- Advertisement -ad image

ތިބާ ނިދަން އޮންނަނީ އުއްޑުންތަ ނޫނީ ބަންޑުންތަ؟

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

އަޅުގަނޑުމެންނަކީ އާންމުގޮތެއްގައި ގިނަފަހަރަށް ނިދުމުގެ ކަންކަމަށް އެހާ ވިސްނުންތެރިކަން ބަހައްޓާބަޔަކަށް ނުވެދާނެއެވެ. އަދި ދުވަހުގެ ބުރަހެލިކަމާއި އެކު،ބާލީހުގައި ބޯ ޖެހޭ ގޮތަކަށް ނިދޭތަންވެސް އާދެއެވެ. އުއްޑުންކަމެއް ބަންޑުންކަމެއް އަދި ވަކި ފަރާތަކަށް ކަމެއްވެސް ރޭކާނުލާ ޙާލުއެވެ. ނަމަވެސް މިކަންކަމަކީ ރޭގަނޑުގެ ފުރިހަމަ ނިދީގެ ލައްޒަތުން މަޙުރޫމުކޮށް އެކިއެކި ބަލިތަކަށް މަގުކޮށައިދޭ ކަމަކަށްވުން އެކަށީގެންވެއެވެ. އަދި މި ނޭދެވޭ އަސަރުތަކަށް ތިބާ ނިދަން އޮންނަ ގޮތް (ޕޮޒިޝަން) ވަރަށް ބޮޑުރޯލެއް އަދާކުރާނެއެވެ.

ސައިޑް ސްލީޕިން އެހެނީ ވަކި ފަރާތަކަށް އެނބުރި އޮވެ ނިދުމަކީ ދުޅަހެޔޮ ނިދުމަކަށް އެންމެ ރަނގަޅު ގޮތްކަމަށް ދިރާސާތަކުން ދައްކާއިރު، މި ފައިދާތަކުގެ ފައިދާ ފުރިހަމައަށް ލިބިގަތުމައްޓަކައި މިކަމަށް ރަނގަޅަށްބަލާލަމާތޯއެވެ. 

ބުރަކަށީގެ ރިއްސުން ފިލިވައިދިނުން

މި ތަކުލީފު އުފުލާ ގިނަ މީހުން ދިގު މުއްދަތަކަށް ބުރަކަށީގައި ރިއްސާތީ އުޅެ، ހާއްސަކޮށް ބުރަކަށީގެ ތިރީގައި ރިއްސާތީ އުޅެއެވެ. ބަންޑުން އޮވެ ނިދުމަކީ ވަރަށް އަރާމުގޮތެކޭ ހީވިޔެއްކަމަކު މި މަގާމުގައި ނިދުމަކީ ބުރަކަށް އެޅޭ ޕްރެޝަރުގެ މިންވަރު އިތުރުވެ، ނިދާ ހޭލެވުމުން އިތުރަށް ތަދު ބޮޑުވާ ކަމެކެވެ. އެހެނެއްކަމަކު، އަރިއަކަށް އެނބުރިއޮވެ ނިދުން ބަދަލުކުރި މީހުންނަށް އެތަދު ކުޑަކޮށްދިންކަށް ފާހަގަކޮށް ރިޕޯޓުކޮށްފައިވެއެވެ. 

ގުގުރިދެމުމާއި ސްލީޕް އެޕްނިއާގެ ނުރައްކާ ކުޑަވެގެންދިޔުން

އާންމުގޮތެއްގައި ގިނައިން ގުގުރި ދެމޭގޮތް ވެގެންދަނީ ނިދާއިރު އުއްޑުން އޮވެނިދާއިރުގައެވެ. މިގޮތަށް އޮވެ ނިދާއިރު ދޫ އަނގައިގެ އެންމެ އެތެރެއަށް ވެއްޓި ނޭވާލާ ހޮޅި ކޮންމެވެސް ވަރަކަށް ބެދުމުގެ ސަބަބުން ގުފުރި ދެމޭގޮތްވެއެވެ. އަދި ކޮންމެވެސް އެއް ފަރާތަކަށް އެނބުރުމުން ނޭވާލާ ނިޒާމު ހުޅުވި ނޭވާލާން ފަސޭހަވުމުން ގުގުރި ދެމުމަށްވެސް ހުއްޓުމެއް އާދެއެވެ. މީހަކު ނިދީގައި ގުގުރި ދަމާނަމަ ކޮނޑުގައި ހިފައި ކޮޅަކަށް އަނބުރާލާށޭ ބުނަނީ އެހެވެތާއެވެ.

މިސަބަބާއިހުރެ ނިދުމާއި ގުޅުންހުރި ސީރިއަސް ބައްޔެއްކަމަށްވާ ސްލީޕް އެޕްނިއާ ޖެހިފައިވާ މީހުންގެ އަލާމާތްތަކަށް ލުޔެއް ދިނުމައްޓަކައިވެސް އަރިއަކަށް އޮށޯވެ ނިދުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

ގޮހޮރުގެ ސިއްހަތު ރަނގަޅުވުން

ތިބާ ނިދަން އޮންނަ ގޮތަކީ ތިބާގެ ހަށިގަނޑުގެ ހަޖަމްކުރާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރުވާ ކަމެކެވެ. ނިދާފައި އޮންނަ މިވަޤުތަކީ ހަށިގަނޑުން އެކިއެކި ގޭސް ބޭރުވާކޮށްދޭ ވަގުތަކަށްވާއިރު، އުއްޑުން އޮވެ ނިދުމަކީ މި ގޭސްތައް ފަސޭހައިން ނެރުމަށް ހުރަސްއަޅާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އޭގެސަބަބުން މޭދަށުން ދިލަނެގުމާއި، ބަނޑުހަރުވުމާއި އަދި ގޭސްޓްރޯއިންޓެސްޓިނަލްގެ އެހެން މައްސަލަތައް ކުރިމަތިވުން އެކަށީގެންވެއެވެ. މިފަދަ ބަލިތަކުގެ އަލާމާތްތަކުން ފަސޭހަވުމަށްޓަކައި ނިދުމުގައި އެއްފަރާތެއްގައި އޮންނައޮތުމުން ލުއިކަމެއް ލިބިދާނެއެވެ.

މާބަނޑު މައިންނަށް ޚާއްސަ ލުޔެއްލިބުން

މާބަނޑުވުމުގެ މި ނާޒުކު ޙާލަތަކީ ގައިގެ އެކިއެކި ދިމާލަށް ރިއްސައި، އުނަގަނޑާއި، މޭގަނޑާއި އެހެން ހުރިހާ ގުނަވަނަކަށްވެސް ވޭންއަޅާ ދުވަސްވަރެއްކަމުން، ދުޅަހެޔޮ ނިންޖެއް ހޯދުމަށް އޮށޯވެ އޮންނާނެ ރަނގަޅު އެއްގޮތެއްވެސް އޮންނަނީ ނުފެނިފައެވެ. އުއްޑުން އޮތުމުން، ކުޑަދަރިފުޅުގެ ބަރުދަނާއިއެކު ބުރަކައްޓަށާއި ލޭނާރުތަކަށް އިތުރަށް ޕްރެޝާރ އަޅާނެއެވެ. އަދި ބަންޑުން އޮތުމަކީ އެހެން މީހުނަށްވެސް ނުރަނގަޅު ގޮތަކަށްވާއިރު، މާބަނޑު މައިންނަށް ނާދިރު ނުރައްކާތެރި ކަމެކެވެ. އެހެންކަމުން ޑޮކްޓަރުންގެ ލަފާއަކީ، އަރިޔަކަށް އޮވެ، ބަނޑު ދަށަށް މަޑު ބާލީހެއް ލުމަށްފަހު ދެކަކޫ ދެމެދަށްވެސް ބާލިހެއް ލުމެވެ. މިހެން އޮންނަ އޮތުމުން ބުރަކައްޓަށާއި ޕެލްވިކް ސަރަހައްދައް ވަރަށްބޮޑަށް ފަސޭހަކަން ލިއްބައިދީ، ނޭވާލާން ފަސޭހަކޮށްދޭނެކަމަށް ޑޮކްޓަރުން ފާހަގަކޮށްލައްވައެވެ.

ހާޓް ފެއިލިއަރ ނުވަރަ ހިތުގެ ބަލި ހުންނަ މީހުންނަށް: 

 ދިރާސާތަކުން ދައްކާ ގޮތުގައި މި ބަލި ހުންނަ ގިނަ މީހުންނަކީ ގުދުރަތީ ގޮތުންވެސް ނިދާއިރު ކަނާތްފަރާތަށް އެނބުރި އޮންނަން އިޚްތިޔާރު ކޮށް ވާތް ފަޅިއަށް އޮވެނިދުމުން ދުރުހެލިވާ ބައެއްކަން ފާހަގަކުރެވެއެވެ. ޑޮކްޓަރުންވެސް މިގޮތަށް ލަފާދީ، ވާތްފަރާތަށް އޮތުމުން ހިތުގެ މަސައްކަތަށް ނޭދެވޭއަސަރުކޮށް އުނދަގޫތަކެއް ކުރިމަތިވުން އެކަށީގެންވާތީއާއި، އުއްޑުން އޮތުމުން ފުއްޕާމޭއަށް ޕްރެޝަރ ބޮޑުކޮށް ސްލީޕް އެޕްނިއާގެ އަލާމާތްތަކަށް މަގުފަހި ކޮށްދޭތީ، މިގޮތްގޮތަށް ނިދަން އޮތުމުން ދުރުވުމަށް އަންގައެވެ.

އެހެންކަމުން ނިދުމަކީ އަޅުގަނޑުމެން އެންމެންގެވެސް ދިރިއުޅުމުގެ މުހިންމު ބައެއް އަދާކުރާ ކަމަކަށް ވާއިރު، މިކަންވެސް އެންމެ ދުޅަހެޔޮ ގޮތެއްގައި ކުރެވޭތޯ ބަލަމާތޯއެވެ. 

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކީރިތި ރަސޫލާ (ص) ވަނީ ނިދަންވީގޮތް އަންގަވާފައެވެ. ކަނާތަފަރާތައް އޮވެ ކަނާތުގެ އަތްތިލަ އުންޑުން ވާގޮތަށް ބޮލުގެ ކަނާތްފަރާގެ ކޯތާފަތް ދަށަށް ލައި، ދެފައި ކުރުކޮށް ދެކަކޫދޭތެރެއަށް ވާއަތުގެ އަތްތިލަ މަހާލައިގެން ނިދަން އޮތުން މީ އަންޒަމާނުއްސުރެ ދިވެހިން ދަންނަ ކަމެއް، 1980ގެ އަހަރުތަކުންފެށިގެން ތަޢުލީމަށް ކޮކަޑިލައި އުނގަނައި ދޭންފެށިފަހުން އެކަންކަން ވަނީ ފިލައިގޮސްފައެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ