ކާތިކް އާރްޔަމް އާއި ކިއާރާ އަދުވާނީ ފެނިގެންދާ “ބޫލް ބުލައްޔާ2” ސިނަމާ ތަކުގައި އަޅުވާނީ މެއި 20 ގައި ކަމަށް ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފިއެވެ.
މި ފިލްމް ގެ ޓީޒާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މިއީ 2007 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ކޮމިޑީ “ބޫލް ބުލައްޔާ”ގެ ސްޓޭންޑްއެލޯން ސީކުއަލެކެވެ.
ހެއްވާ މަޖާ ކަންތައްތަކަކާއި، ބިރުވެރި އެތައްކަމެއް ހިމެނައިގެން އުފައްދާފައިވާ މި ފިލްމް ޑައރެކްޓްކޮށްފައިވަނީ އަނީސް ބަޒްމީއެވެ.
މި ފިލްމުގެ ޕްރޮޑިއުސަރަކީ ބޫޝަން ކުމާރެވެ.
ބޫލް ބުލައްޔާ 2 އަކީ ކިއާރާ އަދުވަނީ ޓީ ސީރީޒު ސްޓޫޑިއޯއަށް ކުޅެދޭ ދެވަނަ ފިލްމެވެ. އެގޮތުން ކިއާރާގެ ކާމިޔާބު ކަބީރު ސިންގް އަކީ ވެސް އެ ސްޓޫޑިއޯގެ ފިލްމެކެވެ.