Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ކޮންމެ ދުވަހަކުވެސް 3 އޮށް ކަދުރު ކާންވާނެ!

ad image

ގުޅުންހުރި ލިޔުންތައް

ކަދުރަކީ ރަމަޟާންމަހުގެ މޭޒުތަކަށް ޚާއްސަ އެއްކާނާއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ސުންނަތުންނާއި ސިޔަރަތުން ޘާބިތު މޭވާއެއްކަމަށްވާތީވެސް މުސްލިމުންގެ ހިތްތަކުގައި ކަދުރަށް ޚާއްސަ ކުލުނެއް ޖެހިފައިވެއެވެ. އަދި ބަރަކާތްތެރި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ޢާންމުގިތެއްގައި ހުރިހާގެތަކެއްގައިވެސް ކަދުރު ތިޔާގިވެގެންދާތަންވެސް ފެނެއެވެ. ކަދުރު ފޮށިފޮށިން އާއިލާއެކި މީހުންނަށް ބަހާ ހަދާތަންވެސް ފެންނަނީ އެހާމެ ޖޯޝާއި ފޯރީގައެވެ. 

މެދުއިރުމައްޗާއި ޓްރޮޕިކަލް އަދި ސަހަރާތަކަށް ނިސްބަތްވާ މި މޭވާ ރޯދަމަހަށް ޚާއްސަވަނީ އަޅުގަނޑުމެން މުސްލިމުންގެ މި އަޅުކަމުގެ މައްސަރުގައި ލޮބުވެތި ނަބިއްޔާ ރޯދަ ހިފުމުގައްޔާއި ދޫކޮށްލުމުގައި ކަދުރު އިޚްތިޔާރުކޮށް ވަރުގަދަ ސުންނަތެއްގެ ގޮތުގައި ޘާބިތުވެފައިވާ ކަމަކަށް ވާތީއެވެ. އެއާއި އެކުވެސް ކަދުރަކީ އޭގެ މީރު ރަހައިގެ އިތުރުން ގިނަ ޢަދަދަކަށް ހަކަތައިގެ މިންވަރު އޭގައި ހިމެނޭ އެއްޗެކެވެ. ކަދުރުގެ މި ސިފަޔާއިހުރެ ކަދުރު ވެގެންދަނީ ރޯދަވެރިޔާއަށް ވަރަށްވެސް ފައިދާ ކުރަނިވި ކާނާއަކަށެވެ. ރޯދަ ހިފުމަށްޓަކައި ސުހޫރު ގަޑީގައި 3 އޮށް ކަދުރު ކެއުން ވެގެންދަނީ ނުކައި ރޯދައަށް ހުންނަ ވަޤުތު ތަކުގައި ވަރުބަލިކަމާއި ބަނޑުހައިވުމުން ދުރުކޮށްދޭ ކަމަކަށެވެ. އަދި ރޯދަ ވީއްލުމައްޓަކައި އިފްތާރު ވަޤުތުވެސް 3 އޮށް ކަދުރުން ރޯދަ ވީއްލުމުގެ ސަބަބުން ހުސްވެފައިވާ ކާބޯހައިޑްރޭޓް ސްޓޯރުތައް އަލުން ފުރުވައިދީ ރޭގަނޑުގެ ވަޤުތުވެސް ކެއުމަށް ހުންނަ ޝައުގުން ދުރުކޮށްދިނުންވެސް އެކަށީގެންވެއެވެ. 

މީގެއިތުރުން ކަދުރަކީ ފޮނިކާއެޗިހި ކެއުމަށް ހުންނަ ޝައުގުވެރިކަން މަޑުޖައްލާއެއްޗެކެވެ. ރޯދަވެރިޔާ ރޯދައަށް ހުރުމަށްފަހު ރޯދަ ދޫކޮށްލާ ވަޤުތުވެގެންދަނީއަޅުގަނޑުމެންގެ ހަށިގަނޑު ކާބޯހައިޑްރޭޓް ގިނަ މަސްދަރުތައްކަމަށްވާ ފޮނި ކާނާއާ ދިމާއަށް ފޮނުވާ ވަޤުތަކަށްވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް ބަރުދަން އިތުރުވުން ހުއްޓުވުމަށާއި ލޭގެ ހަކުރުއާ ގުޅުން ހުރި ގަވާއިދާ ހިލާފު ކަންތައްތަކުން ސަލާމަތްވުމަށްޓަކައި މޭވާތަކުގައި ހުންނަ ގުދުރަތީ ހަކުރު (އާޓިފިޝަލް ފޮނިތަކެތީގެ ބަދަލުގައި) ބޭނުންކޮށްގެން ފޮނި އެއްޗެއް ބޭނުންވާ މިންވަރު ފުއްދައިދިނުން މާރަނގަޅުވާނެކަމަށް ޑޮކްޓަރުން ރަޢުޔުނެރެފައިވެއެވެ. ކަދުރަކީ އޭގެ ޒާތުގައިވެސް ފޮނި މޭވާއެއްކަމުން ރޯދަދޫކޮށްލާވަޤުތު ޑެޒާޓް ކާނާއަކަށް ދިއުމުގެ ބަދަލުގައި ކަދުރު އިޚްތިޔާރުކޮށްލުމުން ހަށިގަނޑިގެ އެ އެދުން ފުދިގެންދާނެއެވެ. އެކަމަކު، ކެއުމަށް ބޭނުންކުރާ ކަދުރަކީ ހަކުރާއި ސިރަޕް ފަދަ އެއްޗިހީގައި ޕެކްކޮށްފައިވާ ކަދުރަށް ވެގެންނުވާނެއެވެ. އެހެންނޫންނަމަ މުޅި މަޤްޞަދު އޮޅުނީތާއެވެ.

މިނަންގަނެވުނީ ކަފުރާއި ރޯދަމަހާއި ހުރި ގުޅުމެވެ. އެހެނަސް، ކަދުރަކީ ރޯދަމަސް ނޫނަސް ކޮންމެ ދުވަހަކު ކެއުން މުހިންމު ކާނާއެކެވެ. ސަބަބަކީ، އޭގައި ހިމެނޭ ތަފާތު އެކިއެކި ފައިދާތަކާއިހުރެއެވެ. 

ކަދުރުން ފާހަގަވާ ޚާއްސަ އެއް ފައިދާއަކީ، ކަދުރު ކެއުމުން ގިނަ ވަގުތު ބަނޑުހައި ނުވެ ކޫސަނި އެއްޗިހި ކެއުމަށް ހުންނަ ޝަޢުގުވެރިކަން ދުރުކޮށްދޭ ކަމެވެ. ބަރުދަނަށް ބަލަމުންދާ މީހުންނަށާއި، ހިކެން މަސައްކަތްކުރާ ބޭފުޅުންނަށާއި އަދި މާގިނައިން ކެއުމާއި ދުރުވާންބޭނުންވާ ބޭފުޅުން ކޮންމެ ދުވަހަކު 3 އޮށް ކަދުރު ކާލުމުން މި އަމާޒުތަކާއި ވާސިލުވުން ފަސޭހަވެގެންދާނެއެވެ. ކަދުރުގައި ސޮލިއުބަލް ޑައިޓޭރިއަން ފައިބަރސް ގިނައިން ހިމެނޭތީ ޚާއްޞަކޮށް ޕެކްޓިން އެކުލެވޭ މޭވާއެއްކަމުން އޭގައި ހިމެނޭ ފެން ދަމައިގަންނަ ފައިބަރުތަކުގެ ސަބަބުން ބަނޑުގައި ހުންނަ މާއްދާތަކުގެ ފްލޫޑިޓީ އިތުރުވެ، ބަނޑުގައި ކާނާ ހޭދަކުރާ ވަގުތު ދިގުވެ، ބަނޑުހައި ވުމުން ދުރުކޮށްދޭކަމަށް ބެލެވެއެވެ.

މިއީ މާބަނޑު ކަނބަލުންނަށްވެސް ވަރަށް ފައިދާކުރަނިވި މޭވާއެކެވެ. މާބަނޑު ދުވަސްވަރުގައި ހޭދަވާ 9 މަސްދުވަހަކީ، ކޮންމެ މަހަކުވެސް ތަފާތު އެކިއެކި ޢަލާމާތްތަށް ގެނުވައިދޭ ތަފާތު ތަކުލީތައް އެކުލެވޭ ދުވަސްތަކެކެވެ. ފޮނި އެއްޗިހި ކަވައިގަތުމާއި، ވަރުބަލިވުމާއި، މާގިނައިން ކެވުމާއި، ބަނޑު ހަރުވުމާއި، މޭދަށުން ދިލަނެގުމާއި، ލޭގެ ޕްރެޝަރު މަތިވުމާއި މިހެންގޮސް ލޮލުގެ ފެނުމަށް އަސަރު ކުރުމަށްދާންދެން އެކި އަންހެން ވެރިން އެކި ކަންކަން ތަހަންމަލު ކުރާ ދުވަސްކޮޅެކެވެ. ކަދުރަކީ މި ނަންގަނެވުނު ކަންކަމަށް ލުއިކަން ގެނެސްދޭ އެއްޗެއްކަމަށް ދިރާސާތަކުން ފާހަގަކުރެއެވެ. އަދި ވިހާދުވަހަށް ހަށިގަނޑިގެ ޕެލްވިކް އޭރިއާ އެކީއެކއްޗަކަށް ވަރުގަދަ ކޮށްދީ ވިހެއުމަށް ފަސޭހަކޮށްކަމަށްވެސް އަހެނުންގެ ޚާއްސަ ޑޮކްޓަރުން ފާހްގަކޮށް ކޮންމެ ދުވަހަކުވެސް އެކި ވަޤުތަށް ބަހާލައިގެން 8 ވަރަކަށް ކަދުރު ކެއުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ކަދުރަކީ ބަނޑުހަރުވުމުގެ ތަކުލިފުތަކާއި ކުރިމަތިވާ ބޭފުޅުންނަށް ވަރަށްވެސް މުހިންމު ކާނާއަކަށް މިވަނީވެފައެވެ. ޑައިޓޭރިއަން ފައިބަރު ގިނައިން ހުންނަ ކަދުރު ފަދަ ކާނާތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މުހިއްމު ދައުރެއް އަދާކުރާ ކާނާތަކެވެ. ހުރިހާ ކަމެއް އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޑައިޓީޝަނުން ލަފާދެނީ ދުވާލަކު މަދުވެގެން 20 އާއި 30 ގްރާމްގެ ފައިބަރު ބޭނުންކުރުމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޑައިޓޭރިއަން ފައިބަރު ކެއުން އިތުރުކުރުމުން ފާޚާނާގައިވާ ވޭނީ ވަޤުތުތަކްށް ހުއްޓުމެއް ގެނުވައިދިނުމަށް އެހީތެރިވެދެ އެވެ. އަދި ޚާއްސަކޮށް އަލަށް ކާންފައްޓާ 6 މަސްފުރިފައިވާ ތުއްތު ކުދިންނަކީވެސް ބަނޑުހަރުވުމުގެ ތަކުލީފު ތަހަންމަލު ކުރާ ބަޔަކަށްވާތީ، ހަރުކާނާ ފަށައިގަންނައިރު ކަދުރު ފަދަ ފައިބަރުގިނަ ކާނާއިން ފެށުން ބުއްދިވއރިކަމަށްވެސް ދިރާސާތަކުގައި ފާހަގަކޮށްފައިވެއެވެ.

މިއީ ހިތުގެ ބަލިތަށް ހުނއނަ ބޭދުޅުންވެސް ކޮންމެ ދުވަހަކު ކާލަން ރަނގަޅު މޭވާއެކެވެ. ކަދުރަކީ ހަށިގަނޑުގައި ފްލޫޑް އަދި އިލެކްޓްރޯލައިޓް ބެލެންސް ބެލެހެއްޓުމަށް ޒިންމާވާ މުހިއްމު މައުދަނެއް ކަމަށްވާ ޕޮޓޭސިއަމްގެ ގިން މަސްދަރެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ. ނިއުރަލް ކޮންޑަކްޝަން ކަށަވަރުކޮށްދީ، އަހަރެމެންގެ ނާރުތަކާއި ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރުމުގައި ޕޮޓޭސިއަމް އަކީ މުހިންމު މާއްދާއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޕޮޓޭސިއަމް ގިނައިން ހުންނަ ކާނާއަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ސިއްހަތު ދެމެހެއްޓުމަށާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެކެވެ.

މީގެ އިތުރުންވެސް ދިފާއީ ނިޒާމަށް އެހީތެރިވުމުގައި ދައުރެއް އަދާކުރާ ކަދުރަކީ އޭގައި ކެންސަރުބަލީގެ ނުރައްކާ ކުޑަކޮށްދޭ މާއްދާތަކެއް އެކުލެވޭ، ލޮލުގެ ބަލިތަކުން ދުރުކޮށްދިނުމަށް އެހީވާ، ނާރުގެ ނިޒާމް ވަރުގަދަކޮށްދީ، ގައިގައި ގިނަވަގުތު ހަކަތައިގެ މިންވަރު އެކުލަވާލާ އެއްޗަކަށް ވާތީ ކޮންމެ ދުވަހަކުވެސް ކާލަން މުހިންމު މޭވާއެކެވެ. އަދިވެސް އަދިވެސް ފައިދާތަށް ހުރީއެވެ. މިފަދަ ސިއްޙީ ޚަޒާނާއެއްގެ ބޭނުން ނުހިފައި ދޫކޮށްނުލާށެވެ. 

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ