ހެއްވާ މަޖާ އެކި ޝޯތައް ގެނެސްދީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިންޑިއާގެ މަޝްހޫރި އަންހެން ތަރި ބާރތީ ސިންގ ވިހޭތާ ބާރަ ދުވަސް ފަހުން މަސައްކަތަށް ނިކުމެއްޖެއެވެ.
ބާރތީ އަދި ހަރުޝް އަށް ފިރިހެން ކުއްޖަކު ލިބިފައިވަނީ މި ހިނގާ އެޕްރީލްމަހުގެ ތިން ވަނަ ދުވަހުއެވެ. ބާރތީ ވިހައިގެން ވީ ދުވަސްތަކުަގއި ކަލާސްޓީވީއިން ގެނެސްދޭ ޝޯ ހުނަރު ބާރޒް ބާރތީގެ ބަދަލުގައި ހުށަހަޅައިދީފައިވަނީ ސުރުބީ ޗަންދުނާއެވެ. ކަލާސް ޓީވީ އިން ގެނެސްދޭ ހުނަރުބާޒު އަދި ކަތްރާ ކަތްރާ މި ދެ ޝޯއަކީ ބާރްތީގެ ދެމަފިރިން ހުށަހަޅައިދެމުން އަންނަ ދެ ޝޯއެވެ.
އެހެންނަމަވެސް ވިހައިގެން ދެހަފުތާ ނުވަނީސް އެނބުރި އައުމަށްފަހު ބާރތީވަނީ ވަރަށް ގިނަ އިހުސާސްތަކެއް ބޭރުކޮށްލާފައެވެ. އެގޮތުން ޝޯއަށް އައިސް ދަރިފުޅާ ދުރުގައި ހުންނަންޖެހުމުން ވަރަށް ދެރެވާ ކަމަށް ބާރތީ ވަނީ ބުނެފައެވެ.