- Advertisement -ad image

އޮފީސް މޭޒުމަތީ ގަހެއް ބެހެއްޓުމުން އުފެއްދުންތެރިކަން އިތުރުވޭ!

ad image

ގުޅުންހުރި ލިޔުންތައް

ބިޒީ ބުދަ ދުވަހެއްގެ މެދުތެރެއިން ފަރުބަދަތަކުގައި ޗުއްޓީ ހޭދަކުރާނެ ކަމުގެ ހުވަފެނެއް ދެކުނިން ހެއްޔެވެ؟ މިއީ ތިބާ އެކަނި ކުރާ ކަމެއް ނޫނެވެ. މިއަދު ވަޒީފާ އަދާކުރާ އާބާދީގެ ބޮޑު ބައެއް ކޮންމެ ދުވަހަކު ވެސް ކުރާ މަސައްކަތަށް ނުކުންނަނީ ހަފުތާ ބަންދުގެ އިންތިޒާރުގައި ތިބެއެވެ.  އެހެންވީމާ، މިއީ މުޅިން ވެސް މަސައްކަތުގެ ސްޓްރެސްގެ މައްޗަށް ކުށްވެރިކުރެވޭނެ ކަމެއް ނޫނެވެ. މި އިކުއޭޝަންގެ އަނެއް މައިގަނޑު ސަބަބަކީ ފެހި ޖާގަތައް ނެތުމާއި، އަހަރެމެންގެ ދުވަހުގެ ބޮޑުބައި އޮފީސްތަކުގައި ހޭދަކުރާތީ، ފެހިކަމާ އަހަރެމެންނާއި އޮންނަ ގުޅުން އިތުރަށް ހީނަރުވަމުން ދިއުމެވެ.

ގުދުރަތާ ގުޅެން އިންސާނުންގެ ހިތުގައި އުފެދިފައިވާ މި އެދުމަށް، ސައިންސްވެރިން ކިޔާ އުޅެނީ “ބަޔޯފީލިއާ” އެވެ. ބަޔޯފީލިއާ އަކީ އަހަރެމެންގެ ޖީންތަކުގައި އަށަގެންފައިވާ އެއްޗެކެވެ. އެއީ ގުދުރަތުން އަހަރެމެންނަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަން ހޯދުމާއި، އެއާ ގުޅުން ކެނޑިގެން ދިއުމުން އެ ކަމެއް ހޯދުމަށް އަހަރެމެންނަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. 

ޤުދުރަތަތީ ފެހި މަންޒިލްތަކުގައި ޗުއްޓީ ހޭދަކޮށްލަން ދިއުމަށް ޓަކައި ދުވާލުގެ ވަޒީފާތަކުން ސަލާމަތް ނުވެވުނު ނަމަވެސް، ހަމަ ޔަގީނުންވެސް އަހަރެމެންގެ އޮފީސްތަކަށް ނޫނީ މަސައްކަތް ކުރާ ޑެސްކްތަކަށް އިންޑޯ ޕްލާންޓްތަކާއި ގަސްގަހާގެހި އިތުރުކޮށްގެން މަސައްކަތުގެ މާހައުލަށް ގުދުރަތީ ހިތްގައިމުކަން ގެނެވިދާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިންޑޯ ޕްލާންޓް ގެންގުޅުމަކީ ތިމާއަށް ބޮޑެތި ހެޔޮ ފައިދާތަކެއް ކުރާނެ ކަމެކެވެ.

އެހެންކަމުން މަސައްކަތުގެ މާހައުލަށް ގަސްތައް އިތުރުކުރަން ޖެހޭ ބައެއް ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.

ސިއްހަތު ރަނގަޅުވޭ

އޮފީސް ޕްލާންޓްތަކުން މުވައްޒަފުންގެ ދުޅަހެޔޮކަމަށް ކުރާ އެންމެ ބޮޑު އަސަރަކީ ސިކް ލީވްގެ ގޮތުގައި ނަގާ ދުވަސްތައް މަޑުމަޑުން މަދުވުމެވެ. ގަސްގަހާގެއްސަކީ ކޮޓަރިތަކުން އިންޑޯ އެއާ ޕޮލިއުޓެންޓްސް ފިލްޓަރކޮށް އޮކްސިޖަން އިން ވައި ތާޒާކޮށް ބަހައްޓާދޭ އެއްޗެކެވެ. ވެންޓިލޭޝަން ދަށް އޮފީސްތަކުގައި މުވައްޒަފުންނަށް “ސިކް ބިލްޑިން ސިންޑްރޯމް” ޖެހުމުގެ ފުރުސަތު އެބައޮތެވެ. މި އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ސަމާލުކަން ދޭން އުނދަގޫވުން އަދި ރޯގާ ފަދަ އަލާމާތްތައް ވެސް ހިމެނެ އެވެ. މިކަމަށް އޮތް ހަގީގީ ހައްލަކީ ބޮޑު ވެންޓިލޭޝަން ސިސްޓަމެއް ނަމަވެސް އިންޑޯ ޕްލާންޓްތަކުން ވިހަ ގޭހާއި ވައިގެ ޒަރިއްޔާއިން އުފެދޭ މައިކްރޯބްސް ފަދަ އިންޑޯ ޕޮލިއުޓެންޓްތައް ނައްތާލައި ވައި ތާޒާކުރުމަށް އެހީތެރިވެދެ އެވެ. ޕީސް ލިލީ، ޑްރެކޭނާ އަދި ސްޕައިޑާ ޕްލާންޓް ފަދަ ގަސްތަކަކީ އިންޑޯ ވައި ސާފުކުރާ ވަރަށް މޮޅު ގަސްތަކެކެވެ.

މިއީ ސްޓްރެސް ކުޑަކޮށްދޭ

ސިޑްނީގެ އާ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިން 2010 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އިންޑޯ ޕްލާންޓްތައް މަސައްކަތުގެ މާހައުލަށް ތައާރަފްކުރުމުން މަސައްކަތްތެރިންގެ ސްޓްރެސް ވަރަށް ބޮޑަށް ދަށްވެގެން ދެ އެވެ. އެގޮތުން ރިޕޯޓްކޮށްފައިވާ ނަތީޖާތަކުގެ ތެރޭގައި ޓެންޝަނާއި އެންޒައިޓީ 37 އިންސައްތަ ދަށަށް ދިއުން ހިމެނެއެވެ. އަދި ޑިޕްރެޝަން ނުވަތަ މާޔޫސްކަން 58 އިންސައްތަ ދަށަށް ދިއުމާއި ރުޅިވެރިކަމާއި ދެކޮޅުވެރިކަން 44 އިންސައްތަ ދަށަށް ދިއުން ހިމެނެ އެވެ. މީގެއިތުރުން ވަރުބަލިކަން 38 އިންސައްތަ ދަށްކޮށްދެއެވެ.

ކަލަރ ސައިކޮލޮޖީގެ އެސް.އެމް.އީއިން ބުނާ ގޮތުގައި ފެހި ކުލަ، އަކީ ގުދުރަތީގޮތުން ވެސް މީހުންނަށް ހަމަހިމޭންކަމާއި ހިތްހަމަޖެހުމުގެ އަސަރު ކުރާ ކުލައެކެވެ. ގިނަ ގުދުރަތީ ގަސްގަހާގެހީގެ ރީތިކަމުގެ ތެރޭގައި މޮންސްޓާސް، ފިޑްލް ލީފް ފިގް، ފިލޯޑެންޑްރޯންސް އަދި ފިކަސް ބާވަތްތައް ހިމެނެ އެވެ.

އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭ

ޔުނިވާސިޓީ އޮފް އެކްސްޓާއިން 2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މަސައްކަތުގެ މާހައުލުތަކުގައި އިންޑޯ ޕްލާންޓްތައް ހުންނަނަމަ މުވައްޒަފުންގެ އުފެއްދުންތެރިކަން 15 ޕަސެންޓް އުފުލިގެން ދެ އެވެ. އެންމެ ބޮޑު އެއް ކަމަކީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ މޭޒުމަތިން ނުވަތަ މޭޒުމަތީގައި ހުރި ގަހެއް ފެނުމެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ނަފްސާނީ ގޮތުން އެންގޭޖްކޮށް ބެހެއްޓޭނެ އެއްޗެއް ހުންނަ އިރު، އެ މީހުން އުފާވެ، ރަނގަޅަށް މަސައްކަތް ކުރެ އެވެ.

ކްރިއޭޓިވް ބްލޮކްތަކަކީ ޖޯކެއް ނޫނެވެ. ޚިޔާލުތަކުން ބޭރުވިޔަސް، ނުވަތަ ގިނަ ދުވަސްތަކެއް ވަންދެން އެއް ތަނެއްގައި ތާށިވި ނަމަވެސް، އޮފީސް ޕްލާންޓްތަކުން އިންސްޕިރޭޝަނެއް ލިބިގެންދާނެއެވެ. އުޖާލާ ކުލަތަކާއި، ކުދިކުދި ފަތްތަކުގެ ވައްޓަފާޅިއާއި، ލޮލުގައި އަޅައިގަތް ފަތްތަކުގެ ސިފަތަކުގެ ސަބަބުން އުފެއްދުންތެރިކަމަށް ހެޔޮ އަސަރުކުރެއެވެ. ކެލަތިއާ، އައިވީ، ސަކުލެންޓް ފަދަ އިންޑޯ ގަސްތަކަކީ ވަރަށް މޮޅު ކްރިއޭޓިވިޓީ ބޫސްޓާތަކެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ބިޒީ ބުދަ ދުވަހެއްގެ މެދުތެރެއިން ފަރުބަދަތަކުގައި ޗުއްޓީ ހޭދަކުރާނެ ކަމުގެ ހުވަފެނެއް ދެކުނިން ހެއްޔެވެ؟ މިއީ ތިބާ އެކަނި ކުރާ ކަމެއް ނޫނެވެ. މިއަދު ވަޒީފާ އަދާކުރާ އާބާދީގެ ބޮޑު ބައެއް ކޮންމެ ދުވަހަކު ވެސް ކުރާ މަސައްކަތަށް ނުކުންނަނީ ހަފުތާ ބަންދުގެ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ