- Advertisement -ad image

އަހިވަތް ޖޫސް: ފައިދާއިން ފުރިފައި

ad image

ގުޅުންހުރި ލިޔުންތައް

(ނޯނީ) އަހިވަކަކީ ރީނދޫ ކުލައެއް ހުންނަ ވަރަށް ހިތި އަދި ތަފާތު ގަދަ ވަހެއް ހުންނަ މޭވާއެކެވެ. މިއީ ދިވެހި ބޭސްވެރިކަމުގައްޔާއި ފޯކް މެޑިސިންގައި ބޭނުންކުރާ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކާއިރު، އެއީ އާންމުކޮށް ބަނޑުހަރުވުން، އިންފެކްޝަން، ރިހުން، އަދި އާތުރައިޓިސް ފަދަ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެއްޗެއްކަމަށް ބެލެވެއެވެ.

އެހެނަސް މިއަދު އަހިވަތް ގިނައިން ބޭނުންކުރަނީ ޖޫހެއްގެ ގޮތުގައެވެ. މި ޖޫހަކީ ވަރުގަދަ އެންޓިއޮކްސިޑެންޓްތަކެއް ހިމެނޭ ޖޫހަކަށް ވާތީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވޭ ޖޫހެއްކަމަށް ފާހަގަކޮށްލެވެއެވެ. އެހެންމާ މި ފައިދާތަކަށް ބަލާލަމާތޯއެވެ.

ދުންފަތުގެ ދުންގަނޑުގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭ

ދިވެހި މުޖުތަމަޢުން ފެންނަ ދެރަ އެއް މައްސަލައަކީ ދުންފަތުގެ އިސްތިޢުމާލުކުރުން އާންމުވުމެވެ. މިދުންފަތުގެ ދުންގަނޑަށް އިންސާނާގެ ނޭވާލާނިޒާމް ހުށަހެޅުމުން ނުރައްކާތެރި މިންވަރަކަށް ފްރީ ރެޑިކަލްސް އުފެދެދިގެންދެއެވެ. އަދި ގިނައިން ބޭނުންކުރުމުން ސެލްތަކަށް ގެއްލުން ލިބި އޮކްސިޑޭޓިވް ސްޓްރެސް އަށް މަގުފަހިވެގެންދެއެވެ.

 އޮކްސިޑޭޓިވް ސްޓްރެސް އަކީ ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި، ކެންސަރު ފަދަ ގިނަ ބަލިތަކަކާ ގުޅުން ހުރި އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންޓިއޮކްސިޑެންޓް އެކުލެވޭ ކާނާ ކެއުމުން އޮކްސިޑޭޓިވް ސްޓްރެސް ކުޑަވެދާނެ އެވެ. 

އެއް ދިރާސާއެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ދުވާލަކު 4 އައުންސް (118 މިލިލީޓަރު) އަހިވަތް ޖޫސް ދޭތާ 1 މަސް ފަހުން އެމީހުންގެ ބޭސްލައިން ލެވެލްއާ އަޅާބަލާއިރު އާންމު ދެ ފްރީ ރެޑިކަލް %30 ދަށްވެފައިވެއެވެ.

ކަސްރަތު ކުރުމުގައި ބުންވަރު އިތުރުކުރުން

3 ހަފްތާގެ އެއް ދިރާސާއަކުން ފައްކާގޮތުގައި، މެރެތޯން ފަދަ ދުރު ދުވުންތެރިންނަށް ދުވާލަކު ދެފަހަރު 3.4 އައުންސް (100 މިލިލީޓަރު) އަހިވަތް ޖޫސް އަދި އަނެއް ގުރޫޕަށް ޕްލޭސިބޯ ދީފައިވެއެވެ. އަހިވަތް ޖޫސް ބުއި ގްރޫޕުން ވަރުބަލިވުމަށް އެވްރެޖްކޮށް ހޭދަވާ ވަގުތު %21 އިތުރުވެފައިވާއިރު، މިއިން ދޭހަވަނީ ބުންވަރު އިތިރިކޮށް ރަނގަޅުވެފައިވާކަމެވެ.

ނޮނީ ޖޫހާއި ގުޅިގެން ޖިސްމާނީ ބުންވަރު އިތުރުވުމަކީ އޭގެ އެންޓިއޮކްސިޑެންޓްސް އާއި ގުޅުން ހުރި ކަމެއް ކަމަށް ބެލެވެއެވެ. މިއީ އާންމުކޮށް ކަސްރަތު ކުރާއިރު މަސްތަކުގެ ޓިޝޫތަކަށް ލިބޭ ގެއްލުންތަށްވެސް ކުޑަކޮށްދޭ ކަމެއްކަމަށް ފާހަގަކުރެވެއެވެ.

އާތުރައިޓިސް ޖެހިފައިވާ މީހުންގެ ރިހުމަށް ލުޔެއް ގެނައުން

މަސް ދުވަހުގެ ދިރާސާއެއްގައި ބުރަކަށީގެ ޑިޖެނެރޭޓިވް އާތުރައިޓިސް ޖެހިފައިވާ މީހުން ދުވާލަކު ދެފަހަރު 0.5 އައުންސް (15 މިލިލީޓަރު) އަހިވަތް ޖޫސް ދިނުމުން، ރިހުމުގެ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި %60 ބައިވެރިންގެ ކަރުގައި ރިއްސުމަށް މުޅިން ލުއި ލިބިފައިވާކަމަށް ރިޕޯރޓްކޮށްފައިވެއެވެ.

 މިފަދަ އެހެން ދިރާސާއެއްގައި އޮސްޓިއޯއާތުރައިޓިސް ޖެހިފައިވާ މީހުން ދުވާލަކު 3 އައުންސް (89 މިލިލީޓަރު) އަހިވަތް ޖޫސް ނަގާތާ 90 ދުވަސް ފަހުން އާތުރައިޓިސް ރިއްސުމުގެ މިންވަރު ވަރަށް ބޮޑަށް ދަށްވުމުގެ އިތުރުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވިކަމަށް ރިޕޯރޓްކޮށްފައިވެއެވެ.

 އާތުރައިޓިސް ރިއްސުމަކީ ގިނަ ފަހަރަށް އިންފްލެމޭޝަނާއި އޮކްސިޑޭޓިވް ސްޓްރެސް އާއި ގުޅުން ހުރި ކަމެކެވެ. އެހެންކަމުން އަހިވަތް ޖޫސް އިން ދުޅަހެޔޮކަން ކުޑަކޮށްދީ ފްރީ ރެޑިކަލްސް އާއި ދެކޮޅަށް މަސައްކަތްކޮށްގެން ގުދުރަތީ ތަދު ފިލުވައިދިނުން އެކަށީގެންވެއެވެ.

ދިފާއީ ނިޒާމުގެ ސިއްހަތު ރަނގަޅުކޮށްދިނުން

އެހެން ބައެއް މޭވާ ޖޫސްތަކެކޭ އެއްފަދައިން މިއީ ވެސް ވިޓަމިން ސީ އިން މުއްސަނދި ބުއިމެކެވެ. ވިޓަމިން ސީ އަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ތިމާވެއްށިން ލިބޭ ވިހަ މާއްދާތަކުން ސެލްތައް ރައްކާތެރިކޮށްދީ ދިފާއީ ނިޒާމަށް އެހީތެރިވެދޭ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. 

8 ހަފްތާގެ ކުޑަ ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު 11 އައުންސް (330 މިލިލީޓަރު) އަހިވަތް ޖޫސް ބޯ ސިއްހަތު ރަނގަޅު މީހުންގެ ދިފާއީ ސެލްގެ ހަރަކާތް އިތުރުވެ، އޮކްސިޑޭޓިވް ސްޓްރެސްގެ މިންވަރު ދަށްވެފައިވެއެވެ. 

އަހިވަތް ޖޫސް ހަދާނީ ކިހިނެތް؟

މިއީ އުފެދޭ ސުވާލެކެވެ. މިހާ ދައިދާތައް އެކުލެވޭ މި ޖޫސް ބޯން ހަދާނީ ކިހިނެތް ހެއްޔެވެ؟ އުނދަގޫ ކަމެއްނޫނެވެ. އަހިވަތް ދޮންވެ ފައްކާވުމުން ރަނގަޅަށް ދޮވެލާފައި ކޮށާލާނީއެވެ. ދެން އިނގުރު ކޮޅަކާއި އެކު 1 ތަށި ފިނިފެނާއި އެކު މިކްސަރުން މިކްސްކޮށްލާނީއެވެ. އެއަށްފަހު ރަނގަޅަށް ފުރާނާލައި އެޔަށް ހެޔޮވަރު ވަރަކަށް މާމުއި އެޅުމަށްފަހު ފިނިކޮށް ބޯލާނީއެވެ. މާމުއިގެ ބަދަލުގައި ހަކުރު ނުވަތަ އެހެން މޭވާއެއްގެ ޖޫހާވެސް އެއްކޮށްލެވިދާނެއެވެ. އެހެނަސް ފައިދާ ބޮޑީ މާމުޔާއެކުގިކަމަށް ބެލެވެއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ