Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ރަމަޟާންމަހު ކަސްރަތު ކުރަންވީ ކީއްވެ

ad image

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުމެން މުސްލިމުންގެ ބަރަކާތްތެރި ރަމަޟާންމަސް އަންނަނީ އަހަރަކު އެންމެ ފަހަރަކު އަޅުގަނޑުމެންނަށް ބޮޑު ސަވާބުތަކާއި ރައްކާތެރިކަމާއި ފައިދާތަކުގައިކަމުގައި ވިޔަސް، އެކަން ބިނާވެފައި އޮންނަނީ އަޅުގަނޑުމެންގެ ވަގުތު ބޭނުން ކުރަން އިޚްތިޔާރުކުރާ ގޮތުގެ މައްޗަށެވެ.

ބައެއްމީހުން ރޯދަ ހިފުމުގެ ތެރޭގައި ވަރަށް ވަރުބަލިވެ، ދުވާލު ގިނަވަޤުތު ނިދި ނަގަން ޖެހޭ ކަމުގެ އިހުސާސް ކުރެވެ އެވެ. ބައެއްމީހުން އެމީހުންގެ ހެނދުނުގެ ކޮފީއިން ދުރުވާން ޖެހުމުން ބޮލުގައި ރިހުމާއި ނުތަނަވަސްކަން ތަހަންމަލުކުރާތަންވެސް އާދެއެވެ. ހަށިގަނޑަށް އަންނަ ކުއްލި ބަދަލުތަކުން މިކަންކަން ވުން އެކަށީގެންވެއެވެ.

އެހެނަސް އެއިން އެއްވެސް ކަމެއް އެއީ ވުން ލާޒިމް ކަންތަކެއްނޫނެވެ. ތިމާގެ ޙާލަތު ބަދަލުކޮށް މުޅި ރޯމަޞާންމަހު ހަކަތަ ލިބި، އަޅުކަންތަކުގައި ޝާމިލްވެ، ހިތްހަމަޖެހިފައި ހުރުން އެއީ އެހާ ދުރުގައި އޮތްކަމެއްނޫނެވެ. އެކަމަކު އެއީ ތިބާގެ ފަރާތުން ކޮންމެވެސް މިންވަރެއްގެ މަސައްކަތެއް ނުކޮށް ވާނެ ކަމެއް ނޫނެވެ. ކާމިޔާބު ހޯދުމަށް އެންމެ ރަނގަޅު މަގާމެއްގައި ހުރުމަށްޓަކައި ތިމާގެ ބައި އަދާކުރަމުންދާކަން ޔަގީން ވާންޖެހެއެވެ.

އަޅުގަނޑުމެންގެ ހަށިގަނޑު ބިނާކޮށްފައިވަނީ އެންޑޯފިން ކިޔާ ގުދުރަތީ ހޯރމޯނެއްދޫކުރާގިތަށެވެ. މި ހޯރމޯންގެ ސަބަބުން އުފާވެރިކަން އިހުސާސް ކުރެވޭއިރު، ސްޓްރެސް ފިލުވައިދިނުމަށް އެހީތެރިވެދެއެވެ. އަދި ހަކަތަގެ މިންވަރު އިތުރުކުރުމަށް އެހީތެރިވެދޭނެ އެވެ. މިއީ ރަމަޟާންމަހު މުހިންމު ކަމަކަށް ވެގެންދަނީ އެހާ ގިނަ ކަންތައްތަކެއް ހިނގަމުންދާއިރު، ތިމާގެ އެތައް ލަނޑުދަނޑިތަކެއް ހާސިލް ކުރަން ބޭނުންވާ ވަގުތުތަކެއްކަމުގައިވާތީއެވެ. އިތުރު ހަކަތައާއި ސްޓްރެސް މަދުވާއިރު، މި ދެ ކަންތައް ހާސިލްކުރުމައްޓަކައި ކަސްރަތު ކުރުމުން މުހިންމުވެގެންވެއެވެ.

ނަމަވެސް ކަސްރަތު ކުރާ ގޮތްތަކާއިމެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ވަރުގަދަ ކަސްރަތުތަކެއް ކޮށް މުޅިގައިން ފެން ހިއްކާކަށް ނުޖެހެއެވެ. ހަގީގަތުގައި މުޅިން ހަކަތަ ގެއްލިގެންދާ ކަސްރަތުތަކަކީ، މި މަހުގެ ތެރޭގައި ހޯދަން ބޭނުންވާ ކަންތައްތަކާ އިދިކޮޅަށް އަސަރު ކުރާނެ ކަމަކަށްވެދާނެއެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ހަރަކާތްތެރިވުމަށް ސަމާލިކަންދިނުމެވެ. ހާޓްރޭޓް މަތިކޮށްލާ ކޮންމެވެސް ކަމެއްގައި ބައިވެރިވުމެވެ. ހެނދުނު ހެނދުނާ ހިނގާލަން ގިސް ނުވަތަ މޫދުގައި ކަސްރަތު ކޮށްލެވިދާނެއެވެ. ގޭގައި ކަސްރަތު މެޓެއް އަޅާލައިގެން ކަސްރަތު އެޕްލިކޭޝަންއެއްގެ އެހީގައި 20 މިނިޓްގެ ކަސްރަތު ރޫޓިންއެއް ކުރިއަށްގެންދެވިދާނެއެވެ. މުހިންމީ ވަރުގަދަ ބިންގަލެއް ބިނާކުރުމަށާއި އެބިންގާ ކުރިއަރުވުމަށް ފޯކަސްކުރުމެވެ.

ކަސްރަތު ކުރުމަކީ އަޅުގަނޑުމެންގެ ސިކުނޑީގެ ސަމާލުކަން ރަނގަޅުވެ، ސިކުނޑި ތޫނު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ރޯދަމަހު ކުއްލިއަކަށް ކެއުމާއި، ކެފެއިންއާއި އަދި އާންމުކޮށް ދިރިއުޅުމުގެ ރޫޓިން އަށް ބަދަލުތަކެއް އައުމުން ކަންކަމަށް ފޯކަސް ކުރަން އުނދަގޫވެ، ނަތީޖާއެއްގެ ގޮތުން ބަރަކާތްތެރި މި މަސް ފެށުމުގެ ކުރިން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލް ކުރަން ނުކުޅެދޭތަން އާދެއެވެ. ގިނަވަގުތު ޤުރުއާން ކިޔެވުމުގައި ހޭދަކޮށް އަޅުކަންތަކުގައި ޝާމިލް ވުމައްޓަކައި ސިކުނޑި ތާޒާވެފައި ހުންނަން އެބަޖެހެއެވެ. 

އަޅުކަންތަކުގައި އުޅުމަށް ކޮސެންޓްރޭޝަން ރަނގަޅު ކުރުމަކީ އެންމެ މުހިންމު އެއް ކަމަކަށް ވެގެންދާއިރު ޖިސްމާނީ ހަރަކާތްތެރިކަން ރަނގަޅު ކުރުމުން މިކަމަށް އެހީތެރިވެދޭނެ އެވެ. ކަސްރަތުގެ ވަޤުތު ދިގުވާކަށް ނުޖެހެއެވެ. 20 މިނިޓްގެ ކަސްރަތު ރޫޓީންއެއް، އަދި މޫދުގައިނަމަ 45 މިނެޓަކީ ފޯކަސް ރަނގަޅުކޮށް ހަނދާން ރަނގަޅު ކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަންކަމަށްވެގެންދާނެއެވެ. އަދި ރަމަޟާން މަހުގެ ކުރިން ކުރާހާ ގަދަ ވޯކްއައުޓްތަކަށް ވުރެ ތަންކޮޅެއް ލަސް ސްޕީޑެއް ލުއި ކަސްރަތުންވެސް މަޤްސަދުތައް ހާސިލްވާނެއެވެ.

ކަސްރަތު ކުރުމުން ބަރުވިޔަނުދީ ރަނގަޅު ބަރުދަނުގައި ހިފެހެއްޓުމަށްވެސް އެހީވާނެއެވެ. އަދި ކެއުމަށްވެސް ބަލައިގެން ތެލުލީ އެއްޗިއްސާއި ފޮނި ކާނާއާއި ދުރުވެހުރެ ކަސްރަތު ކުރިމުން ބަރުދަން ލުއިވާތަންވެސް ފެނިދާނެއެވެ. އެކަމަކު، ރަމަޟާން މަހަކީ ބަރުދަން ލުއިކުރުމައް އޮތް މައްސަރެއްގެ ގޮތުގައި ހަދައިގެން ނުވާނެއެވެ. މިއީ އަޅުކަމުގެ މައްސަރެވެ. އެހެނަސް ހަށިގަނޑަށް ބެލުމާއި ހަށިގަނޑެ ދުޅަގެޔޮކޮށް ބެހެއްޓުމަކީވެސް އަޅުކަމެކެވެ. ސަބަބަކީ ހަށިގަނޑަކީ ﷲ އަޅުގަބޑުމެންނާއި ހަވާލުކޮށްފައިވާ އަމާނާތަކަށްވާތީއެވެ. ކަސްރަތު ކުރަންވީ އަޅުކަމުގައި ގިނަވަޤުތު ހޭދަކުރުމަށްޓަކައި ހަށިގަނޑު ރެޑީކުރާ ކަމެއްގެ ގޮތިގައެވެ. 

އެމީހަކަށް ފަސޭހަ ވަޤުތެއްގައެވެ. ހެނދުނު ނަމަ ހާރުކެއި ކާނާގެ ހަކަތަ ގައިގައި ހުރުމުން ފަސޭހަވާނެއެވެ. އަދި ވަޤުތީގޮތުން އެވާ ވަރުބަލިކަން ކުޑަވެގެންދާނެއެވެ. ހަވީރުނަމަ ކަސްރަތުގެ ފަހުން ހަށިގަނޑަށް އަލުން ހަކަތަ އެޅުމުގެ އިންތިޒާމް ހުންނާނެތާއެވެ. ރޭގަނޑު ތަރާވީޙް ނަމާދަށްފަހުވެސް ހިނގާލަން ނުވަތަ މަޑުމޑު ޖޮގިން އަކަށް ދިޔަޔަސް އެންމެ ރަނގަޅެވެ. އެކަމަކު ނިދުމުގެ 1 ގަޑިއިރު ކުރިން ކަސްރަތު ވަޤުތު ނިންމަންވާނެއެވެ. އެހެންނޫންނަމަ އެޑްރަނަލިން ހޯމޯންއާއި ހުރެ ނިދުމަށް ބުރޫއަރާފާނެއެވެ. އެންމެ މުހިންމު ނުކުތާއަކީ މަސައްކަތްކުރުމެވެ. ހުރިހާ އެންމެނަށްވެސް ރަމަޟާން ކަރީމް.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] އަޅުގަނޑުމެން މުސްލިމުންގެ ބަރަކާތްތެރި ރަމަޟާންމަސް އަންނަނީ އަހަރަކު އެންމެ ފަހަރަކު އަޅުގަނޑުމެންނަށް ބޮޑު ސަވާބުތަކާއި ރައްކާތެރިކަމާއި ފައިދާތަކުގައިކަމުގައި ވިޔަސް، އެކަން ބިނާވެފައި އޮންނަނީ އަޅުގަނޑުމެންގެ ވަގުތު ބޭނުން ކުރަން އިޚްތިޔާރުކުރާ ގޮތުގެ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ