- Advertisement -ad image

40 އަހަރުން މަތީގެ އަންހެނުންނަށް ޚާއްސަ ކާނާ!

ad image

ގުޅުންހުރި ލިޔުންތައް

އުމުރުން ދުވަސްވާ ވަރަކަށް ފިޓްކޮށް ހަރަކާތްތެރިވެ ހުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ޚާއްސަކޮށް 40 އަހަރު ފުރި ސިއްހަތާ މެދު ކަންބޮޑުވާ ބޭފުޅުން ކުރިމަތިލާ ތަކުލީފުތަކާއި ގޮންޖެހުންތަށް މަދެނޫނެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ރީތިކޮށް މުސްކުޅިވުމަކީ ކުރެވިދާނެ ކަމެކެވެ. ބޭނުންވަނީ ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅުމުގެ އިތުރުން ކެއުމުގައިވެސް ސިއްހަތަށް ފައިދާހުރި ބައެއް ބަދަލުތަށް އެކުލަވާލުމެވެ. މިއީ އުމުރުން 40 އަހަރުން މަތީގެ އަންހެނުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި މުސްކުޅިވުމުގެ ޢަލާމާތްތަކާއި ތަކުލީފުތަށް މަތަކޮށްލުމަށްޓަކައި ދުވަހުން ދުވަހަށް ކެއުމުގައި ހިމަނާލަން މުހިންމު ބައެއް ކާނާގެ ބާވަތްތަކެވެ.

އޮމެގާ-3 ގިނައިން އެކުލެވޭ މަސް:

 ދިވެހިންނަކީ ޒަމާނުއްސުރެވެސް ކެއުމުގެ 3 އިރުވެސް ކަނޑުމަސް އެކުލަވާލާ ބައެކެވެ. އެނގިގެންވިޔަސް ނޭނގިވިޔަސް މިކުރެވެނީ ވަރަސްވެސް ފައިދާހުރި ކަމެކެވެ. ސަބަބަކީ، މިފަދަ މަސްތަކަކީ ހިތުގެ ސިއްހަތަށް އެހީތެރިވާ، ސެލްތައް އަލުން އުފެއްދުމަށް އެހީތެރިވެދޭ، ހަމުގެ ދެމުން ރަނގަޅުކޮށްދީ، ސިކުނޑީގެ މަސައްކަތް ކުރިއެރުވުމުގައި އެހީތެރިވެދޭ އެއްޗެއްކަން ދިރާސާތަކުން ދައްކުވައިދެއެވެ. މިފަދަ މަސްތަކުގެ ތެރޭގައި ކަޅުބިލަމަސް، ކަންނެލި، ސެލްމޮން، މެކަރެލް، އަދި ސާޑިންސް ފަދަ މަސްތައް ހިމެނެއެވެ.

ފެހިކަން ގަދަ ފަތްޕިލާވެލި:

 ސްޕިނެޗް، ކެލޭ، އަދި އެހެނިހެން ފެހިކަންގަދަ ފަތުގެ ބާވަތްތަކަކީ ވިޓަމިންސް، މިނަރަލްސް، އަދި އެންޓިއޮކްސިޑެންޓްސް އަށް ޚާއްސަކޮށްލެވޭ ކާނާކަން ދިރާސާތަކުން ދައްކުވައިދެއެވެ. އެއީ ކަށީގެ ސިއްހަތަށް އެހީތެރިވެދީ، ދިފާއީ ނިޒާމް ބާރުވެރިކޮށްދޭ، 

ދުޅަހެޔޮކަމަށްޓަކައި އެތަކެއް ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ.

ގްރީކް ޔޯގަޓް

 ޕްރޮޓީން އާއި ޕްރޮބަޔޮޓިކްސް ގިނަ ގްރީކް ޔޯގަޓަކީ ގޮހޮރުގެ ސިއްހަތަށް އެހީތެރިވެދޭ އަދި ކަށީގެ ސިއްހަތަށްޓަކައި ކެލްސިއަމް ފަދަ މުހިއްމު ނިއުޓްރިއެންޓްސް ފޯރުކޮށްދޭ އެއްޗަކަށް ވާއިރު، މިއީ އުމުރުން 40 އަހަރުން މަތީ އަންހެނުންނަށް ކޮންމެހެން ބޭނުންތެރި އެއްޗެއްކަމަށް ބެލެވެއެވެ.

ރީނދޫ (ޓާމިއުރިކް)

 ޢުމުރުން ދުވަސްވާވަރަކަށް ކަކުލާއި ހުޅުހުޅުގައި ރިއްސާ ބައެއްކަމާއި، ފިރިހެނުންނަށްވުރެ ބޮޑަށް މިކަން ދިމާވަނީ އަންހެނުންނަށްކަން ދިރާސާތަކުން ދައްކުވައިދެއެވެ. ޑިޓޮކްސް ފެނާއި ސައި އަދި ސޫޕްތަކަށް ރީނދޫ އިތުރުކުރުމަކީ ދުޅަހެޔޮކަން މެނޭޖްކުރުމަށް އެހީތެރިވެދީ ހުޅުތަކުގެ ސިއްހަތަށް އެހީތެރިވެދޭނެ ކަމެކެވެ. އޭގައި ހިމެނޭ އެކްޓިވް ކޮމްޕައުންޑެއް ކަމަށްވާ ކަރކިއުމިންގެ އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސްގެ ސަބަބުންނެވެ.

ބަދަން

 އަލްމަންޑް، ވޯލްނަޓް، ފްލެކްސްސީޑްސް، އަދި ޗިއާ ސީޑްސްގައި ގިނަ އަދަދަކަށް އޮމެގާ-3 ފެޓީ އެސިޑް، ފައިބަރ، އަދި ތަފާތު ވިޓަމިންސް އަދި މިނަރަލްސް ހިމެނެއެވެ. އެއީ ހިތުގެ ސިއްހަތަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ހަކަތަ ފޯރުކޮށްދޭން އެހީތެރިވާ ކާނާގެ ބާވަތެއްކަން ފާހަގަކޮށްލެވެއެވެ.

އެވޮކާޑޯ

 އެވޮކާޑޯ އަކީ ނިއުޓްރިއެންޓް ގިނަ މޭވާއެއް ކަމަށާއި، މިއީ ހިތުގެ ސިއްހަތަށް ފައިދާހުރި މޮނޯއަންސެޗުރޭޓެޑް ފެޓްސް ފޯރުކޮށްދޭ މޭވާއެކެވެ. އަދި ހަމުގެ ސިއްހަތަށް މުހިއްމު ވިޓަމިން އީ އާއި ސީ ވެސް ހިމެނޭ ކާނާއެކެވެ.

ދުޅަހެޔޮކަމަކީ ވަކި ބަޔަކަށް ވަކި ޢުމުރަކަށް ޚާއްސަ ކަމެއްނޫނެވެ. އެއީ ހުރިހާ އެންމެބްވެސް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ކަމެކެވެ. ވަށާޖެހި ދުޅަހެޔޮކަމަށް މަސައްކަތް ފައްޓަންވީ އެކަމަށް މަޖުބޫރު ވީމައެއްނޫނެވެ. އޭރުން އޮންނާނީ ވަޤުތުގެ ބޭނުން އެންމެ ރަނގަޅަށް ބޭނުން ނުކުރެވި ނޫންހެއްޔެވެ. ރައްކާވެ ތިބިއްޔާ ދަތުރުތާއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] އުމުރުން ދުވަސްވާ ވަރަކަށް ފިޓްކޮށް ހަރަކާތްތެރިވެ ހުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ޚާއްސަކޮށް 40 އަހަރު ފުރި ސިއްހަތާ މެދު ކަންބޮޑުވާ ބޭފުޅުން ކުރިމަތިލާ ތަކުލީފުތަކާއި ގޮންޖެހުންތަށް މަދެނޫނެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ރީތިކޮށް މުސްކުޅިވުމަކީ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ