މީގެ މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި މާގިނައިރު ފްރިޖް ނުކޮށް ހުންނަ ކާނާ ކެއުމަކީ ސިއްހީ ގޮތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެއްކަމެވެ. މިކަމަށް ބައެއް މެޑިކަލް މާހިރުން “ފްރައިޑް ރައިސް ސިންޑްރޯމް” ގެ ނަމުން ނަންދީފައިވެއެވެ.
މިހާރު ސިއްޙީ މާހިރުން ފާހަގަކުރަމުންދަނީ ވިސްނަންޖެހޭ އިތުރު މުހިންމު އެއް ކަމަކަށެވެ. ހަމައެކަނި ފްރިޖް ނުކުރާ ބަތެއް ނޫނެވެ، އެއް ދުވަހަކަށް ވުރެ ގިނަ ދުވަހު ފްރިޖުގައި ބެހެއްޓުމަކީވެސް ގެއްލުން ހުރި ކަމެއްކަމަށް މިދިރާސާއިން ދައްކުވައިދެއެވެ.
ބައެއް މީހުން ދަނީ ބާކީ ހުރި ރައިސް އަލުން ހޫނުކޮށްގެންކެއުމުން ކާނާ ވިހަވެގެން ހޮސްޕިޓަލަށް ދާންޖެހުމުކަން ހިއްސާކުރަމުންނެވެ. ނަމަވެސް މިކަން ވައިގައި ހިފައިފައި މިވަނީ އިންޓަރނަލް މެޑިސިންގެ ރެޒިޑެންޓް ފިޒިޝަނެއް ކަމަށްވާ ޑރ.ލޯރެން ޑިޑެކަރއަށް ބަތްގަނޑެއް ކެއުމުން ބަލިވެ ހެލިކޮޕްޓަރު މެދުވެރިކޮށް ހޮސްޕިޓަލަކަށް ގެންދަން ޖެހުމުންނެވެ. އޭނާ ބުނި ގޮތުގައި ހިމާލަޔާސްއަށް ކުރި ޒިޔާރަތެއްގައި އެއްރެއަކު އޭނާ ރެސްޓޯރަންޓަކުން އޯޑަރު ކުރި “ނޭޕާލް ޓްރެޑިޝަނަލް ސްވީޓް ރައިސް ޑިޝް” ކެއިތާ ދެތިން ގަޑިއިރު ފަހުން ވަރަށް ބޮޑަށް ބަލިވެ އެމަރޖެންސީގައި ހޮސްޕިޓަކަލަށް ގެންދަން ޖެހުނީއެވެ. އަދި ފުރުމުގެ ކުރިން ރެސްޓޯރެންޓް މަސައްކަތްތެރިއަކާއި ސުވާލުކޮށް އެ ކެއުން ހަދާފައިވަނީ ކިހިނެތްތޯ އެހުމުން އެމީހުން ޖެހިލުންވުމަކާއި ނުލައި ބުނެފައިވަނީ އެދުވަހު ހެނދުނު ކެއްކި ބޮޑު ބަތްތެއްޔަކުން ރޭގަނޑު ބާކީވެފައިވާ ހުރި ބަތް ހޫނުކުރުމަށްފަހު ކާތަކެރި ތައްޔާރުކުރީކަމަށެވެ. މިއީ ހީކުރާވަރަށްވުރެންވެސް އާންމުކުމަކަށް މިވަނީ ވެފައި ކަމަށާއި މިކަމުގެ ނުރައްކާ މީހުންނަށް އިޙްސާސް ނުވަނީއެވެ.
ބަތް ފަދަ ކާނާ ގިނަވަގުތު ވުމުން އޭގައި ‘ބީ ސެރިއަސް’ ބެކްޓީރިއާ އުފެދިގެން ދާކަމަށާއި މި ބެކްޓީރިއާގެ ސަބަބުން ބޭރަށް ހިންގުން، ހޮޑުލެވުން އަދި މާގިނައިން ހަށިގަނޑަށް އެތެރެވެއްޖެނަމަ މަރުވުންވެސް އެކަށީގެންވާކަމަށް މި ދިރާސާއިން ފާހަގަކޮށްފައިވެއެވެ. އަދި ފްރިޖް ކުރިޔަސްވެސް މި ބެކްޓީރިއާ އުފެދޭފަހުން ފްރިޖް ކުރިނަމަވެސް ބަތްގަނޑު ދާނީ ހަލާކުވަމުން ވަމުން ކަމަށްވެސް މި ދިރާސާއިން އަލުއަޅުވާލާފައިވެއެވެ.
މި ދިރާސާ އާންމު ކުރިތާ ހަފްތާއެއް ވެގެން ދިޔައިރުވެސް މީހުންގެ ފަރާތުން ސަޕޯޓް އަށްވުރެ ބޮޑަށް ފާހަގަކުރެވެނީ ހިންހަމަ ނުޖެހުމާއި ސަމާސާގެ މިޒާޖުކަން ފާހަގަކޮށްލެވެއެވެ. ގިނަ މީހުން ޚާއްސަކޮށް އޭޝިއާ ބައްރަށް ނިސްބަތްވާ ގިނަ މީހުން ބުނާގޮތުގައި އެމީހުން ބޮޑުވެގެން އައީ ހެނދުނު ކައްކާ ބަތް މުޅި ދުވަހު އެކި ފަހަރު މަތިން ކައިގެން ކަމަށާއި އަދި ފްރިޖް ކޮށްފައި ހުންނަ ބައި ކެޔަސް ކަމެއް ނުވާކަމަށް ބުނެފައިވެއެވެ.
މިކަމަށްވެސް މި ދިރާސާއިން އަލިއަޅުވާލާފައިވެއެވެ. އޭގައި ވާގޮތުން ބެކްޓީރިއާ އަކީ ތިމާވެއްށީގެ ކޮންމެ ތަނެއްގައި ހުރެދާނެ އެއްޗެއް ކަމުގައި ވިޔަސް، އެއީ މައިކްރޯސްކޯޕިކް އެއްޗަކަށް ވާތީ ބަތުގައި ހުރި ކަމެއް ނުވަތަ ނެތް ކަމެއް ނޭނގޭނެއެވެ. ނުހުރުންވެސް އެކަށީގެންވެއެވެ. އެކަމަކު ބަތަށް ގިނައިރު ވާވަރަކަށް އަދި އެކިފަހަރުމަތިން އެބަތްގަނޑު ހޫނު ކުރާ ވަރަކަށް މި ބެކްޓީރިއާ ދާނީ އުފެދެމުން ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ކުޑަމިންވަރަކުން އަސަރު ނުކުރުން އެކަށީގެންވާކަމަށާއި މައްސަލައާއި ކުރިމަތި މިވަނީ ބެކްޓީރިއާ އޭގައި ހުންނަ މިންވަރުން ކަމަށް ވެސް ފާހަގަކޮށްފައުވެއެވެ.
މިކަމަށް ސަމާލުވުމަށްޓަކައި އެންމެ ރައްކާތެރި އުސޫލުތަކުގައި ހިފައިގެން އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގައި މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ބަތް ކައްކާލިހާ އަވަހަކަށް ކެއުން ހިމެނެއެވެ. އަދި ބާކީ ހުރި ބަތް ކައްކާތާ އެއްގަޑިއިރުގެ ތެރޭގައި އެންމެ ގިނަވެގެން ދެގަޑިއިރު ތެރޭގައި ފްރިޖަށްލުމާއި، ފިރިޖްގައި އެއްދުވަހަށްވުރެ ގިނަ ދުވަހު ބަހައްޓާފައި ނުބެހެއްޓުމާއި އަދި ބަތްގަނޑު ފިނިބކުރުމަށްފަހު އެއްފަހަރަށް ވުރެ ގިނައިން ހޫނު ނުކުރުމާއި ބަތް ރައްކާކުރަންވާނީ 40 ޑިގްރީ ފަރެންހައިޓް (4 ޑިގްރީ) އަށް ވުރެ ދަށުގައެވެ ކަމަށްވެސް މި ދިރާސާގައި އެކުލަވާލާފައިވެއެވެ.
ގިނަވަގުތު ވެފައިވާ ބަތް ނޫންނަމަ ގިނަދުވަހުބފްރިޖްކޮށްފައިވާ ބަތް ކާ ކޮންމެ މީހަކަށް ބަލި ނުޖެހުން އެކަށީގެންވެއެވެ. މިކަމަށް އެމީހެއްގެ އިމިއުންގެ ނިޒާމާއި ސިއްޙަތުވެސް ރޯލެއް ކުޅޭނެއެވެ. އެހެނަސް މި ދިރާސާގައި އެކުލަވާލާފައިވާ މިންގަނޑުތަކާއި އުސޫލުތަށް ދިރިއުޅުމުގައި ހިމެނުމުންވާ ގެއްލުމެއް ނެތްތާއެވެ. އެތރެ ހައްޓަށް ދާ އެއްޗިއްސަށް ވަރަށްބޮޑަށް ސަމާލުވާންވާނެތާއެވެ.
[…] މީގެ މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި މާގިނައިރު ފްރިޖް ނުކޮށް ހުންނަ ކާނާ ކެއުމަކީ ސިއްހީ ގޮތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެއްކަމެވެ. މިކަމަށް ބައެއް މެޑިކަލް މާހިރުން “ފްރައިޑް ރައިސް ސިންޑްރޯމް” ގެ ނަމުން… އިތުރަށް ވިދާޅުވޭ […]
[…] މީގެ މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި މާގިނައިރު ފްރިޖް ނުކޮށް ހުންނަ ކާނާ ކެއުމަކީ ސިއްހީ ގޮތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެއްކަމެވެ. މިކަމަށް ބައެއް މެޑިކަލް މާހިރުން “ފްރައިޑް ރައިސް ސިންޑްރޯމް” ގެ ނަމުން… އިތުރަށް ވިދާޅުވޭ […]