- Advertisement -ad image

ބަނބުކެޔޮ: އެތަކެއް ފައިދާއެއް އެކުލެވޭ މީރު މޭވާއެއް!

ad image

ގުޅުންހުރި ލިޔުންތައް

ބަނބުކޭލަކީ އަޅުގަނޑުމެންނަށް އާ ކާނާއެއްނޫނެވެ. ޒަމާނުއްސުރެ އެކި ގޮތްގޮތަށް ބޭނުން ކުރެވިފައިވާ މީރު މޭވާއެކެވެ. ތެލުލައިގެންނާއި، ހަކުރު ލައިގެންނާއި، ރިހައިގެ ގޮތުގައްޔާ އަދިވެސް އެހެނިހެން ގޮތްގޮތުގައި ދިވެހިން މި ކާނާ ކަނީ ރާއްޖޭގެ އެކި ކަންކޮޅުގައި މިއަށް ރިޔާގިވީމައެވެ. އެކަމަކު ބަނބުކޭލުން ލިބޭ ފައިދާތަށް އެނގެނީ އަޅުގަބޑުމެންގެ ތެރެއިން ކިތައް މީހުންނަށްބާއެވެ؟

އެންމެ ޖޯޑެއްގެ ބަނބުކޭލުގެ ނިއުޓްރީޝަނަލް މިންވަރަށް ބަލާއިރު އޭގައި ރަނގަޅު މިންވަރަކަށް ފައިބަރ، ޕްރޮޓީން، ވިޓަމިން އޭ، ވިޓަމިން ސީ، ރައިބޯފްލެވިން، މެގްނީޒިއަމް، ޕޮޓޭސިއަމް، ކޮޕަރ، އަދި މެންގަނީޒް ހިމެނޭކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ. މި ނިއުޓްރިއެންޓްސް ހަމުގެ ސިއްހަތުން ފެށިގެން ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުންވެސް، ބަނބުކޭލުގައި ހިމެނޭ ގްލައިސެމިކް އިންޑެކްސް ދަށްވުމާއި ފައިބަރުގެ މިންވަރު މަތިވުމުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭ އެއްޗެއްކަމަށްވެސް ބެލެވެއެވެ.

ދެންއޮތީ ހިތުގެ ބަލިތަކުގެ މާޒީއެއްވާ ޢާއިލާތަކަށް ހެޔޮ ޚަބަރެކެވެ. ބަނބުކޭލަކީ އޭގައި އެކުލެވޭ ވިޓަމިން ސީގެ މިންވަރާއި އަދި އެންޓިއޮކްސިޑެންޓްސް ގިނައިން ހުންނަ އެއްޗަކަށްވުމުގެ ސަބަބުން ހިތުގެ ބަލިތައް ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭކަމަށް ދިރާސާތަކުން ފާހަގަކޮށްލެވެއެވެ. ބަނބުކޭލުގައި ފައިބަރާއިޕޮޓޭސިއަމް ފުދޭވަރަކަށް ހިމެނޭއިރު، މި ދެ ނިއުޓްރިއެންޓަކީ ހިތް ދުޅަހެޔޮސިއްހަތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މުހިންމު ދެމާއްދާއެކެވެ. ކާނާގައި ފައިބަރުހިމެނުމަކީ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމުގެ އިތުރުން ލޭގެ ޕްރެޝަރުދަށްކުރުމުގައި ވެސް ދައުރެއް އަދާކުރާ މާއްދާއަކަށްވާއިރު، ޕޮޓޭސިއަމް އަކީ ލޭގެޕްރެޝަރަށް ސޯޑިއަމްގެ ގެއްލުން ހުރި އަސަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭކަމެކެވެ.

މީގެ އިތުން ފާހަގަވާ އިތުރު ކަމަކީ، ބަނބުކޭލަކީ ކެލްސިއަމް ޖަހައިގަތުމާއި ކަށީގެ ސިއްހަތަށް މުހިންމު މާއްދާއެއްކަމަށްވާ މެގްނީޒިއަމް ހިމެނޭ އެއްޗެއްކަމެވެ. އާރތްރައިޓީސް ބައްޔާއި، ކަށިތަކުގައި ރެނދުލުން ފަދަ ތަކުލީފުބޮޑު ބަލިތައް ހުންނަ ބޭފުޅުންނަށއ ބަނބުކެޔޮވެގެންދާނީ ވަރަށްވެސް ފައިދާކުރަނިވި ކާނާއަކަށެވެ. ސަބަބކީ، ކަށިތައް ވަރުގަދަކޮށް ކަށީގެ ޑެންސިޓީއާ ގުޅުންހުރި އުދަނގޫތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭތީއެވެ.

އަދިވެސް އަދިވެސް އިތުރު ފައިދާތަކަށް ބަލކާއިރު، ބަނބުކޭލަކީ އޭގައި ހިމެނޭ ކެލޮރީގެ މިންވަރު މަދު މޭވާއަކަށްވާތީ ބަރުދަން ބެލެހެއްޓުމަށްވެސް އެހީތެރިވެދޭ ކާނާއެއްކަން ފާހަގަކޮށްލެވެއެވެ. އޭގައިހިމެނޭ ދަނގަނޑުގެ މާއްދާގެ ގިނަ ވުމުގެ ސަބަބުން ނިދުމަށް އެހީތެރިވާކަމަށްވެސް ދިރާސާތަކުޔން ދައްކުވައިދެއެވެ. ސަބަބކީ ގިނަ މީހުންގެ (އިންސޯމްނިއާ) ނިދަން އުނދަގޫވުމުގެ ބަލި ޖެހެނީ ހަށީގަނޑުގައި ދަނގަނޑުގެ މާއްދާ މަދުވުމުން ކަމަށް ޑޮކްޓަރުން ރަޢުޔުނެރެފައިވެއެވެ. މިކޭލަކީ ގަވާއިދުން ކެއުމުގެބައެއްގެ ގޮތުގައި ކެއުމަށް ލޯބިކުރާ މީހުންނަށްހަޖަމުކުރުމުގެ ނިޒާމަށްވެސް ފަސޭހަކަން ގެނުވައިދޭ އެއްޗެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންމާ ބަންކޭލުގެ ޑައެޓެއް ފައްޓަން ފެނޭތޯއެވެ؟

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ހަކުރު ހުންނަ މިންވަރު ބެލެހެއްޓުމަށް އެހީތެރިވެދޭ އެއްޗެއްކަމަށްވެސް ބެލެވެއެވެ.

    “ބެލެހެއްޓުން” މި ބުނަނީ ކީކޭތޯ؟

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ