- Advertisement -ad image

70 އަށްވުރެ ގިނަ އަހަރުވަންދެން  ދަގަނޑު ފުއްޕާމޭގެ އެހީގައި ދިރިއުޅުނު ޕޯލް މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ދަގަނޑު ފުއްޕާމޭގެ އެހީގައި 70 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޕޯލް އެލެގްޒެންޑާ މިދިޔަ ހޯމަ ދުވަހު މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ 78 އަހަރެވެ.

“އަޔަން ލަންގް މޭން” ގެ ނަމުން ވެސް މަޝްހޫރުވި އެލެގްޒެންޑާއަށް 1950ގައި ޕޯލިއޯ ޖެހުމަށް ފަހު ހަޔާތުގެ ފަހު ހަތް ދިހަ އަހަރު ހޭދަކުރީ ދަގަނޑު ފުއްޕާމޭގެ އެހީގައެވެ. ޓެކްސަސްއަށް ނިސްބަތްވާ އެލެގްޒެންޑާއަށް ޕޯލިއޯ ޖެހިފައިވާކަން އެނގުނީ އުމުރުން ހަ އަހަރުގަ އެވެ. އޭރު އޭނާގެ ކަނދުރާއިން ތިރިއަށް ޕެރަލައިޒްވެ އަމިއްލައަށް ނޭވާވެސް ނުލެވެއެވެ.

600 ޕައުންޑްގެ ދަގަނޑު ފުއްޕާމޭގައި ބަންދުވެފައި ހުރި ނަމަވެސް އެލެގްޒެންޑާ އަކީ ދިރިހުރުމަށް ޝައުގުވެރިކަން ހުންނަ ގޯ-ގެޓާއެކެވެ. ލޯ ޑިގްރީ ހާސިލްކޮށް، ވަކީލަކަށް ވުމަށް ބާ ފާސްވެ، ފޮތެއް ލިޔުނު އިރު، އޭނާގެ ބޯ ފިޔަވައި އޭނާގެ މުޅި ހަށިގަނޑު އޮތީ މެޝިނުގައި އިމޮބިލައިޒްވެފައި އެވެ.

އެލެގްޒެންޑާ އަކީ އެންމެ ފަހުން ދަގަނޑު ފުއްޕާމޭ ބޭނުންކުރި ޕޯލިއޯއިން ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ބޮޑު، ސަންދޯކެއް ސައިޒުގެ މި މެޝިނަކީ ފުއްޕާމޭގެ ތެރެއަށް ވައި ވަނުމަށް ނެގެޓިވް ޕްރެޝަރު ބޭނުންކޮށްގެން މަސައްކަތް ކުރާ މެކޭނިކަލް ރެސްޕިރޭޓަރެކެވެ. ގިނަ ޕޭޝަންޓުން ދަގަނޑު ފުއްޕާމޭގައި ހަފުތާތަކެއް ނުވަތަ މަސްތަކެއް ހޭދަކުރި ނަމަވެސް އެލެގްޒެންޑާ ފަދަ ބަލިމީހާގެ ބުރަކަށީގެ މަސްތައް ދާއިމީކޮށް ޕެރަލައިޒްވެފައިވާ ހާލަތުގައި މެޝިނުގައި އުމުރު ދުވަސް ވަނީ ހޭދަކޮށްފައެވެ.

ދަގަނޑު ފުއްޕާމޭ އަކީ ޒަމާނީ ބޭސްވެރިކަމުގައި މިހާރު އާންމު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ޒަމާނީ ވެންޓިލޭޓަރުތައް އުފެއްދުމާއި ޓްރެޗިއަލް އިންޓިއުބޭޝަން ފުޅާ ދާއިރާއެއްގައި ދަނީ ބޭނުންކުރަމުންނެވެ.

20 ވަނަ ގަރުނުގެ މެދުތެރޭގައި އެތައް ހާސް ބަޔަކަށް ގައިންގަޔަށް އަރާ ޕޯލިއޯ ބަލި ޖެހި، ވަނީ މަރުވެފަ އެވެ. 1953 ވަނަ އަހަރު އުފެއްދި ވެކްސިންގެ ނަތީޖާއެއްގެ ގޮތުން ޕޯލިއޯ ގިނަ ހިސާބުތަކުން ނައްތާލެވުނު ނަމަވެސް މިއަދުވެސް މި ބަލި އެބައޮތެވެ.

އެލެގްޒެންޑާއަކީ މިހާރު މަދުން ނޫނީ ނުފެންނަ ޕޯލިއޯއިން ކުޑަކުދިން ސަލާމަތްކޮށް، ބަލި ނައްތާލުމަށް ޝައުގުވެރިވާ ބޭފުޅެކެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާގެ ޓިކްޓޮކް ޕޭޖުގައި އާންމުކުރި އިންޓްރޮޑަކްޓަރީ ވީޑިއޯއެއްގައި އެލެގްޒެންޑާ ބުނީ އޭނާ ބޭނުންވަނީ “ޕޯލިއޯ އާއި ޕޯލިއޯއިން ރައްކާތެރި ނުވާ އެތައް މިލިއަން ކުޑަކުދިންނާ ބެހޭ ގޮތުން ދުނިޔެއާ ވާހަކަ ދައްކަން” ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ