- Advertisement -ad image

ލޮނުމެދު ކެއުމުން ވާގޮތް އިނގޭތަ!

ad image

ގުޅުންހުރި ލިޔުންތައް

ލޮނުމެދަކީ އާންމުގޮތެއްގައިވެސް ބަދިގެތެރެއިން ފެންނަ، ކެއުމުގެ ވައްތަރުތަކަށް ތަފާތު އިތުރު ރަހައެއް ގެނުވައިދޭ ބާވަތެކެވެ. އެތަކެއް ފައިދާއެއް ލިބިގެންދިޔުމުގެ ސަބަބުން ލޮނުމެދުގެ ތެޔޮ ގުޅައަކީވެސް މީހުން ބޭނުންކުރަމުން އަންނަ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ލޮނުމެދަކީ، އޭގެ ވަހާއި ރަހަ ގަދަވެފައި، މާގިނައިން ކެއުމުން ހަށިގަނޑުގެ ވަސްވެސް ބަދަލުކޮށްދޭ އެއްޗެއްކަމުން، ބައެއްމީހުން އެއާއި ދުރުވެތިބޭތަން އާދެއެވެ. އެހެނަސް މިއީ ނުކައި ދޫކޮށްލެވޭފަދަ ކާނާއެއްނޫނެވެ.

ލޮނުމެދަކީ އޭގެސަބަބުން ގިނަ ޢަދަދެއްގެ އެންޓިއޮކްސިޑެންޓްސް ހަށިގަނޑަށް ފޯރުކޮށްދޭ އެއްޗެއްކަމުން، ހަށިގަނޑުގެ ސެލްތަށް ރައްކާތެރިކޮށްދީ، އެކިއެކި ބެކްޓީރިއާ އަދި ވައިރަސް ތަކުން ހަށިގަނޑުގެ ސަލާމަތްކޮށްދޭތަން އާދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ކާބޯތަކެތީގައި ލޮނުމެދުގެ ބާވަތްތަށް ހިމެނުމުން އިމިއުން ސިސްޓަމް ވަރުގަދަކޮށްދީ، އާދައިގެ ބަލިތަށް ޖެހުމުން ދުރުކޮށްދެއެވެ. އަހަރު ދެކޮޅުހެން ރޯގާ ޖެހޭނަމަ، މި ފަތުގެ ސައި ނުވަތަ ކެއުންތަކުގެ މަށްޗަށް ބުރުވާލައިގެން ނަމަވެސް ބޭނުންކުރުމަކުން އެއްވެސް ގެއްލުމެއްނެތްނޫތޯއެވެ.

ލޮނުމެދުގައި އެކުލެވޭ ސަލްފާރ މާއްދާއަކީ އޭގެ ސަބަބުން ކެންސަރު ސެލްތަށް ނައްތާލާ އެއްޗެއްކަމަށް ކެންސަރު ބައްޔަށް ދިރާސާކުރާ އަދި ބޭސްތަށް ފަރުމާކުރާ ފަރާތްތަކުން ވަނީ ޔަޤީންކަންދީފައެވެ. އަދި މީގެ އިތުރުން، އިންސާނާގެ ހަށިގަނޑު ދުވަސްވެ މުސްކުޅިވާ އަތަށް އެޅުމުން ކުރިމަތިލާންޖެހިފައިވާ ކަށިފީވުމާއި، ހިތުގެ ބައްޔާއި، ލޭގެ ޕްރެޝަރ މަތިވުމާއި އަދި ކޮލެސްޓްރޯލް މަތިވުމަށްވެސް ލޮނުމެދުން ފަރުވާލިބޭކަމަށް ދިރާސާތަކުން ދައްކައެވެ.

ލޮނުމެދުގެ ބާވަތްތަކުން ލިބިގެންދާ އިތުރު ފައިދާތަކަށް ބަލާނަމަ، ފާހަގަކޮށްލެވޭ އެއްކަމަކީ އެއިން ލޭގައިހިމެނޭ އޮކްސިޖަންގެ މިންވަރު ރަނގަޅުކޮށްދިނުމެވެ. ޚާއްސަކޮށް ފުރަމޭގެ ބަލިތަށް ހުންނަ މީހުންނަކީ، ބަލީގެ ސަބަބުން ހަށިގަނޑުގެ އޮކްސިޖަންގެ މިންވަރު ދަށްވެ އެކަމުން ތަކްލީފްތަކެއް އުފުލަންޖެހިފައިވާ ބައެއްކަން ފާހަގަކޮށްލަމެވެ.

މީގެއިތުރުންވެސް، ސައިނަސް ސާފުކޮށްދީ އެލާޖީސް ހުންނަ ފަރާތްތަކަށް ފައިދާހުރި ކެއުމެކެވެ. ބަރުދަން ލުއިކުރުމަށް އެހީވެދީ ހަންގަނޑު ސާފުވެ ބިހިނެގުމުން މަދުކޮށްދޭކަންވެސް ދިރާސާތަކުން ދައްކުވައިދެއެވެ.

މިފަދަ ބަލިމީހުންނަށް ލޮނުމެދާއި އޭގެ ފަތުގެ ސަޔަކީ، ރަނގަޅު އެއްޗެއްކަމަށް ދިރާސާތަކުން ދައްކުވައިދެއެވެ. ގަވާއިދުން މި ސައި ބޭނުންކުރުމަކީ ވަށާޖެހި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ބެލެވެއެވެ. މި ސައި ތައްޔާރު ކުރުމަށްޓަކައި ފެންފޮދަކަށް ހިއްކާފައިހުރި ލޮނުމެދާއި، ލިބެންހުރިނަމަ ލޮނުމެދުގެ ފަތާއި، އިނގުރު އަޅައި ކައްކާލާށެވެ. ރަނގަޅަށް ކެކުމުން ސައިބޯޖޯޑަކަށް އަޅައި ކުޑަ މާމުއިކޮޅެއް ގިރާލުމުން ސައި ތައްޔާރުވީއެވެ. ބޭނުންނަމަ ކުޑަކުޑަ ލުނބޯހުތް ކޮޅެއްވެސް ޖެހިދާނެއެވެ. މިވެސް ލޮނުމެދުގެ ފައިދާ ހޯދިދާނެ ތަފާތު ގޮތެއްތާއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] ލޮނުމެދަކީ އާންމުގޮތެއްގައިވެސް ބަދިގެތެރެއިން ފެންނަ، ކެއުމުގެ ވައްތަރުތަކަށް ތަފާތު އިތުރު ރަހައެއް ގެނުވައިދޭ ބާވަތެކެވެ. އެތަކެއް ފައިދާއެއް ލިބިގެންދިޔުމުގެ ސަބަބުން ލޮނުމެދުގެ ތެޔޮ ގުޅައަކީވެސް މީހުން ބޭނުންކުރަމުން އަންނަ އެއްޗެއްކަން… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ