކަށްވެސް ހިނގާދާނެ ކަމަށް ބުނުމުން ފޭނުން ރުޅިގަދަވެއްޖެއެވެ. މި ޑުރާމާގެ ބައެއް ފޭނުން ބުނެފައިވަނީ ޑުރާމާ އުފައްދާ މީހުންގެ މަގުސަދަކީ އަނީޫޖުގެ ކެރެކްޓަރ ދުވަސްކޮޅަކުން ގެއްލުވާލުން ކަމަށްވެސް ވެދާނެ ކަމަށެވެ.
ނޫނީ އަނޫޖު ކެރެކްޓަރ ޑްރާމާއިން މަރާލާ ކޯމާއަކަށް ފޮނުވާލައި އަނެއްކާވެސް އަނޫޕަމާ އަށް ހިތާމައެއް ދޭން އުޅޭތީ ފޭނުން ތިބީ ހިތް ހަމަ ނުޖެހިފައެވެ. އަނޫޕަމާ އަކީ ދިރިއުޅުމުގައި ދިމާވި އަދި ދިމާވަމުންދާ ކޮންމެ ކަމެއްވެސް ވަރަށް ޕޮޒިޓިވްކޮށް ނަގާ އެކަމާ ކެރިގެން ކުރިމަތިލާ ކުޅަދާނަ އަންހެނެއްގެ ވާހަކަ ގެނެސްދޭ ޑުރާމާއެކެވެ.