އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕުރާ އޭނާގެ އަމިއްލަ ހޯމްވެއަރ ބްރޭންޑެއް ލޯންޗުކޮށްފިއެވެ.
މިހާރުވެސް އަމިއްލަ ވިޔަފާރި ކުރަމުން އަންނަ ޕްރިޔަންކާ މިފަހަރު ލޯންޗްކޮށްފައިވަނީ ތަށިސެޓް އަދި އެކިކަހަލަ ހިފާ ގެންގުޅޭ ސާމާނެވެ. އިންސްޓަރގްރާމްގައި ވީޑިއޯއެއް ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ އަމިއްލަ ގައުމާއި ދުރުގައި އެހެން ގައުމުތަކަށް ހިޖުރަ ކޮށްގެން އުޅޭ މީހުންނަށް އުފަން ގައުމުގެ ސަގާފަތާ އާދަކާދަތަކަށް ލޯބި ކުރެވޭނީ ނުވަތަ ލޯބި ހޯދޭނީ މިފަދަ ގޮތަކަށް ކަމަށެވެ.
ޕްރިޔަންކާގެ ހޯމްވިއަރ ބްރޭންޑްގެ ތަކެތީގައި ހުންނަނީ އިންޑިއާގެ އެކި ސަގާފަތް ދައްކުވައިދޭ ކުރެހުން ބޭނުންކޮށްފައެވެ. މިހާރުވެސް އޭނާގެ ރެސްޓޯރަންޓެއް އެމެރިކާގައި ހުރެއެވެ. އަދި ޕްރިޔަންކާގެ އަމިއްލަ ނަމުގައި ޕްރޮޑަކުޝަން ހައުސްއެއްވެސް ހުރެއެވެ.
ޕްރިޔަންކާ ޗޯޕުރާ ކައިވެނިކޮށްގެން އުޅެނީ މަޝްހޫރު ޖޯނަސް ބްރަދާސްގެ ނިކް ޖޯނަސް އާއެވެ.