- Advertisement -ad image

ހެނދުނުގެ ނާސްތާ: ދުވަހުގެ އެންމެ މުހިންމު ކެއުން!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަންޖުމް އިސްމާއިލް މުހައްމަދު

ހެންދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުމޭ ބުނާއަޑު އިވޭނެއެވެ. އެހާވަރަށް ސިއްޙީ މާހިރުން އެވާހަކަ ދައްކާފައިވެއެވެ. މިހެން ބުނަންވެސް މިޖެހެނީ ވަރަށް ރަނގަޅު ސަބަބާއި ހުރެއެވެ. ރޭގަނޑު އެއްކޮށް ނުކައި ނިދީގައި ހޭދަކުރުމަށްފަހު ހެނދުނު ހެނދުނާ އެހަށިގަނޑަށް ހަކަތަ ލިއްބައިދޭ ރަނގަޅު ނާސްތާއެއް ބޭނުންވާނެއެވެ. 

އެތަކެއް ދިރާސާތަކުން ދައްކާގޮތިގައި، ހެނދުނުގެ ނާސްތާ އެކަށީގެންވާ ހެޔޮ ވަޤުތެއްގައި ނެގުމުން ތިބާގެ ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ގެނުވައިދޭނެއެވެ. ހަކަތަލިބުމާއި އެކު، ކަންކަމަށް ދެވޭ ސަމާލުކަން އިތުރުވުން އެކަންޔެއްނޫނެވެ. ބަރުދަން ލުއިވުމަށް އެހިވެދީ، އެކަށީގެންވާ މިންވަރެއްގައި އެ ބަރުދަން ދެމެހެއްޓުމާއި، ހަކުރުބައްޔާއި ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީވެދޭ އަދިވެސް ގިނަގުނަ ފައިދާތަކެއްވާ މުހިންމު ކަމެކެވެ. މިކަން މިހެން ހުރިއިރު، ހެނދުނުގެ ނާސްތާ ނުނަގައި ދޫކޮށްލަން ހެޔޮވާނެހެއްޔެވެ. 

މިހެން މިކަންނހުރި ކަމުގައިވީނަމަވެސް، އެތަކެއް ފައިދާތަކެއް ދެނެތިބުމާއި އެކުވެސް، ގިނަބަޔަކަށް ނާސްތާ ދޫކޮށްލެވޭތަން އާދެއެވެ. ހަމަ ބައިވަރު އެކި ސަބަބުތަކާއިހުރެކަން ޤަބޫލުކުރެވެއެވެ. ލަހުން ހޭލެވުމާއި، ނާސްތާއެއް ނަގަން ވަޤުތު ނުވުމާއި، އޮފީސް ގަޑިޖެހެން ކައިރި ވުމާއި، ދަރިން ސްކޫލަށް ގެންދަން ރެޑީ ކުރުމާއި، ހުންނަ ހޯރމޯނަލް ބައްޔެއްގެ ސަބަބުން ނޫންނަމަ މާ ފަލަހެން ހީވާތީ ނާސްތާ ދޫކޮށްލުން މިއީ މިވަޤުތު ހަނދާނަށް އައި މަދު ސަބަބު ތަކެއެވެ. 

އެހެނެއްކަމަކު ފާހަގަވާ އެއްކަމަކީ ބައެއް މީހުންނަކީ ހެނދުނުގެ ކާނާ ކާހިތްނުވާތީ، ނުވަތަ ބަނޑުހައި ނުވާތީ އެކެއުން ދޫކޮށްލާ ބައެކެވެ. ފަހަރެއްގައި ދުވަހުގެ އެންމެ ފަހުކެއުން ރޭގަނޑު މާލަސްކޮށްފައި ކެއުމުން ނުވަތަ ރޭގަނޑުގެ ކެއުމަށް މާ ގިނައިން ކެއުމުން ނޫންނަމަ ހަމަ ހެނދުނުގެ ކާނާ ކަމުނުދާތީ ކަމަށްވެސް ވެދާނެއެވެ. އުފާވެރި ޚަބަރަކީ ކޮންމެ ދުވަހެއްގެ ހެނދުނަށް ނާސްތާ ފަސޭހައިން ފިޓް ކުރެވޭނެ ގިނަ ގޮތްތަކެއް އެބަހުރިކަމެވެ.

ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ ރޭގަނޑުގެ ކެއުން އަވަސްކޮށް މަދުން ކެއުމެވެ. މީގެވެސް އެތަކެއް ފައިދާތަކެއްވެއެވެ. ރޭގަނޑުގެ ވަގުތު ދަންވާ ވަރަކަށް ތިބާގެ ހަށިގަނޑުގެ ކެލަރީސް ނެގުން ގިނަވެ މި ކެލަރީސްތައް ހަކަތައިގެ ގޮތުގައި އަނދާނުލެވި ހުއްޓާ ހަށިގަނޑު ރޭގަނޑުގެ ނިދުމަށް ތައްޔާރުވެއެވެ. މިކަމުގެ ސަބަބުން ބަރުދަން އިތުރުވުމާއި ހެނދުނު ހެނދުނާ ކެއުމަށް އަމިއްލަ ނަފްސު ދެކޮޅުހަދާތަން އާދެއެވެ.

ދެވަނަކަމަކަށް، ހެނދުނުގެ ނާސްތާ ނަގާވަޤުތު ފަސްކޮށްލެވިދާނެއެވެ. އޮފީހަށް ތަންކޮޅެއް އަވަހަށް ގޮސްލުމަށްފަހު ނާސްތާއެއް ނަގާލެވޭނަމަ އެގޮތްވެސް ހަމަ ރަނގަޅެވެ. ނުވަތަ ހެނދުނު ހެނދުނާ ވަޤުތު ނުވާނަމަ 11 ޖަހާހާއިރު ނަގާ 9ގަޑިސައި ނަގާލެވިދާނެއެވެ. މިއީ ހެނދުނުގެ ބިޒީކަމާއިހުރެ ނާސްތާ ނުނެގޭ މީހުންނަށް ހުރި ކުޑަވަރެއްގެ ޙައްލެކެވެ. 

ތިންވަނަކަމަކަށް، ހެނދުނުގެ ނާސްތާއަށް ކާނެ އެކިއެކި ކާނާ ދިރާސާކޮށް، ނާސްތާއާއި މެދު އަމިއްލަ ނަފްސުގެ ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ކޮންމެ ދުވަހަކު އެކަށްޗެއް ކެއުމުގެ ބަދަލުގައި ތަފާތު ސިމްޕަލް ކާނާ ކެއުމަށް ސަމާލުކަން ދިނުމެވެ. މިސާލަކަށް، ކޯރން ފްލޭކްސް، އޯޓްސްއަށް ދޮންކެޔޮ ނުވަތަ ތިބާއަށް ފެންނަ އެހެން މޭވާއެއް އަޅާލައިގެން، އަދި ހެޔޮވަރުގެ ރަނގަޅު ބިސްގަނޑެއް، ބްރައުން ބްރެޑާއި ޕީނަޓް ބަޓާރ، ޔޯރގަޓް ފަދަ އެއްޗިހި ހިމެނިދާނެއެވެ. އެހެނެއް ކަމަކު ދިވެހިންނަށް ވީތީ، ޑިސްކް މަސްހުންޔާއި، ބޭކްޑް ބީންސް އާއި ރޮއްށި ހަފްތާބަނދަށް ޚާއްސަކުރުން ކިހިނެތްތޯއެވެ.

ވިސްނާލަން މުހިންމު އެއްކަމަކީ، ހެނދުނުގެ ނާސްތާ ވީހާވެސަ ނިއުޓްރީޝަންސް ގިނަ ބެލެންސްޑް ކެއުމެއް ކެއުމަށް ސަމާލުވާން ވާނެކެމެވެ. ޕްރޮޓީންސް ހިމެނޭ އެއްޗިހި ކެއުމަށް އަހަންމިއްޔަތު ދީ، މޭވާއެއްވެސް އެކުލެވޭތޯ ބަލަން ވާނެއެވެ. ދުވަހުގެ އެންމެ މުހިންމު ކެއުން ކަމުގައިވާތީ، މިކަމަށް އިތުރަށް ފަރުވާތެރިވަމާތޯއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ހުރިހާ އެއްޗެއް ނަގާލީމާ ދެން ކާން ހުންނާނީ ކޯޗެއް ބާވައޭ ހިތަށް އަރާ. މާތްކަލާކޯ މިއީ ވެސް ދިވެހިބަހުން ލިޔެފައި އޮތް ލިޔުމެއް ވިއްޔާ!

  2. […] ހެންދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުމޭ ބުނާއަޑު އިވޭނެއެވެ. އެހާވަރަށް ސިއްޙީ މާހިރުން އެވާހަކަ ދައްކާފައިވެއެވެ. މިހެން ބުނަންވެސް މިޖެހެނީ ވަރަށް ރަނގަޅު ސަބަބާއި ހުރެއެވެ. ރޭގަނޑު އެއްކޮށް ނުކައި ނިދީގައި… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ