- Advertisement -ad image

ބިހަށް ރައްކާތެރިވަމާ!

ad image

ގުޅުންހުރި ލިޔުންތައް

އަހަރުމެންނަށް އެނގިގެން އަދި ނޭންގިވެސް ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ދިމާވެއެވެ. މިފަހަރު މިކިޔައިދެނީ ފިޒީޝަން ޑރ މުހައްމަދު އަލީ ދެއްވާފައިވާ ވަރަށް މުހިންމު ނަސޭހަތެކެވެ.
“ އެއްކޮތަޅަށް އެއްޗެހި އަޅަމުން ގޮސް ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން “ ޑރ މުހައްމަދު އަލީ ލިޔުއްވާފައިވެއެވެ.

‏އެގޮތުން ބައެއްފަހަރު ރޯބިހުގެ ބޭރުގައި ހުންނަ ޖަރާސީމު، އެހެނިހެން ކާއެއްޗެއްސަށް އަރާ، ބޭރަށް ހިންގާ ރޯގާ ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ޑރ ވިދާޅުވިއެވެ.

‏އަދި ރަނގަޅު ކޮށްލަންވެގެން ބިހުގެ ބޭރު ޑިޓަރޖެންޑެއްލައިގެން ދޮވުނަސް ކަމަކު ނުދާނެ ކަމަށާއި އެގޮތަށް ހެދުމުން ބިހުގެ ތޮށިގަނޑުގައި ހުންނަ ކުދިކުދި ވިދުތައް ބޮޑަށް ހުޅުވި، ބޭރުގަ ހުންނަ ޖަރާސީމް ބިހުގެ އެތެރެއަށް ވަނުމަށް މަގުފަހިވާ ކަމަށްވެސް ޑރ ލިޔުއްވާފައިވެއެވެ.

‏” ބިސް ގަންނައިރު ބިހުގެ ބޭރު ރީތި ބިސް ގަތުން އެންމެ ރަނގަޅީ “ ޑރ މުހައްމަދު އަލީ
ދިވެހިންނަކީ ކެއުމުގައި ބިސް ވަރަށް ގިނައިން ހިމަނާ ބައެކެވެ. ހާއްސަކޮށް ކުޑަކުދިންގެ ކެއުމުގައި ބިސް ގިނައިން ހިމަނާއިރު މިއީ ސަމާލުކަންދޭންވީ މުހިންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] އަހަރުމެންނަށް އެނގިގެން އަދި ނޭންގިވެސް ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ދިމާވެއެވެ. މިފަހަރު މިކިޔައިދެނީ ފިޒީޝަން ޑރ މުހައްމަދު އަލީ ދެއްވާފައިވާ ވަރަށް މުހިންމު ނަސޭހަތެކެވެ.“ އެއްކޮތަޅަށް އެއްޗެހި އަޅަމުން ގޮސް ރޯ ބިހާ އެހެނިހެން… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ