- Advertisement -ad image

80 އަހަރު ވެފައިވާ މި މީހާ ނުނިދާތާ ފަންސާހަށްވުރެ ގިނަ އަހަރު

ad image

ގުޅުންހުރި ލިޔުންތައް

ވިއެޓްނާމްގެ އުމުރުން 81 އަހަރުގެ ދަނޑުވެރިޔަކު 1973 ވަނަ އަހަރުން ފެށިގެން ނުނިދާ ކަމަށް ބުނާ ވާހަކަ މިދިޔަ އަހަރުވެސް ވަނީ ވައިރަލްވެފަ އެވެ.

ޒަމާންތަކަކަށް ދިގުދެމިގެންދާ އިންސޮމްނިއާ: ކުއާންގް ނަމް ޕްރޮވިންސަށް ނިސްބަތްވާ ތައި އެންގޯކްގެ ދުވަސްތައް ހޭދަކުރަނީ ދަނޑުތަކާއި ނާ ޓްރަންގް ވާދީގައި އޮންނަ މަސްފެންގަނޑުގައި އޭނާ ގެންގުޅޭ މަސައްތައް ބެލެހެއްޓުމުގައެވެ.

އިރު އޮއްސުމުން އަރާމުކުރާ އެހެން މީހުންނާ ހިލާފަށް އޭނާ ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރެއެވެ.

ވިއެޓްނާމްނެޓުން ތައި އެންގޯކް އާ ހަވާލާދީ ބުނެފައި ވަނީ ވަރުބަލިކަމެއް އިހުސާސް ނުކޮށް އޭނާއަށް ގެއާ ހަތަރު ކިލޯމީޓަރުގެ ދުރުމިނުން އަދިވެސް 50 ކިލޯގެ ފާޓިލައިޒާ އުފުލޭނެ ކަމަށެވެ. 

އެންގޯކް ބުނި ގޮތުގައި 1973 ވަނަ އަހަރު އައި ހުމެއްގެ ސަބަބުން އޭނާގެ ނިދުމުގެ ގާބިލްކަން ގެއްލެން ފެށި އެވެ. އޭގެ ފަހުން ދާ ނަންގް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފަޔާއި ބޭސް ބޭނުންކުރުމަށްފަހުވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެއެވެ.

ނިދި ނުލިބުމުގެ ސަބަބުން އާންމުގޮތެއްގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި ރުޅިގަދަވުން، ކޮގްނިޓިވް ފަންކްޝަން ދަށްވުން، ކޮންސެންޓްރޭޝަން ދަށްވުން އަދި ވަރަށް ބޮޑަށް ވަރުބަލިވުން ހިމެނެއެވެ. މި އަލާމާތްތައް އިތުރަށް ގޯސްވަނީ އެތައް ދުވަހެއް ވަންދެން ނުނިދި އުޅޭ ހާލަތްތަކުގަ އެވެ.

އެހެންނަމަވެސް އެންގޯކްއަށް މީގެން އެއްވެސް އުނދަގުލެއް ކުރިމަތިނުވެ އޭނާ ދިރިއުޅެމުންދަނީ އާންމު މީހެއްގެ ގޮތަށެވެ. މި އާދަޔާ ހިލާފު ބަލީގެ ސަބަބުން އޭނާގެ މުޅި ސިއްހަތަށް މާ ބޮޑު އަސަރެއް ނުކުރި ނަމަވެސް އެންގޯކް އޭނާގެ ހާލަތާއި މެދު މާޔޫސްވެއެވެ.

“މިއީ ކިހާ އާދަޔާ ޚިލާފު ބައްޔެއް ހެއްޔެވެ؟ މިކަމާއި މެދު އަހަރެން ވަރަށް މާޔޫސްވެއެވެ. އެހެން މީހުން ނިދާތަން ފެނުމުން އަހަރެން އެމީހުންނާ މެދު ހަސަދަވެރވެއެވެ. ހަނދުވަރުގަދަ ރޭތަކުގައި، އަހަރެންނަށް ކެތްނުވުމުން ސާފުވައިލިބޭ ހިސާބަކަށް ނުކުމެ އެކަނި އިންނަމެވެ. އެހެން މީހުންނަށް ވުރެ ދެގުނަ މަސައްކަތް ކުރުމަކީ އާދަޔާ ހިލާފު ކަމެއް ނަމަވެސް އަހަރެންގެ ދިރިއުޅުން އަދިވެސް އެހާ ތަނަވަސް އެއް ނޫނެވެ.” އެންގޯކް ބުނެފައިވެއެވެ.

އެންގޯކް އަކީ ހަމަހިމޭން ދިރިއުޅުމެއް އުޅެމުން އަންނަ މީހެއް ނަމަވެސް 2007 ވަނަ އަހަރު އެންގޯކްގެ އިންސޮމްނިއާގެ އެކްސްޓްރީމް ކޭސް އެ ގައުމުގެ ނޫސްތަކުން ކަވަރު ކުރުމުން އޭނާއަށް ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ލިބުނެވެ.. ބޭރުގެ ބައެއް ޓީވީ ނެޓްވޯކްތަކުން އޭނާގެ އާންމު ދިރިއުޅުން ލިޔުމަށް ގިނަ އަދަދެއްގެ ފައިސާ ހުށަހެޅި ނަމަވެސް އޭނާ ވަނީ އެ ދައުވަތުތަކަށް ދެކޮޅު ހަދާފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫޓިއުބާ ޑްރޫ ބިންސްކީ އެންގޯކްއާ އެކު އެއް ރޭ ހޭދަކޮށް، ފަތިހު 4:00 ހާކަންހާއިރު ނިދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެކަންވަނީ ނާކާމިޔާބުވެފަ އެވެ.

އެންގޯކްގެ އިންސޮމްނިއާގެ ވަށައިގެންވާ އެއް ތިއަރީއަކީ ވިއެޓްނާމް ހަނގުރާމައިގެ ސަބަބުން އުފެދުނު ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާއެއް އުފެދުމުގެ ފުރުސަތު އޮތުމެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ