އަނުޝްކާ ޝަރުމާ އަދި ވިރާޓްކޯލީ އަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމުގެ ވާހަކަތަކެއް ފެތުރެން ފަށައިފިއެވެ. އަނުޝްކާ ބަނޑުބޮޑު ކަމަށް ވާހަކަ ފެތުރެން ފަށާފައި މިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގޮސް ފުރަތަމަވެސް ހޮސްޕިޓަކަލަށް ދިއުމުންނެވެ.
އަނުޝްކާ އާއި ވިރާޓް ދަރިފުޅު ވާމިކާ އަށް ކޮއްކޮ އެއް ހޯދައިދިމުގެ ވާހަކަތައް ފެތުރިފައިވާއިރު މި ދެ ތަރިންނަކީވެސް ކާމިޔާބު ދެތަރިންނެވެ. މި ދެމީހުންގެ އަލަތު ދަރިފުޅަށް ތިން އަހަރު ވާން ކައިރިވެފައިވާއިރު މި މީހުން ވާމިކާ ގެންގުޅެނީ މީޑިއާއަށް ފޮރުވައިގެންނެވެ.