- Advertisement -ad image

ކިއުކަމްބާ ކާންވީ ތޮށިނުމަށާ!

ad image

ގުޅުންހުރި ލިޔުންތައް

ކިއުކަމްބާ އަކީ ގިނަ އަދަދަކަށް ފެން އެކުލެވޭ ނިއުޓިރިޝަނުން ފުރިގެންވާ މޭވާއެކެވެ.

ކިއުކަމްބާ ކެއުމަކީ ލޭގެ ހަކުރު ދަށްކޮށްދީ، ބަނޑުހައިވުން ހުއްޓުވައި، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކިއުކަމްބާގެ ސިއްހީ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި، އޭގެ ފަތް ވެސް ކާންވީއެވެ.
އާންމުކޮށް ތަރުކާރީއެއް ކަމަށް ބެލެވުނު ނަމަވެސް، ހަގީގަތުގައި ކިއުކަމްބާ އަކީ މޭވާއެކެވެ.
އެއީ ފައިދާހުރި ނިއުޓްރިއެންޓްސްގެ އިތުރުން ވަކި ގަސްގަހާގެހި ކޮމްޕައުންޑްތަކާއި އެންޓިއޮކްސިޑެންޓްސް އެކުލެވޭ އެއްޗެއް ކަމުން ބައެއް ހާލަތްތަކަށް ފަރުވާ ދިނުމާއި އަދި ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭނެ އެވެ.
އަދި ކިއުކަމްބާ އަކީ ކެލޮރީ މަދު އަދި ރަނގަޅު މިންވަރަކަށް ފެނާއި ސޮލިއުބަލް ފައިބަރު ހިމެނޭ އެއްޗަކަށް ވާތީ، ހައިޑްރޭޝަން ކުރިއެރުވުމަށާއި ބަރުދަން ލުއިކުރުމަށް އެހީތެރިވުމަށް ވެސް ރަނގަޅު އެއްޗެކެވެ.
ކިއުކަމްބާގައި ކެލޮރީ މަދު ނަމަވެސް މުހިއްމު ގިނަ ވިޓަމިންތަކާއި މިނަރަލްސް ގިނަ އެވެ.
300 ގުރާމް ތޮށިނުމަށާއި ކިއުކަމްބާގައި:
ކެލޮރީސް: 45
ޖުމްލަ ސަރުބީ: 0 ގްރާމް
ކާބްސް: 11 ގްރާމް
ޕްރޮޓީން: 2 ގްރާމް
ފައިބަރު: 2 ގްރާމް
ވިޓަމިން ސީ: އާރްޑީއައިގެ %14 އެވެ
ވިޓަމިން ކޭ: އާރުޑީއައިގެ %62 އެވެ
މެގްނީޒިއަމް: އާރުޑީއައިގެ %10
ޕޮޓޭސިއަމް: އާރުޑީއައިގެ %13 އެވެ
މެންގަނީޒް: އާރުޑީއައިގެ %12 ހިމެނެއެވެ.
ނަމަވެސް، އާންމުކޮށް މީހުން ކައިއުޅޭ ސައިޒަކީ ގާތްގަނޑަކަށް ކިއުކަމްބާގެ ތިންބައިކުޅަ އެއްބައި ކަމުން ސްޓޭންޑަރޑް ޕޯޝަނެއް ކެއުމުން މަތީގައިވާ ނިއުޓްރިއެންޓްސްގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ލިބޭނެއެވެ.
ކިއުކަމްބާގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބޭނީ ތޮށިނުމަށާއި ކެއުމުންނެވެ. ތޮށި މަށައިގެން ކިއުކަމްބާ ކެއުމުން އޭގައި ހުންނަ ފައިބަރ އަދި ވިންޓަމިންސް އާއި މިނަރަލްސްގެ އެތައް މާއްދާއެއް ގެއްލިގެންދެއެވެ.
ކިއުކަމްބާ އަކީ ތަފާތު ދެތިން ގޮތަކުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.
ކިއުކަމްބާ އަކީ ކެލޮރީ މަދުއެއްޗެކެވެ. އެއް ތަށި (104 ގްރާމް) ގެ ކޮންމެ އެއްޗެއްގައި އެންމެ 16 ކެލޮރީ ހިމެނޭއިރު، މުޅި 11 އައުންސް (300 ގްރާމް) ގެ ކިއުކަމްބާއެއްގައި ހިމެނެނީ އެންމެ 45 ކެލޮރީ އެވެ. ކިއުކަމްބާ އަކީ ސެލެޑް، ސެންޑްވިޗް އަދި ސައިޑް ޑިޝްތަކަށް ތާޒާކަމާއި ރަހަ އިތުރުކޮށްދޭ އެއްޗަކަށް ވާއިރު، ކެލޮރީ ގިނަ ބާވަތްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.

މީގެ އިތުރުން ކިއުކަމްބާގައި ފެން ގިނަވުމަކީ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.
3،628 މީހުން ހިމެނޭ ގޮތަށް 13 ދިރާސާއެއް ކޮށްފައިވާއިރު، ފެން ގިނަ އަދި ކެލޮރީ މަދު ކާނާ ކެއުމަކީ ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ދަށްވުމާ ގުޅުން ހުރި ކަމެއް ކަމަށް ވަނީ ދައްކާފަ އެވެ.
އެހެންވީމާ ކެއުމުގައި ކިއުކަމްބާ ހިމެނުމަކީ ސިއްހީ އެތައް ފައިދާއެއް ލިބިދޭނެ ކަމެކެވެ.

މައުލޫމާތުނެގީ. healthline.com

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ