- Advertisement -ad image

“އަނޫޕަމާ” ޝޯއިން ކިންޖަލް ވަކިވަނީ

ad image

ގުޅުންހުރި ލިޔުންތައް

ސްޓަރޕްލަސްގެ ޑުރާމާ އަނޫޕަމާގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ކިންޖަލް (ނިދީ) އެ ޝޯއި ދޫކޮށްލަން އުޅޭ ކަމުގެ ހަބަރުތަކެއް ފެތުރެން ފަށައިފިއެވެ.

އެގޮތުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ކިންޖަލް ޝޯ އިން ވަކިވަނީ އޮންލައިން ޕްލެޓްފޯމްގެ ޝޯއަކުން ފުރުސަތު ލިބުމުންނެވެ. ނަމަވެސް ކިންޖަލް ބުނެފައިވަނީ މިވާހަކަތައް ފެތުރިގެން އުޅެނީ ކީއްވެ ކަމެއް އޭނާ ނުދެނަހުއްޓެވެ.

ކިންޖަލް އަކީ އަނޫޕަމާގެ ދޮށީ ފިރިހެން ދަރިފުޅުގެ އަންހެނުންނެވެ. އަދި މިހާރު ކިންޖަލް ބަނޑުވެސް ބޮޑެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ އަނޫޕަމާއިން ކިންޖަލް މުޅިން ވަކި ނުވިއަސް ދުވަސްކޮޅަކަށް އޭނާ ނުފެނިދާނެއެވެ.

ސަބަބަކީ އަނޫޕަމާގެ ޝޫޓިންގައި 12 ގަޑިއިރު ދުވާލަކު ހޭދަކޮށް އެހެން ޝޯއެއްގެ ޝޫޓިންގައި ވަގުތު ހޭދަކުރަން އުދަނގޫވާނެތީއެވެ. ކޮންމެ އަކަސް ކިންޖަލްގެ ރޯލް އަކީ އަނޫޕަމާއިގައި މުހިންމު ރޯލެކެވެ. މި ކެރެކްޓަރ ސީރީޒްއިން އުނިވެއްޖެނަމަ ފޭނުން ވަރަށް ދެރަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ