- Advertisement -ad image

ހިކަނދިފަތު ސައި: އެތަކެއް ފައިދާތަކެއްވާ ތަފާތު ބުއިމެއް

ad image

ގުޅުންހުރި ލިޔުންތައް

ހިކަނދިފަތަކީ ދިވެހިންގެ ބަދިގޭގައި ހުންނަންޖެހޭ މަޖުބޫރު މާއްދާއެއްފަދައެވެ. ކޮންމެ ދުވަހެއްގެވެސް ކެއެއްކުން ތަކުގައްޔާއި ރަހަމީރުކުރުމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. ރިހަޔަކަސް، ގަރުދިޔައަކަސް، ކުޅިމަހަކަސް ހެދިކާއަކަސް ނާޅާ ދޫކޮށްލެވޭ އެއްޗެއްނޫނެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ހިކަނދިފަތުން ސައި ބޮވޭކަން އެނގެނީ ކިތައް މީހުންނަށްބާއެވެ. އަދި މިސައި ބޯންވީ ކީއްވެބާއެވެ?

ދިރާސާތަކުން ދައްކާ ގޮތުގައި އޭގެ ކުލަ ނުކުންނަންދެން ކައްކާފައި ހުންނަ ހިކަނދިފަތުގެ ފެނުގައި ލެކްސޭޓިވް މާއްދާތަކަކާއި ހަޖަމުކުރުމުގެ އެންޒައިމްތައް ހުރުމުގެ ސަބަބުން ގޮހޮރުގެ ހަރަކާތްތަށް ރަނގަޅުކޮށްދީ، ހަޖަމުކުރުމަށް އެހީތެރިވެދޭކަމަށް ބެލެވެއެވެ. މާބޮޑަށްގޭސް ވުމާއި ބޭރަށްހިންގުމަށްވެސް މި ސައިން ލުއިކަންދޭކަންވެސް ފާހަގަކޮށްލެވެއެވެ.

ހަކުރުބަލީގެ މީހުންނާ ރައްޓެހި ސައި ހޯދަން ބޭނުންވާނަމަ،ހިކަނދިފަތުގެ ސަޔަކީ އެންމެ ރަނގަޅު އެއް ސަޔަށް ވެގެންދާނެއެވެ. ސަބަބކީ މިސައިން ލޭގައި ހަކުރުގެ މިންވަރު މަތި ނުވާތީ އެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިސައިން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭދިނުމެވެ. ޔުނިވާސިޓީ އޮފް ޗިކާގޯގެ ޓަންގް ސެންޓަރ ފޯ ހަރބަލް މެޑިސިން ރިސާޗްގެ ދިރާސާވެރިން ވެސް ލޭގައި ހަކުރު ހުންނަ މިންވަރު %45 ދަށްކުރުމަށް ހިކަނދިފަތުގެ ފެން ބޭނުންކުރި އެވެ. އެހެންކަމުން، މި ސައިއަކީ ހަކުރުބަލި ހުންނަ ބޭފުޅުންނަށް ފައިދާކުރަނިވި ސަޔަކަށްވުން އެކަށީގެންވެއެވެ.

ހަކުރުބަލީގެ އިތުރުން ލޭމައްޗަށްދާ ބޭފުޅުންނަށްވެސް މިސައި ވެގެންދާނީ ޚާއްސަ ސަޔަކަށެވެ. ހިކަނދިފަތަކީ ލޮނުގެ މިންވަރު މަދު އަދި ޕޮޓޭސިއަމް ގިނައިން ހުންނަ ފަތެއް ކަމުން ލޭމައްޗަށް ދިއުމުގެ ފަރުވާއަށް ފަރުވާގެ ގޮތުން ވަރުގަދަ އަސަރެއް ކުރާ ފަތެއް ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން، މާބަނޑުބޮޑު ކަނބަލުންނަށް މިސައިން ގެނެސްދެނީ ތަފާތު އެހީއެކެވެ. މާބޮޑަށް މޭނުބައިކޮށް ހޮޑުލައިހަދާ މާބަނޑުއަންހެނުންނަށް މި ސައިގެ އެހީގައި ހެނދުނުގެ މޭނުބައިކުރުމުން ލުއިދޭކަމަށް އިންޑިއާގައި ހެދި ދިރާސާއަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި މާބަނޑު ނޫނަސް، މޯޝަން ސިކްނެސްގެ ބަލި ތަހަންމަލު ކުރާ ބޭފުޅުންވެސް ދަތުރުގެ ކުރިން ނުވަތަ ދަތުރުގެ ތެރޭގައި ހިކަނދިފަތުން ސައި ތައްޔާރު ކޮށް ބުއިމަކީ މޭނުބައިކުރުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކަމަށް ބެލއވެއެވެ.  

އަދި ނުވީތާކު ހިކަނދިފަތުގެ ސައިގައި ހިތްގައިމު މީރުވަހެއް ހުންނައިރު، މިސައިން ސްޓްރެސް ފިލުވައިދީ ހަމަޖެހުން ލިބިގެންދާކަމަށް ދިރާސާއިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މަސައްކަތުގައި ދިގު ވަރުބަލި ދުވަހެއް ހޭދަކޮށްފައިވާނަމަ ސްޓްރެސް އާއި ޓެންޝަން ނައްތާލުމަށްޓަކައި ހިކަނދިފަތުން ސައި ތައްޓެއް ބޯލުން ބުއްދިވެރިއެވެ 

 މިއީ ހަދާލަން އުނދަގޫ ސަޔެއްނޫނެވެ. ބޭނުންވަނީ ވިއްސަކަށް ފަތެވެ. ފެންފޮދު ރަނގަޅަށް ކެކުމުން ފަތްތަށް އެ ފެނަށް އަޅާލުމަށްފަހު ކުލަ ނުކުންނަންދެން ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅޭނީއެވެ. އެއަށްފަހު ފެން ފުރާނާލުމަށްފަހު ބޭނުންވާނަމަ މާމުއި ކޮޅެއް އަޅާލައިގެން އަރާމުކޮށްލާށެވެ. 

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ހިކަނދިފަތަކީ ދިވެހިންގެ ބަދިގޭގައި ހުންނަންޖެހޭ މަޖުބޫރު މާއްދާއެއްފަދައެވެ. ކޮންމެ ދުވަހެއްގެވެސް ކެއެއްކުން ތަކުގައްޔާއި ރަހަމީރުކުރުމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. ރިހަޔަކަސް، ގަރުދިޔައަކަސް، ކުޅިމަހަކަސް ހެދިކާއަކަސް ނާޅާ ދޫކޮށްލެވޭ އެއްޗެއްނޫނެވެ…. އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ