ބޮލީވުޑްގެ މިއަހަރުގެ ބޮޑު ކައިވެނި ރަންބީރު އާއި އާލިއާގެ ކައިވެނީގެ ފޮޓޯތައް ދައްކައިލައިފިއެވެ.
ރަންބީރާ އާލިއާގެ ކައިވެނި ހަފުލާ މިއަދު ބާއްވާފައިވަނީ ދެ ފަރާތުގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިންގެ ހާޒިރުގައެވެ.
ކައިވެނި ހަފުލާއަށްފަހު މި ދެ ތަރިން ވަނީ އެކުގައި ނިކުމެ މީޑިއާއަށް ފެނިލާފައެވެ. ރަންބީރު ކަޕޫރަކީ މަޝްހޫރު ފިލްމީ ތަރި ރިޝީ ކަޕޫރުގެ ފިރިހެން ދަރިފުޅެވެ. އަދި އާލިއާ ބަޓްގެ ބައްޕައަކީ މަޝްހޫރު ފިލްމް ޑައިރެކްޓަރ މަހޭޝްބަޓެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ކައިވެނި ދަނީ ބާއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ކެތްރީނާ ކައިފް އަދި ވިކީ ކޯޝަލްވެސް ކައިވެނިކޮށްފައެވެ.