އެކިކަހަލަ އެލާޖިކްތައްވެގެން ނުގުޅޭ ކާއެއްޗެއް ކެވިގެން ނުވަތަ ގެންގުޅެވިގެން ސިއްހީ އެތައް މައްސަލަތަކެއް ދިމާވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޑޮކްޓަރަށްދައްކައެވެ.
މިފަދަ ކޮންމެ އެލާޖީ ތަކުގައިވެސް ދެމީހަކަށް އެއްގޮތްތަކެއް ނުވެ ހިނގާދާނެއެވެ. އަދި އެއްވައްތަރެއްގެ އެއްޗަކަށްވެސް ދެމީހަކަށް ކޮންމެހެން އެއްގޮތެއް ވާންނުޖެހޭކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. ބައެއްއެލާޖީ ތަކަކީ ބައެއްމީހުންނަށް އޭގެ ސަބަބުން ފުރާނަޔަށް ނުރައްކާވާ އެލާޖީސްތަކެވެ.
އަނެއްބައި އެލާޖީތަކަކީ ގައިގެ ތަންކޮޅެއް ހިރުވާލާފަ ނުވަތަ ކުޑަ އުނދަގުލެއްވެލާފައި ރަނގަޅުވާ އެލާޖީތަކެކެވެ. އެލާޖީއެއްވާނަމަ ތިމާ އެލާޖިކްވާ އެއްޗެއް ދެނެގަތުން މުހިންމެވެ. ކޮންމެ އެލާޖީއަކާ ގުޅިގެން ކޮންމެ ފަހަރަކު ވާ ގޮތްތައް އެއްގޮތް ނުވުމަކީ އެކަށީގެން ވާކަމެއްކަން ދެނެހުރެ ރައްކާތެރިވުމަކީ އަމިއްލަނަފުސައް ވެވޭއެހީތެރިކަމެކެވެ. މިގޮތުން ފްޑް ޑައިރީއެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. އެލާޖިކްވާ ތަކެތި އަދި އެތަކެތިން ވި އުދަނގޫ ނޯޓް ކޮށްފައި ބެހެއްޓުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
މިގޮތުން މިބަލާލަނީ ކާބޯތަކެތީގެ ތެރެއިން އެންމެ އާއްމުކޮއް އެލާޖިކްވާ ތަކެއްޗަށެވެ. މިގޮތުން ކުޑަކުދިން އެންމެ އާއްމުކޮއް އެލާޖިކްވަނީ ގެރީގެ ކިރަށެވެ. މިއީ ވިސްނާލުން ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ކުޑަކުދިންނަށް މިފަދަ ތައްޔާރީ ކިރުގެ އެއްވެސް ބާވަތެއް ދިނުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފައާ އިރުޝާދުގެ ދަށުން ކަންކުރަމުން ގެންދިއުމަކީ ބޭނުންތެރި އަދި އެންމެ ރައްކާތެރި ގޮތެވެ.
ބޮޑެތިމީހުން އެންމެ އާއްމުކޮއް އެލާޖިކްވަނީ ޕީނަޓް ނުވަތަ ށެލްފިސް އަށެވެ. އެންމެ އާއްމުކޮށް އެލާޖިކްވާ ކެއުމުގައި ބޭނުންކުރާ ބާވަތްތަކަކީ ގެރީގެ ކިރު، ބިސް ،ޕީނަޓް ، ޓްރީނަޓްސް، ށެލްފިސް، މަސް، ގޮދަން( ވީޓް)، ސޯއީ އަދި ސީސަމް އެވެ.
އަހަރުމެންގެ ކެއުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ އެތައް ބާވަތެއް ބޭނުންކުރަމުން އަންނައިރު ވިސްނާލަންވީ ކަމަކީ ކިތަންމެ ކުޑަ އެލާޖިކް ރިއެކްޝަނެއް އައި ނަމަވެސް އެކަން ދެނެ ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމެވެ. ރައްކާވެތިބިއްޔާ ދަތުރޭ ބުނާ ބީދައިން މިފަދަ ކަންކަމުގައި ހަސަނު ގޯތި ޖަމީލާގެ ދަރިއަށް ދިމާވި ގޮތް ފާތުމަގޯތި އަލީގެ ދަރިއަށް ދިމާ ނުވެދާނެއެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިފަދަ ކޮންމެ ޢިޝާރާތަކަކީވެސް ސަމާލުވާންޖެހޭ މުހިންމު ކަމެއްކަމެވެ.
[…] މިފަދަ ކޮންމެ އެލާޖީ ތަކުގައިވެސް ދެމީހަކަށް އެއްގޮތްތަކެއް ނުވެ ހިނގާދާނެއެވެ. އަދި… އިތުރަށް ވިދާޅުވޭ […]