- Advertisement -ad image

ޝޫޓިންގެ ތެރެއިން ހާލު ދެރަވެ ދީޕިކާއަށް ހޮސްޕިޓަލުގައި ފަރުވާދީފި

ad image

ގުޅުންހުރި ލިޔުންތައް

މަޝްހޫރު ފިލްމީ ތަރި ދީޕިކާ ފަދުކޮން ފިލްމެއްގެ ޝޫޓިންގައި ހުއްޓާ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދީފިއެވެ. ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން ދީޕިކާ މިވަގުތު ހުރީ ފިލްމެއްގެ ޝޫޓިންއެއްގައި ހައިދަރުއާބާދުގައެވެ.

އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ޕްރޮޖެކްޓް ކޭ ގައެވެ. މިއީ 2023 ވަނަ އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ. ޕްރޮޖެކްޓް ކޭ ގެ ތަރިންގެ ތެރޭގައި ދީޕިކާ، އަމީތާބު ބަޗަން، އަދި ދިޝާ ޕަޓާނީ ހިމެނެއެވެ. ދީޕިކާ ހޮސްޕިޓަލަށް ގެނގޮސް ފަރުވާ ދީފައިވަނީ އޭނާގެ ހާޓް ބީޓް އަވަސްވާން ފެށުމުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޕްރޮޖެކްޓް ކޭގައި ދީޕިކާ ފެނިގެންދާނީ ވަރަށް ސަޕްރައިޒިން ރޯލަކުން ކަމަށް ފިލްމް ގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ