- Advertisement -ad image

ކާރތިކްގެ ބޫލްބުލައްޔާ 2 ވެސް ނެޓްފްލިކްސް އަށް

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އެންމެ ކާމިޔާބު ފިލްމް ކާރިތިކް އާރިޔާންގެ ބޫލް ބުލައްޔާ 2 ވެސް ނެޓްފްލިކްސްއަށް ގެންނަން ނިންމައިފިއެވެ.

އެގޮތުން މިމަހުގެ 19 ވާ އާދިއްތަ ދުވަހުން ފެށިގެން ބޫލް ބުލައްޔާ 2 ނެޓްފްލިކްސްއިން ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. ރިލީސް ކުރިތާ 27 ދުވަސްވީ މި ފިލްމަށް ވަނީ މިހާރުވެސް 175 ކްރޯޑް ރުޕީސް ލިބިފައެވެ. މިއީ ކޮވިޑް19 ގެ ފަހުން ސިނަމާގައި އެޅުވި އެންމެ ގިނަ ބަޔަކު މިހާތަނަށް ބެލި ފިލްމެވެ.

ފިލްމަށް ލިބެމުންދާ ކާމިޔާބީއަށް ބަލާ މިހާރު ވަނީ ބޫލް ބުލައްޔާގެ ތިން ވަނަ ބައެއް އުފައްދަންވެސް ނިންމާފައެވެ. މިފިލްމްގައި އަންހެން ތަރިންގެ ގޮތުގައި ކިއާރާ އަދުވާނީގެ އިތުރުން ތާބޫ ވެސް ހިމެނެއެވެ. މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ އަނީސް ބަޒްމީ އެވެ. “ބޫލް ބުލައްޔާ-2” އަކީ 2007 ވަނަ އަހަރު ރިލީޒްކުރި ހޮރާ ކޮމެޑީ “ބޫލް ބުލައްޔާ”ގެ ސްޓޭންޑްއެލޯން ސީކުއަލެކެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ