- Advertisement -ad image

ކާރތިކް އާއެކު ފިލްމެއް ކުޅެން ޖެނިފާ އަށް ހުށަހެޅުމެއް!

ad image

ގުޅުންހުރި ލިޔުންތައް

އަރަމުން އަންނަ ޒުވާން ތަރި ކާރތިކް އާރިޔަން އާއެކު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ޓީވީ ޑުރާމާތަކުން މަޝްހޫރުކަން ހޯދައިވާ ޖެނިފާ ވިންގިޓަށް ލިބިއްޖެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން މި ދެތަރިންނަށް ލުބިފައިވަނީ ފިލްމެއް ލަވައެއް ނޫނީ އިޝްތިހާރެއް ކަމެއް އަދި ޔަގީނެއް ނުވެއެވެ.

ނަމަވެސް މި ދެ ތަރިންނަށް ޕްރޮޖެކްޓަކަށް އެޕްރޯޗްކޮށްފައިވާއިރު ޖެނިފާ އަދި ކާރތިކުވެސް މި ހުށަހެޅުން ގަބޫލުކުރާނެ ކަމަށް ބެލެވެއެވެ. ޖެނިފާ އަކީ މިހާރު އިންޑިއަން ޓެލިވިޒަންގެ އެންމެ މަގުބޫލު އެކްޓްރެސް އަދި އެންމެ ބޮޑު އަގެއް ދީގެން ޑުރާމާ ކުޅުވާ ތަރިވެސްމެއެވެ. ޖެނިފާގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްސް ތަކުގެ ތެރޭގައި ސަރަސްވަތީ ޗަންދުރާ، ބޭހަދު އަދި ބޭޕަނާ ހިމެނެއެވެ.

ކާރިކް އާރިއާން އަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ ކާމިޔާބު ރަރިއެވެ. ކާރިތިކްގެ އެންމެ ފަހުން ނިކުތް ބާުލް ބުލައްޔާ 2 ދަނާި ހުރިހާ ރެކޯރޑެއް މުގުރަމުންނެވެ. މިހާރުވެސް މިފިލްމަށް 175 ކްރޯޑް ލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ